އޮންލައިން ލޯބިވެރިން ގިނަވެ އަމިއްލަ އަނބިމީހާ އާ ޗެޓްކުރެވި އަނބިމީހާ ވަރިކުރަން ތައްޔާރުކަމަށް ބުނި ފިރިހެނަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
އޮންލައިން ލޯބިވެރިން ގިނަވެ އަމިއްލަ އަނބިމީހާ އާ ޗެޓްކުރެވި އަނބިމީހާ ވަރިކުރަން ތައްޔާރުކަމަށް ބުނި ފިރިހެނަކަށް ލިބުނު ބޮޑު ދެރައިގެ ވާހަކަ-

ލީމާ އަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލީމާގެ މައިންބަފައިން ބޭނުންވީ ދަރިފުޅު، އެމީހުން ފަދަ ތަނަވަސް މީހަކާއި ކައިވެނިކުރުވާށެވެ! ނަމަވެސް ލީމާ އެކަން ޤަބޫލުނުކޮށް ބޭނުންވީ ތަނަވަސްކަމެއް ނެތް ޒުވާނަކާއި ކައިވެނިކުރާށެވެ. 

ލީމާގެ މައިންބަފައިންގެ އެންމެ ބޮޑު ބޭނުމަކީ ދަރިފުޅުގެ ހިތްހަމަޖައްސައިދީ އުފަލުގައި ގެންގުޅުންކަމަށްވާތީ ލީމާ ކައިވެނިކުރަން ބޭނުންވި ޒުވާނާ އާއި ކއަިވެނިކޮށްދިނެވެ. އަދި އެމީހުންގެ ކުންފުނަޏަކުން އިސް މަޤާމެއްވެސްދީ ރަނގަޅު މުސާރައެއްވެސް ދޭންފެށިއެވެ. 

މިފަދަ ރަނގަޅުގޮތްތަކެއް އޭނާއަށް މެދުވެރިވުމުން އޭނާ ޝުކުރުވެރިއެއް ނުވިއެވެ. އޭނާއަށް ޤަބޫލުކުރެވުނީ އޭނާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ލީމާ އޭނާދެކެ ލޯބިވާތީ ރުހިގެން ހުންނާނެ ކަމަށެވެ. އެހެންވެ ލީމާއާއިމެދު އިހާނެތި ގޮތްގޮތަށް ކަންކަން ކުރަން ފެށިއެވެ. 

އެކަން އިޞްލާޙްކުރުވޭތޯ ލީމާ ކުރި މަސައްކަތުގެ ތެރެއިން ސިއްރު އައިޑީއަކުން ފިރިމީހާ އާއި ޗެތްކުރަން ފެށިއެވެ. ދުވަސްކޮޅެއްވީތަނާ އޭނާ ކައިވެނިކޮށްގެން އުޅޭ ލީމާ ދެކެ އެއްގޮތަކަށްވެސް ލޯބިނުވާކަމާއި ލީމާ އާއި ވަކިވާން ވިސްނަމުން އަންނަކަމަށް ބުނަން ފަށައިފިއެވެ. އަދި ޗެތްލީމާ ބޭނުންނަމަ މިހާރުވެސް ލީމާ ވަރިކޮށްލާފައި ކައިވެނިކޮށްފާނެ ކަމަށްވެސް ބުނަން ފަށައިފިއެވެ. 

ދެމީހުން އެކުގައި ތިބެގެން ޗެޓްކުރަމުންވެސް ލީމާ، އޭނާ ގޮވައިގެން ބޭރަށްދާން ފިރިމީހާ ގާތުގައި ބުނެފިނަމަ ބުނަނީ "ވަރަށް ބިޒީ" ކަމަށެވެ. ލީމާ މިކަންކަމަށް ކެތް ނުކުރެވިގެން އެންމެފަހުން މަންމަގެ ޚިޔާލެއް ހޯދުމުން ބުނީ ދަރިފުލޫ އަޅައިވެސް ނުވާ މަޑުން ހުރުމަށާ އަންނަ ހަފްތާ ބަނދުގައި ތިއަ މައްސަލަ ރަނގަޅު ގޮތަކަށް ޙައްލުކުރާނެ ކަމަށެވެ. 

ހަފްތާ ބަންދުގައި ލީމީގެ ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ ހުރިހާ މުވައްޒިފުންނަށް ޚާއްޞަކޮށްގެން ޙަފްލާއެއް ބޭއްވިއެވެ. އެ ހަފްލާގައި ލީމާގެ ބައްޕަ ބުނީ އުމުރުން ދުވަސްވާތީ މަސައްކަތް މަދުކުރަން ބޭނުން ވެގެން އެކުންފުނީގެ ސީއޯއޯއަކަށް އޭނާއަށް އިތުބާރުކުރެވޭ އަދި މުވައްޒިފުންނަށްވެސް އިތުބާރުކުރެވޭ ރަނގަޅު މީހަކު ހޮވުން އެރޭ އޮންނާނެ ކަމަށެވެ. ޝަރުޠަކީ އެއްވެސް މީހަކަށް، ޚާއްޞަކޮށް ކައިވެނިކޮށްގެން ހުރިނަމަ ބައިވެރިޔާއަށް ދޮގާ މަކަރު ނުހަދާ މީހަކު ކަމުގައިވުން ކަމަށެވެ. 

މިގޮތަށް އިޢުލާނުކުރުމުން އެންމެންނަށްވެސް ހީވީ ލީމާގެ ފިރިމީހާޢަކީ އެހައި މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވުމުން ލީމާގެ ފިރިމީހާއަށް އެ މަޤާމްދޭން ބޭނުންވެގެން ހުށަހެޅި ޝަރުޠެއް ކަމަށެވެ. އެހެންވެ އަވަސް އަވަހަށް އެމަޤާމަށް އޭނާ ކުރިމަތިލިއެވެ. އެހެން 2،3 މުވައްޒިފަކުވެސް ކުރިމަތިލިއެވެ. 

ލީމާގެ ބައްޕަ ފުރަތަމަ އިންޓަރވިޔުކުރީ ލީމާގެ ފިރިމީހާ އާއިއެވެ. އޭނާ ލީމާ ދެކެ ލޯބިވަންތޯ ލޯބިވާ އެހެން އަނހެނަކު ހުންނާނެތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ ނުހުންނާނެ ކަމަށެވެ. އެހެން ބުނުމުން ޗެޓްލީމާ އާއި އޭނާ ދައްކާފައިވާ ވާހަކަތަކުގެ ޗެޓްލޮގް ސްކްެީނަސް އަރުވާ އެންމެންނަށް ދެއްކުމުން ބުނީ އެއީ އޭނާގެ ނަން ބޭނުންކޮށްގެން ކޮންމެވެސް މީހަކު ކޮށްފައިވާ ވައްކަމެއް ކަމަށެވެ. ލީމާ ދެކެ ލޯބިނުވާކަމަށާއި ވަކިވާން ބޭނުން ނުވާކަމަށް ދުވަހަކުވެސް އެއްވެސް މީހެއްގެ ގާތުގައި ބުނެފައި ނުވާނެ ކަމަށެވެ. 

އއެހިސާބަށް ފިރިމީހާގެ ވާހަކަދިއުމުން ލީމާ ގޮސް ސްޓޭޖަށް އއަރައި ބައްޕަ ގާތުގައި ހުރި މައިކް ބޭނުންކޮށްގެން ބުންޏެވެ. "އަހަރެންވެސް ޤަބޫލުކުރަން ބޭނުންވަނީ އަހަރެންގެ ފިރިމީހާ އެފަދަ ކަމެއް ނުކުރާނެ ކަމަށް ކަމަށެވެ. ނަމަވެސް ޔަޤީންކޮށްލަން ޖީބުގައި ތިއައޮތް ފޯނު ނިކަން ދީބަލާށެވެ!" އޭނާއަކަށް ފޯނެއް ނުދެވުނެވެ. ދެން ލީމާ، ފިރިމީހާ އާއި އޭނާއަށް އޮޅުވާލައިގެން ޗެޓްކުރަން ބޭނުންކުރި ނަމްބަރުން ފިރިމީހާއަށް ގުޅާލާފާއި، އެގުޅަނީ ކާކުކަން މިތިބަ އެންމެންނަށް ފެންނާނެ ގޮތަށް ފޯނު ނަގައި ދައްކާލަން ބުންޏެވެ. 

ފިރިމީހާއަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ހަތަރު އުދަރެސް ފެނުޖެހި ނިމުނީއެވެ. ލީމާ އިޢުލާނު ކުރީ އޭނާގެ ފިރިމީހާގެ 2 ވަޒީފާވެސް މިވަގުތުން ފެށިގެން ގެއްލުނީކަމަށެވެ. އެއީ ކުންފުނީގެ ވަޒީފާ އާއި އެނާގެ ފިރިމީހާ ކަމުގެ ވަޒީފާ ކަމަށްވެސް ބުންނެވެ. 

އެހިސާބުން ލީމާގެ ބައްޕަ ވާހަކަދައްކަން ފެށިއެވެ. "އިންސާނުންނަށް މިވާ ގޮތަކާއިމެދު ވިސްނަން އެބަޖެހެއެވެ. އަހަރެންގެ ދަރިފުޅު ލީމާގެ ފިރިމީހާއަކީ ހިއްސުތައް ސަލާމަތުން ހުރި މީހެއް ނަމަ ގެއަށް އައިއިރު އޭނާ ހުރިޙާލު އޭނާއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އޭނާ އަސް އެހުރެވެނީ ކޮން ޙާލަކުކަން ޚުދު އޭނާއަށްވެސް އެނގޭހެން ހިއެއް ނުވެއެވެ. މިރޭ އަހަރެން ބުނި ފަދައިން ކުންފުނީގެ ސީއޯއޯގެ މަޤާމަށް ވަރަށް އަވަހަށް މީހަކު ޢައްޔަނުކުރާނަމެވެ. މުވައްޒިފުންދޭ ވޯޓާއިވެސް އެކުގައެވެ. އަދި އަހަރެންނަކީ އިޖުތިމާޢީ ކަންކަމަށް ވިސްނައި ހޭދަވެސްކުރާ، ނިކަމެތިންނަށް އެހީތެރިވާ މީހަކަށްވާތީ އަހަރެން ހިފަހައްޓާނެ ޕޮލިސީއެއްވެސް ބުނާނަމެވެ. އަންހެނަކަސް ފިރިހެނަކަސް ބައިވެރިޔާއަށް މަކަރުހަދާ ހިތުގަ ޖައްސާ އެއްވެސް މީހަކަށް އަހަރެންގެ އެއްވެސް ކުންފުންޏަކުން އިސް މަޤާމެއް ނުދޭނަމެވެ. ޕްރަމޯޝަނެއްވެސް ނުދޭނަމެވެ. އަހަރެން ބޭނުންވަނީ ކުންފުނީގެ ވަޒީފާއަށް ޙުރުމަތްތެރިކޮށް ހިތާ ފަދައިން ޢާއިލީ ދިރިއުޅުމަކީވެސް ވަޒީފާއެއް ކަމަށް ބަލައި އެވަޒީފާގައިވެސް ތެދުވެރިވުމަށެވެ. ޢާއިލީ ދިރިއުޅުމުގަ ހަމަޖެހުން ނެތް މީހަކަށް ރަނގަޅަށް ކުންފުނީގެ ވަޒީފާގައި މަސައްކަތްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. 

އަހަރެންނަކީވެސް މަސައްކަތް ފެށިއިރު ތަނަވަސްކަމެއް ހުރި މީހެއް ނޫނެވެ. ލިބުނު ހުރިހާ ކުރިއެރުމެއްގެ ސިއްރަކީ އަނބިމީހާއެވެ. ދެމީހުން އުފަކުގައި އެކުގައި ތިބެން ކުރި މަސައްކަތްތަކެވެ." 

އަނެއް ދުވަހު ނޫސްތަކުގެ އެންމެ ފަލަ ސުރުޚީގައިވަނީ ޢާއިލީ ދިރިއުޅުމާއިބެހޭ ގޮތުން ލީމާގެ ބައްޕަ ދެއްކި ވާހަކަތަކެވެ. 

މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ މިއީ ވަރަށް މުހިންމު ވާހަކައެއް ކަމަށް ޤަބޫލުކުރެވިގެންނެވެ. ޗެޓްކުރަމުން ގޮސް އަމިއްލަ ބައިވެރިޔާ އާއި ޗެޓްކުރެވޭއިރުވެސް ނުއެނގޭ ހިސާބަށް ހަމަ އަޅުގަނޑުމެންގެ މެދުގައިވެސް ކަންކަން މިވަނީ ގޮސްފައެވެ. އަޅުގަނޑަކީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެން ހުރި އަންހެނަކީމެވެ. 2 ދަރިން ތިއްބައިވެސް ފުރަތަމަ ފިރިމީހާ އާއި ވަކިވީ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަކީ ހިލޭ އަންހެނަކު ކަމަށްހީކޮށް ވައިބަރއިން އަޅުގަނޑަށް އޭނާގެ ޚާއްޞަ ފޮޓޯތަކެއްވެސް ފޮނުވުމުންނެވެ. އޭނާ ބޭނުންވީ އެންމެ ނުބައި ޢަމަލުތައް ކުރާށެވެ. 

މިއީ އަންހެނުން ދައްކާ ވާހަކަކަމަށްވުމުން ބަލައިނުގެންފާނެއެވެ. ނަމަވެސް ލީމާގެ ބައްޕަ އެބުނި ފިދަ ފިޔަޅުތައް ރާއްޖޭގައިވެސް އަޅާނަމަ މިހާރަށްވުރެ މަދުވީސްކަމަށްވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް ހިތާމައަކީ އެފަދަ ފިޔަޅު އަޅަން ތިބި ވެރިންނާއި ތަނަވަސްމީހުންގެ ޙާލުހުރިގޮތެވެ! 

- ޝަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން