ނިކަން ބިރުވެތިވެބަލަ! އެންމެ ބޮޑު ވައްކަމަކީ ދެކެވޭ ޔޯލަ ވާހަކަތައްކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ނިކަން ބިރުވެތިވެބަލަ! އެންމެ ބޮޑު ވައްކަމަކީ ދެކެވޭ ޔޯލަ ވާހަކަތައްކަން އެނގޭތަ؟: މުފްތީ މެންކް

ކުރެވޭ އެންމެ ބޮޑު ވައްކަމަކީ ދައްކާ ޔޯލަ ވާހަކަތަކެވެ. މީސްތަކުންގެ ޢަބުރާއި ޢިއްޒަތް ވަގަށް ނަގައެވެ. އިތުބާރާއި ކަރާމާތް ވަގަށް ނަގައެވެ.

މުދަލުން ނުވަތަ ފައިސާއިން ކުރާ ވައްކަމުގެ ބަދަލު ދެވިދާނެއެވެ. ނަމަވެސް ދައްކާ ޔޯލަ ވާހަކަތަކުން ލިބޭ އެއްވެސް ގެއްލުމަކީ އަނބުރައި އިޢާދަ ކުރެވޭނެ ކަންކަމެއް ނޫނެވެ.

ފައި ކައްސާލި ނަމަވެސް ހަށިގަނޑުން ބެލެންސް ހިފަހައްޓައި ނުވެއްޓި ސަލާމަތްވެވިދާނެއެވެ. ނަމަވެސް ދުލުން ބަހެއް ބުނެފިނަމަ އަނބުރައި ރުޖޫޢަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

މީސްތަކުންގެ ޢަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ކުރެވޭ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިފައިވަނީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ. ވީމާ ކުރެވޭނެ އެންމެ ބޮޑު ވައްކަން ކުރުމާއި ދުރުހެލިވާށެވެ! އެއްގޮތަކަށްވެސް ކައިރިނުވާށެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން