މަރުވެފައިވާ ތަކެތީގެ ތެރެއިންނާއި ލޭގެ ތެރެއިން ޙަލާލުކުރެއްވި ބާވަތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މަރުވެފައިވާ ތަކެތީގެ ތެރެއިންނާއި ލޭގެ ތެރެއިން ޙަލާލުކުރެއްވި ބާވަތްތައް!

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( أُحِلَّتْ لَنَا مَيْتَتَانِ وَ دَمَانِ . فَأَمَّا الْمَيْتَتَانِ فَالْجَرَادُ وَالْحُوْتُ . وَأَمَّا الدَّمَانِ فَالطِّحَالُ وَالْكِبْدُ)).

(أخرجه أحمد). 

ޙަދީޘްގެ މާނަ: 

މާތް الله ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާތް الله އަހަރުމެންގެ މައްޗަށް، މަރުވެފައިވާ ތަކެތީގެ ތެރެއިން ދެބާވަތަކާއި، ލޭގެ ތެރެއިން ދެބާވަތެއް ޙަލާލުކުރެއްވިއެވެ. އޭގެތެރެއިން ޙަލާލުކުރެއްވި މުޅަތަކެއްޗަކީ ގޮއްފުޅަނގިއާއި މަހެވެ. (އަދި އެހެން ޙަދީޘްފުޅަކުން ކަނޑުގައި ދިރިއުޅޭ ތަކެތީގެ ތެރެއިން، މަރުވެފައިވާ ތަކެތި ޙަލާލުކުރެވިފައިވާކަން އެނގެއެވެ.)  އަދި ޙަލާލުކުރެއްވި ލެޔަކީ ލަނގޮޑިއާއި މެޔެވެ. މިޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދެވެ. 

ޙަދީޘުންލިބޭ ބައެއްފައިދާތައް: 

-މުޅަތަކެތީގެތެރެއިން ގޮއްފުޅަނގިޔާއި މަހަކީ ކެއުން ހުއްދައެއްޗެކަން.

-ގޮއްފުޅަނގިޔާއި މަސް ކަތިލަން ނުޖޭހޭކަން.

-އަދި މެޔާއި ލަގޮނޑިއަކީ ދީނުގައި ކެއުން ހުއްދަކުރައްވާފައިވާ ދެބާވަތްކަން. 

އައްޝައިޚް ޢަބްދުﷲ މިފްޟާލް

މިއަދު އޮންލައިން