ޤިޔާމަތްވުމަށް ބިންގަނޑު ފަޅަފަޅައިގެންދާއިރު ރަނާއި ރިހީގެ ބޮޑެތި އެތިގަނޑުތައް ފެންނާނެ! އެކަމަކު ބޭނުންވެގެން ނަގާނެ މީހަކު ނުވާނެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤިޔާމަތްވުމަށް ބިންގަނޑު ފަޅަފަޅައިގެންދާއިރު ރަނާއި ރިހީގެ ބޮޑެތި އެތިގަނޑުތައް ފެންނާނެ! އެކަމަކު ބޭނުންވެގެން ނަގާނެ މީހަކު ނުވާނެ!: ޝައިޚް ފަރީދު

ފަޅައިގެންދާ ދެދޭތެރޭގައި އާދެ ކޮންމެއަކަސް ބިމުގެ އެންމެހައި ތަކެތި ނެރެލާނެ ބޮޑެތި ރަންގަނޑުގަނޑު ބޮޑެތި ރިހިގަނޑުގަނޑު ހުންނާނެ ބިމުގެ އެތަންމިތަނަށް އުކިފަ ދެން މީސްތަކުން އޭގެދޮށަށް ޖަމާވެފާ އެމީހުން ބުނާނެ ބަލަ މިއެއްޗެއްސަށް ނޫންހޭ އަހަރެމެން އެއްބަޔަކު އަނެއްބަޔަކަށް ޒުވާބު ކޮށް އަރާރުންވެ ވައްކަންކޮށް ލަނޑުދީ ހެދީ މިއެއްޗެހި ހޯދަންނޫންހޭ؟ މިއަދު ބޭނުންހޭ ކަލޭމެން، ބޭނުމެއްނޫނޭ އަހަންނެއް. އަހަންނެއް ބޭނުމެއްނޫނޭ ތިއެއްޗެއް، ބޮޑެތި ރަންގަނޑުގަނޑޭ ކުޑަކުޑަ ގްރާމެއް ނޫނޭ ތިންހަތަރު ގްރާމްގެ އަނގޮޓިއެއް ނޫނޭ. 

ބޮޑެތި ރަންގަނޑުގަނޑު، ބޮޑެތި ރިހިގަނޑުގަނޑު، އެތައް ފޫޓެއްގެ އެތައް މޭލެއްގެ ދިގުމިންހުރި އެއްޗެހިތައް ބޭނުން ނޫންތޯ؟ ބޭނުމެއް ނުވާނެ އެދުވަހަކުން އެދުވަހުން އުޅޭނީ ﷲ ގެ ޢަޛާބު ގަދަފަދަ ވެގެންވާތީ، އެމީހުންގެ ދެލޯބޮޑުކޮށްގެން ބިރުން އެމީހުން އުޅޭނީ އާދެ އެޙާލު ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވަނީ އުޑު ފަޅަފަޅައިގެން ގޮސް އުޑުން އެކިޔާ އަޑުފައްގަނޑު އިވިގެންދާހިނދު ކޮބައިތޯ ޙާލަކީ، އާދެ ފުރަތަމަ ތާޅަފިއްޔަށް ފަހުގާ ދެން ދުނިޔެ ބަދަލުވަމުންދާނެ  ޤިޔާމަތް ވެގެންދާނެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން