ލިބޭ އާމްދަނީން އަނބިދަރިންނަށް ހޭދަނުކުރާނަމަ އެކުރެވެނީ ކިހާބޮޑު ފާފައެއްކަމާއިމެދު ވިސްނާލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ލިބޭ އާމްދަނީން އަނބިދަރިންނަށް ހޭދަނުކުރާނަމަ އެކުރެވެނީ ކިހާބޮޑު ފާފައެއްކަމާއިމެދު ވިސްނާލާށެވެ!

އަތުގައި ފައިސާ ނެތަކަމަށް ބުނެ އަނބިދަރިންނަށް ރަނގަޅު، ޞިއްހަތަށް ފައިދާހުރި ކާބޯތަކެތި ކާންނުދޭ މީހުން ހިލޭ މީހުންނަށް ރެސްޓޯރަންޓްތަކުން ކާންދީ ކޮފީދީ ހެދުމަކީ ޙަރާމް ކަމެއްކަމަށް ފޮތެއްގައި ލިޔެފައި ނެތަކަމަށް ބުނާ މީހުން ނިކަން އަހަރެންގެ މިސުވާލަށް ޖަވާބުދީބަލާށެވެ! 

ތިމާއަށް ކެރިކުޅަދާނަވާ މިންވަރަކުން ޚަރަދުކުރުމުގައި އިސްކަންދޭންޖެނީ އަނބިދަރިންނަށާއި ޢާއިލާއަށްކަމަށް ޙަދީޘްފުޅުތަކުގައި ލިޔެވިފައި ނެތްހެއްޔެވެ؟ ޞަދަޤާތް ކުރުމުގައި ދޭންޖެހޭނީ ގާތުން ދުރަށް ކަމަށް ނެތް ހެއްޔެވެ؟ 

އަނބިދަރިންނަށް ނުދީވެސް ހައިހޫނުކަމުގައި ހުރި ނިކަމެއްޗަކު ސަލާން ޖަހައިފިނަމަ އޭނާގެ ހައިހޫނުކަން ފިލުވައިދެވޭނެ މިންވަރަށް ޞަދަޤާތް ކުރެވިދާނެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެކުވެރިންނާއި ނުވަތަ ލޯބިވެރިންނާއިއެކު ރެސްޓޯރަންޓްތަކުންކާ ކެއުންތަކާއި ބޯކޮފީތަކަކީ ކުރާ ޞަދަޤާތަކަށްނުވާނެއެވެ. އެކަންކަންވާނީ މަޖާކުރުން ކަމަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް ގެއަކަށް ރަސޫލް ވަޑައިގަތުމުން ފަރިއްކޮޅަށް އެއްޗެއް އެރުވުނުހިނދު ދަރިކަނބަލުން ފާޠިމަތުގެފާނު އިންނެވީ ހައިހޫނުކަމުގައިކަމުގައިކަން ބަޔާންކުރައްވަވައި އެއިން މިންވަރެއް އެކަމަނާއަށް ގެންގޮސްދޭން ޙަދީޘްފުޅު ކުރައްވަވާފައި އެބައޮތެވެ. 

Once Abu Bakr and Omar came out of their houses because of acute hunger. The Prophet (saw) also joined them and they went together to the house of Abu Ayub. He later slaughtered a goat and offered it to them. Prophet (saw) took a piece of meat, placed it in a loaf and said, “Abu Ayub, take this to Fatimah, she has not tasted the like of this for days.” [Ibn Hibban] 

ނަމަވެސް ދަރިން ހައިހޫނުކަމުގައި ތިއްބައި އެމީހުންގެ ޙާލުވެސް ބަލާނުލައި އުފަލުގައި ދިރިއުޅެމުންދަނީ ކިތައް ބައްޕައިން ހެއްޔެވެ؟ އެމީހުން އެކުރަނީ ކިތަންމެ ބޮޑު ފާފައެއް ނަމަވެސް ވަޤުތުން ޢަޛާބް ނުދެއްވަވަނީ އެމީހުން އިމްތިޙާން ކުރެއްވެވުމަށެވެ. އެއްވެސް ޙާލެއްގައި އެމީހުންގެ ޢަމަލާއިމެދ ރުހިވޮޑިގަންނަވާތީއެއް ނޫނެވެ. އެމީހުން އެކުރާ ބޮޑު ފާފައިގެ ޝަޒާ އެމީހުންނާއި އަރައިހަމަކުރާނެއެވެ.

މީސްތަކުންނޭވެ! އަހަރެމްނެގެ އަތްމައްޗަށް އަރާ އެއްވެސް ފައިސާއަކީ އަހަރެމެންގެ އަމިއްލަ މިލްކެއް ނޫނެވެ! ﷲ ތަޢާލާގެ އަމާނާތެކެވެ! އެއިގެ ޙައްޤުވެރިންނަށް އަދާކުރާށެވެ! ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރުވެރިވުމަކީ ނިޢްމަތްތައް އިތުރު ކުރައްވަވާނެ ސަބަބެކެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން