ފާޚާނާގަ ހުރެ ސަލާމަތަށް އެދި އަންހެނަކު ހިތުންކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ-

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ފާޚާނާގަ ހުރެ ސަލާމަތަށް އެދި އަންހެނަކު ހިތުންކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ-

ބާޒާރުގައި އުޅެނިކޮށް ފާޚާނާކުރަން މަޖުބޫރުވެގެން ޢާންމު ފާޚާނާއަކަށްވަނީމެވެ. އެއިރު އެތަނުގައި އެއްވެސް އެހެން މީހަކުވެސް ނެތެވެ. އަހަރެންވަނީ ބައިވަރު ފައިސާތަކެއް ހުރި ދަބަހެއްވެސް ހިފައިގެންނެވެ.  

އިސާހިތަކު މީހަކު އައިސް ދޮރުގައި ތަޅަން ފަށައިފިއެވެ. ނުހުޅުވައިފިނަމަ ދޮރުވައްޓާލައި އަހަރެންގެ ކަރުބުރިކޮށްލާނެ ކަމަށްވެސް ބުނަމުން ގެންދިއައެވެ. ޤަބޫލުކުރެވޭ ގޮތުން އޭނާ އެއުޅެނީ އަހަރެން ގެންގުޅުނު ދަބަސް ފެނިގެން ދަބަސް ފޭރިގަންނަންވެގެންނެވެ.

ކޮންމެއަކަސް އިރުކޮޅަކަށް ނޭވާ ހިފަހައްޓާލަންވެސް ޖެހުނެވެ. ބުއްދި މަސައްކަތްކުރަންފެށީ 2،3 މިނިޓް ފަހުންނެވެ. އެއީ ފާޚާނާއަކަށްވުމުން ދުލުން ދުޢާނުކުރެވުނު ނަމަވެސް ހިތުން ދުޢާކުރެވޭނެކަން ހަނދާންވުމުން ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުޢާކުރަންފެށީމެވެ.  

2 މިނިޓްވެސް ނުވާނެއެވެ. ފުލުހުން އައިސް އޭނާ ހައްޔަރުކުރަން އުޅޭކަން ވާހަކަތަކުން އެނގުމުން ﷲ ތަޢާލާއަށް ވަކީލްކޮށް ދޮރު ހުޅުވީމެވެ. ވިސްނުނީ ހަމަ ރަނގަޅަށެވެ. އޭނާ އެތަނުގައި ހުރެ ބުނި ބަސްތަކުގެ އަޑު އިވިގެން ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދަނީއެވެ. ޝުކުރު އަލްޙަމްދުލިﷲ ! ﷲ އަކްބަރު  

- ފިރާޝާ / ލެބަނަން 

("މުސްލިމުންގެ އަޑު"ން ނަގާފަ)

މިއަދު އޮންލައިން