ހިތަށް ހަމަ ޖެހުމާ އުފާވެރިކަން ގެނެސްދޭނެ 6 ކަމެއް!: ޝައިޚް ޢަބްދުﷲ ޢައްޒާމް ރަޙިމަހުﷲ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ހިތަށް ހަމަ ޖެހުމާ އުފާވެރިކަން ގެނެސްދޭނެ 6 ކަމެއް!: ޝައިޚް ޢަބްދުﷲ ޢައްޒާމް ރަޙިމަހުﷲ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެހެނީ އުފާވެރިކަން ގުޅިފައިވަނީ ހިތަށް ލިބޭ ހަމަޖެހުމާއި ކަމަށްވުމުންނެވެ. އެހެންކަމުން މި ބަޔާން ކުރަނީ ހިތަށް ހަޤީޤީ ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ 6 ކަމެކެވެ.

"ހިތަށް ޙަޤީޤީ ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ 6 ކަމަކީ، ދަމުނަމާދު ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ވީހައި މަދުމިނަށް ކެއުމާއި، ހެޔޮލަފާ ޞާލިޙް މީހުންނާއިއެކުގައި ވަގުތު ހޭދަކުރުމާއި، ޛިކްރުކުރުމާއި އަދި ފަތިސް ވަގުތުގައި އިސްތިޣްފާރުކުރުމެވެ." –ޝައިޚް ޢަބްދުﷲ ޢައްޒާމް ރަޙިމަހުﷲ.

މިއިން އެއްވެސް ކަމެއް ކުރުމަކީ އެއްވެސް މުސްލިމަކަށް ބުރަކަމަކަށް ނުވާނެއެވެ! ހަމައެކަނި އޮތީ ހީވާގިވެލުމެވެ. ހިތަށް ހަމަޖެހުން ހޯދަން މިނޫން ކަންކަން ކުރަމުންދާ މީހުން މިކަންކަން ކުރަން ފެށުމަށް ދަޢުވަތުދެމެވެ. ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން