ބައްދަލުވާ އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށް މިހާރުވެސްވެފައި އޮންނަނީ ތިމަންނާ މިވެނި އެވެނި ކަންކަމަށް އެދިދުޢާކުރާއިއރުވެސް ހިންމަވައި ނުދެއްވަވާކަމެވެ. ބުނަން އޮތީ ހަމައެއްވާހަކައެކެވެ. އެއީ އަހަރެމެންނަށް އޮތީ އެކަން އެގޮތަށް މެދުވެރިކުރައްވަވަނީ އެމީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ ކަމަށް ޤަބޫލުކުރުމެވެ.
ވިސްނާށެވެ! ތިބާ އެދި ދަންނަވާ ކަމަކީ އެކަމެއް ތިބާއަށް ޙާޞިލުކުރެވިއްޖެނަމަ އެކަމުން ތިބާއަށް ގެއްލުންހުރިކަމެއްކަން ތިބާއަކަށްވެސް އަދި އެކަކަސްވެސް ނުއެނގޭނެއެވެ. އެހެނަސް އެކަމުން މެދުވެރިވާނެ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެކަމަކީ ތިބާއަށް ފައިދާކުރާނެ ކަމެއްް ނަމަވެސް ފައިދާކުރާނީ ކޮން ވަގުތަކު ހިންމަވައިދެއްވެވުމުންކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ވަޙީ ބަސްފުޅުގައި އޮތީ މިފަދައިންނެވެ.:
(وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ) البقرة: (216)
މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."
ވީމާ ކެތްތެރިވާށެވެ! ވަކީލްކުރާށެވެ! ތިބާއަށް ފައިދާހުރި ގޮތުގައި މެނުވީ އެއްވެސް ކަމެއް މިންވަރުނުކުރައްވަވާނެކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން