ދަރިންގެ މެދުގަ ތަފާތުކުރުމަކީ ހެދޭނެ އެންމެ ބޮޑު އެއްގޯސް! ދުވަހަކުވެސް ޢާއިލާއަށް ހަމަޖެހުމެއް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިންގެ މެދުގަ ތަފާތުކުރުމަކީ ހެދޭނެ އެންމެ ބޮޑު އެއްގޯސް! ދުވަހަކުވެސް ޢާއިލާއަށް ހަމަޖެހުމެއް ނުލިބޭނެ!: މުފްތީ މެންކް

ކިތަންމެ ގިނަ ދަރިންތަކެއް ލިބިފައިވީނަމަވެސް އެއިގެ ތެރެއިން އެއް ދަރިއަކަށް މައިންބަފައިންގެ ސަމާލުކަން ބޮޑުވެދާނެއެވެ. އެއީވެސް މެދުވެރިވާ ކަމަކެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާތެރިކަން ބޮޑުކަމެކެވެ.  

ވިސްނައިލާށެވެ! ޔޫސުފްގެފާނު އެހާ ތުއްޕުޅު އިރުގައި ވެސް އެކަލޭގެފާނު ޝަހީދުކޮށްލަން އެކަލޭގެފާނުގެ އަޚުން ނިންމީ އެހެންދަރިކަލުންނަށްވުރެ ޔޫސުފްގެފާނު ދެކެ ބައްޕާފުޅު ލޯބިވެވަޑައިގަންނަވާކަމަށް އެމީހުންނަށް ޤަބޫލުކުރެވިގެންނެވެ. މިއީ ﷲ ތަޢާލާ މަތިވެރިކުރެއްވެވި ނަބީބޭކަލުންގެ ދަރިންގެ މެދުގައި ކަންކަން ހިނގައިދިއަގޮތެވެ، ވީއިރު އަހަރެމެންގެ ދަރިންގެ ޙާލު ހުންނާނީ ކިހިނަކުންހެއްޔެވެ؟  

ކުރިން ބުނިފަދައިން މައިންބަފައިންގެ ހިތުގައި ވަކި ދަރިއަކަށް ޚާއްޞަކަމެއް އުފެދުމަކީ ހިނގައިފާނެ ކަމެކެވެ. ނަމަވެސް އެކަން ބާއްވަންޖެހޭނީ އެމީހެއްގެ ހިތުގައެވެ. އެކަން އެހެން ދަރިންނަށް އެނގޭ ހިސާބަށް ތިލަކޮށްގެން ނުވާނެއެވެ. އެިރުން ދަރިންގެ ހިތުގައި ޙަސަދަވެރިކަން އުފެދޭނެއެވެ.  

ގިނަ ދަރިން ތިބިނަމަ އެއިގެ ތެރެއިން އެއްދަރިއަކަށް މަންމަގެ ހިތުގައި ލޯބި އިތުރުވެދާނެއެވެ. ބައްޕަގެ ހިތުގައި އެހެންދަރިއަކަށް ލޯބިއިތުރުވެދާނެއެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ؟ އުފެދޭނީ ބޮޑެތި މައްސަލަތަކެއް ނޫން ހެއްޔެވެ؟  

ވީމާ ދަރިންގެ މެދުގައި ތަފާތުކުރުމަކީ މައިންބަފައިންނަށް ކުރެވޭނެ އެންމެ ނުބައި އެއް ކަންތަކެވެ. ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. އެގޮތަށް ކަންކަން ނުކުރާށެވެ! ދަރިންހެ މެދުގައި ތަފާތުކުރާނަމަ ފިތުނަ އާއި ހަސަދަވެރިކަން އަންނާނީ އިތުރުވަމުންނެވެ. ހަމަޖެހުމެއް ނުއޮންނާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން