ރަޖަބް މަސް ނިމެނީއެވެ. މަހެއްހައި ދުވަސްފަހުން މިއަހަރުގެ ރަމަޟާން މަސް ފެށެނީއެވެ. އެއްވެސް ސަބަބެއް މެދުވެރިވެގެން ރޯދައެއް ޤަޟާކުރަންޖެހި އެކަން ނުކުރެވިވާނަމަ އެކަމަށް އަވަސްވެގަންނާށެވެ! ރޯދައަށް ތައްޔާރުވާން ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެއީއެވެ.
ގޭގެ ފަރުނީޗަރު އައުކުރުމާ ބަދިގޭ ސާމާނު އައުކުރުމާ ގޭގައި ކުލަލުން ފަދަ ކަންކަމަކީ އިސްޜާފަކަސް ނުވާގޮތަށް ކުރަންހުރި ކަންކަމެވެ. އެއިން ކަމެއް ނުކުރުމަކުން ފާފަވެރިއެއްވެސް ނުވާނެއެވެ.
ރަމަމާން މަހަށް ފިހާރަތަކުގައި އަޅުވާ ސޭލްތަކުން ހެޔޮއަގުގައި ތަކެތި ގަންނަން އަވަސްވެގަންނަފަދައިން ރަމަމާން މަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށްވެސް އަވަސްވެގަންނާށެވެ! އެންމެ މުހިންމީ ޤަޟާކުރަންޖެހޭ ރޯދަތައް ޤަޟާކޮށް ވީހާގިނަ ހެޔޮ ޢަމަލުތައް ކުރަން ތައްޔާރުވުމެވެ.
ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އެކުވެރިންނާ ސުވާލުކުރައްވާށެވެ! ހަނދާންކޮށްދޭށެވެ! ހަނދާންކޮށްދިނުމަކީވެސް ހަމަ މަތިވެރި އަޅުކަމެކެވެ. ،ިލިޔުން ޝެއާކޮށްލައިގެންވެސް ހަނދާންކޮށްލައިދެވިދާނެއެވެ.