ޙަޤީޤީ ޙާދިސާ: އިންޓޯލަށްދޭ ވަކިލާރިކޮޅު މަންމަ ޙައްޖަށް ފޮނުވަން އެއްކުރި ކުޑަކުއްޖެއްގެ ސަބަބުން ދެމައިންނަށް ޙައްޖަށްދެވި ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ޙަޤީޤީ ޙާދިސާ: އިންޓޯލަށްދޭ ވަކިލާރިކޮޅު މަންމަ ޙައްޖަށް ފޮނުވަން އެއްކުރި ކުޑަކުއްޖެއްގެ ސަބަބުން ދެމައިންނަށް ޙައްޖަށްދެވި ތަނަވަސް ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދޫކޮށްލާފައި ގެއްިން ނުކުމެގެން ދިއަ ދުވަސް ހަނދާން ހުންނަނީ ވަރަށް ކުޑަކޮށެވެ. އެންމެ ބޮޑަށް ހަނދާން ހުންނަނީ ބައްޕަ ނުކުންނަމުން އަޅުގަނޑަށް ބަލައިވެސް ނުލާ ކަމެވެ. 

ބައްޕަ ދިއަފަހުން މަނަމް އަުގަނޑު ބެލެހެއްޓީ ވަރަށް ގިނަ މަސައްކަތްކޮށްގެންނެވެ. ހެނދުނު އަޅުގަނޑުި ސްކޫލަށް ފޮނުވާފައި މަންމަ ދަނީ ގޭގެއަށް ކައްކައިދޭށެވެ. ސްކޫލް ނިމިގެން އަންނަންވާއިރަށް ކާންހަދާފައި ހުރެއެވެ. ގިނައިން ހުންނަނީ ގޭގެއިން ލިބޭ އެތިކޮޅެވެ.

އެވަރުންވެސް މަންމަ އަޅުގަނޑަށް އިންޓޯލުވެސް ދެއެވެ. ކޮންމެ ދުވަހަކު ބުއިމެއް ދިނުމުގެ އިތުރުން ވަކިލާރިކޮޅެއްވެސް ދެއެވެ. އެއިގެ ބޭނުމެއް އަޅުގަނޑު ނުކުރަމެވެ. އަޅުގަނޑު އައީ އެއްކުރަމުންނެވެ. 

އަޅުގަނޑުގެ އުމުރުން 10 އަހަރުގައި އަޅުގަނޑަށް އެނގުނީ މަންމަ އެންމެ ބޮޑަށް ދެރަވަނީ ޙައްޖަސް ނުދެވޭތީ ކަމެވެ. އެކަން އެނގުނު ދުވަހުން ފެށިގެން ކޮންމެ ގޮތަކުން ނަމަވެސް މަންމަ ޙައްޖަށް ފޮނުވައިދޭން ޢަޒުމް ކަނޑައެޅީމެވެ. 

އުމުރުން 12 އަހަރުގައެވެ. އެއްރެއެއްގެ އިރާކޮޅެވެ. އާދައިގެމަތިން އެމަހު އެއްކުރެވުނު ވަކިލާރިކޮޅު ރުފިޔާއަށް ހަދަން ކަންމަތީ ފިހާރައަށް ދިއައިމެވެ. އެރޭ ގެންދެވުނު ވަކިލާރިކޮޅުން ހަމަވީ 160 ރުފިޔާއެވެ. އެރޭ ސޭޓު ހިނިއައިސްގެން ހުރެ ސުވާލުކުރިއެވެ. ކޮންމެ މަހަކު ގެންދާ ރުފިޔާއަށް ގަންނަނީ ކޮންއެއްޗެއްތޯއެވެ؟ އަޅުގަނޑު ބުނީމެވެ. "އެއްވެސް އެއްޗެއް ނުގަނެ އެއްކުރަނީއެވެ." ބޭނުމަކީ ކޮބައިތޯ؟ ސުވާލުކުރުމުން ބުނީމެވެ. "މަންމަ ޙައްޖަށް ފޮނުވާށެވެ!" 

އެވަގުތު ފިހާރައަށް ވަން މީހަކަށް އަޅުގަނޑުމެން ދެއްކި ވާހަކަ އެނގިގެން ސަމާލުކަން ދިނެވެ. އަދި އަޅުގަނޑު ނުކުމެގެން އައުމުން ފަހަތުން އައިސް ގެއަށް ވަންނަން ފެށީމާ "ކޮއްކޮގެ މަންމަ ޢާ ބައްދަލުކޮށްލަން ބޭނުން" ކަމަށް ބުންޏެވެ. ދެން ގޭތެރެއަށް ވަދެ މަންމަ ގާތު އެވާހަކަބުނުމުން މަންމަ ނުކުމެއްޖެއެވެ. 

އެމީހާ ވަރަށް ގިނަ ސުވާލުތައް މަންމަ އާއި ކުރިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އެއިގެ ފަހުން ކޮނަމެރެއަކުހެން އެމީހާ ގެއަށް އައުދެއެވެ. މަންމަ އާއި ވާހަކަ ދައްކަން އިރުކޮޅަކު އިނދެލާފައިދަނީއެވެ. ދުވަސްކޮޅެއްފަހުން މަންމަ އާއި ކައިވެނިކޮށްފިއެވެ.  

ކައިވެންޏަށް 3 ވަނަ ރޭ އަޅުގަނޑުމެން ކާން ތިބެފައި ބައްޕަ ބުންޏެވެ. "ކައިނިމިގެން ގޮސް ނިކަން މަންމަ ޙައްޖަށް ފޮނުވަން އެއްކޮށްފައި ހުރި ރުފިޔާތައް ނިކަން ގެނެސްބަލާށެވެ." އެހެން ބުނުމުން އަޅުގަނޑުވެސް މަންމަވެސް ވަރަށް ހައިރާންވިއެވެ. އެހެންވެ މަންމަ ސުވާލުތައް ކުރަން ފެށުމުން އެރޭ އަޅުގަނޑު ސޭޓުގާތުގައި ދެއްކި ވާހަކަތައް އަޑުއިވުނުކަމަށް ބުންޏެވެ. 

ކައި ނިމިގެން ގޮސް ސިޓީއުރަގެނެސް ގުނިއިރު އަޅުގަނޑަށް އެއްކުރެވިފައިހުރީ 4130 ރުފިޔާއެވެ. އެއީ 2 އަހަރު ދުވަހުންނެވެ. މަންމައަށް އުފަލުން ރޮވުނެވެ. އެއީ އެރުފިޔާތައް ގިނަކަމަކުން ނޫނެވެ. އަޅުގަނޑުގެ އިންޓޯލަށްދިން ވަކިލާރިކޮޅު މަންމަ ޙައްޖަށް ފޮނުވަން އެއްކޮށްފައި ހުރީތީއެވެ. 

ބައްޕަގެ ޖީބުން ކަރުދާސްގަނޑެއް ނަގާފައި އަޅުގަނޑު އަތަށްދީފައި ބުނީ އެއިގައި އޮތް އެއްޗެއް ކިޔައިދިނުމަށެވެ. އޭގައި އޮތީ އެއަހަރު ޙައްޖަށްދާން 3 މައިންނަށް ފައިސާ ދައްކާފައިވާ ކަމަށެވެ. ދެން ބުނީ އިތުރަށް ފައިސާ އެއްނުކުރުމަށެވެ. އަދި އެއްކުރި ފައިސާ ޙައްޖަށް ދެވުމުން ފަޤީރުންނަށް ޞަދަޤާތްކުރާނީ ކަމަށެވެ. 

ކޮންމެއަކަސް އަޅުގަނޑުމެންނަށް ޙައްޖަށް ދެވުނީއެވެ. ޙައްޖަށް ދެވުމާއިއެކު އަޅުގަނޑު ޞަދަޤާތްކުރަން ގެންދިއަ ފައިސާކޮޅު މީސްމީހުންނަށް ބަހައި ހުސްކޮށްލީމެވެ. މިސްކިތެއްގެ ކައިރިން މުސްކުޅި އުމުރުގެ އަންހެނަކަށް ފައިސާ ދިނުމުން އޭނާ އަޅުގަނޑުގެ ބޮލުގައި ފިރުމާލާފައި އަޅުގަނޑަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރިއެވެ. އެނެމެންހެން ހެޔޮ ދުޢާކުރިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދެން މިކިޔައިދެނީ އަޅުގަނޑުގެ ހަޔާތެވެ. ކިޔަވައި ނިމުނުތަނުން ކައިވެނިކޮށްފީމެވެ. އެއީ ވަރަށް ހެޔޮލަފާ މީހެކެވެ. އެހާބޮޑު ތަނަވަސްކަން ހުރި މީހެއް ނަމަވެސް އަޅުގަނޑާއި ދަރިން ގޮވައިގެން އުފާވެރި ކަމާއިއެކު ދިރިއުޅެލެވޭވަރުގެ މީހެކެވެ. ކައިވެންޏަށް މިހާރު 7 އަހަރުވެއްޖެއެވެ. 3 ދަރިންވެސް އެބަތިއްބެވެ. ދިރިއުލެމުން މިދަނީ ހަމަ އުފަލުގައެވެ. އެންމެ އުފާވަނީ މުސްކުޅި އުމުރުގައިވެސް ދެވަނަ ބައްޕައާއިއެކު މަންމަވެސް އުފަލުގައި ދިރިއުޅޭތީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ މައިން އަހަރެމެން ދެކެ ލޯބިވާފަދައިން އަހަރެމެންވެސް މައިންދެކެ ލޯބިވާނަމަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ޢިބްރަތް ޙާޞޏިލުކުރަން ބޭނުން މީހަކަށް މިވާހަކަކޮޅުން ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. 

- ނާޝިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން