އަންހެނަކު ދިރިއުޅެން ބޭނުންނަމަ ކަނުލޮލަކާއި ބީރުކަންފަތަކާއި މަންމަނު ދުލެއް ގެންގުޅެން ދަސް ކުރާށެވެ.
މަންމައަކަށްވުމަށްފަހު ބަލިވެ ތަނެއްގައި އޮވެއްޖެނަމަ އެއީ ކަންތައްބޮޑުކަމެވެ. ކޮންމެވެސް ކަމެއް ނުކުރަންވެގެންނެވެ. ދަރިންނާއި އަޅާނުލަން އުޅޭގޮތެކެވެ.
ބަލިވެ އޮވެފައި ގޮސް މަސައްކަތެއް ކޮށްފިނަމަ އެހާބަލިމީހަކަށް މަސައްކަތް ކުރެވޭނެހެއްޔެވެ. ހަމަ އެކްޓެވެ.
ޑޮކްޓަރަށް ދައްކާނަމަ އިނގިލި ކުރި އަށް ތަދުވިޔަސް ޑޮކްޓަރަށް ދައްކަން ދާނޭ ބުނެއެވެ. ނޫންމަ ފިނޑިވެފަ ދެއްކެނީއެވެ.
މިއަދު މިއުޅެނީ މިހެން ދިމާވެގެންނޭ ބުނެފިނަމަ ކަމެއް ނުވާ ދުވަހެއް ދައްކަބަލާށެ ބުނެއެވެ.
މިހެން ބަދު ބަސްބުނާ މީހުންނަށް ބުނެދެމެވެ. ބަލިވުމުން މަންމައަކު އޮވެފަ ތެދުވެގެން ގޮސް މަސައްކަތް ކުރަނީ ބަލިނުވާތީއެއް ނޫނެވެ.
ކަށިންހިތްވަރު ނެރެގެން ތެދުވަނީ ކުދިންގެ ހައްގުގައެވެ. ޑޮކްޓަރަށްދައްކާ ފަރުވާ ހޯދަނީވެސް އެއްކަލަ ތަންމަތީ ނޯންނަންވެގެންނެވެ.
ދިވެހި ކަނބަލަކު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ މިވާހަކަކޮޅު އަޅުގަނޑަށް ވަރަށް ކަމުދިއައެވެ. އެޙާލުގައި އުޅެންޖެހިފައިވާ މައިން މިއަދު މަދެއް ނޫނެވެ. އަޅުގަނޑު ހަމައެކަނި އިތުރުކޮށްލަން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެއީ ތިބާގެ މައިން އެޙާލުގައި ޖެއްސުމުން އެމީހުން ކެތްކުރާފަދައިން ތިބާއަށް އެފަދަ ޙާލެއް ޖެހިއްޖެނަމަ ކެތްކުރެވޭނެ ހެއްޔެވެ؟ ކެތްތެރިވެވޭނެ ހެއްޔެވެ؟