ކިތަންމެ ވަރަކަށް ޞަދަޤާތް ދިނަސް ހުސްނުވާނެ ޚަޒާނާގެ ތަޅުދަނޑި ތިބާގެ އަތުގަވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކިތަންމެ ވަރަކަށް ޞަދަޤާތް ދިނަސް ހުސްނުވާނެ ޚަޒާނާގެ ތަޅުދަނޑި ތިބާގެ އަތުގަވާކަން އެނގޭތަ؟

ބައެއް މީހުން ބުނެއެވެ. އަހަރެންނަކީ ފަޤީރަކީމެވެ. ޞަދަޤާތަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. އަހަރެންގެ އަތުގައި ތަނަވަސްކަން ހުރިނަމަ ޞަދަޤާތްކޮށް ހުސްކުރާނަމެވެ.

މިފަދަ ބަސްތައް ބުނެވޭއިރު އެމީހާގެ އަތުގައި ކިތަންމެ ގިނައިން ބެހި ނަމަވެސް ހުސް ނުވާނެ ޚަޒާނާއެއް ވެއެވެ. ކޮންމެ މީހަކަށްވެސް އެ ޚަޒާނާ ﷲ ތަޢާލާ ވަނީ ވަނީ ދެއްވަވައިފައެވެ. އަތުން އެންމެ ދިރުހަމެއްވެސް ޚަރަދު ނުކޮށް ބަހާނެ ވަރަކަށް ބަހަމުން ގެންދިއުމަށެވެ.

މީސްތަކުންނޭވެ! އެޚަޒާނާގެ މިއޮތީއެވެ. މި ޙަދީޘްފުޅު ކިޔައިލާށެވެ!

Prophet Muhammad (ﷺ) said, "Let one of you not consider any good to be insignificant. If he has nothing, then let him meet his brother with a smiling face. Sahih, Jami' at-Tirmidhi 1833

މީސްތަކުންނޭވެ! ހިނިތުންވެލުމަކީ ވެސް ޞަދަޤާތެކެވެ. ބައްދަލުވާހައި މީހަކަށް ބަހައި ސަވާބު ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ ގޭތެރޭގައި އަނބިދަރިންނަށް، ފިރިންނަށް، މައިން ބަފައިންނަށާއި ޢާއިލާގެ މީހުންނަށް މި ޞަދަޤާތް ބެހުންމަތީގައި ނިކަން ދެމިހުރެބަލާށެވެ! ގޭތެރެއަށް ހަމަޖެހުން ލިބި އުފާވެރިކަން އިތުރުވާ މިންވަރު އިޙްޞާޞްވެސް ނުކުރެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން