ސ. ތަޙައްޖުދު ނަމާދު ކުރާމީހަކު ތަޙައްޖުދު ނަމާދު ކުރަމުންދާއިރު އޭނާއަށް އިނގޭ މިންވަރަކުން ކީރިތި ޤްރުއާން ކިޔެވުންތޯ މޮޅުއިތުރީ، ނުވަތަ ތަޙައްޖުދު ނަމާދު ކޮށްލާފައި ދެން ފޯނު ބަލައިގެންނަމަވެސް ފަތިސް ނަމާދު ވަޤުތު ޖެހެންދެން ޤުރުއާން ކިޔެވުންތޯ ރަނގަޅު ގޮތަކީ؟ ނޫނީ ތަޙައްޖުދު ނަމާދު ކުރަމުންދާއިރު ފޯނު ބަލައިގެން ޤުރުއާން ހަމަ އެއްކޮޅަކުން ފަށައިގެން ކިޔެވުންތޯ؟ މީގެ އެންމެ މޮޅު އިތުރު ގޮތަކީ ކޮބައިތޯ؟
ޖ. بسْمِ الله الرَّحْمَّنِ الرَّحِىْم الْحَمْدُ الله وَصَّلاَة وَسَّلاَم عَلى رَسُو الله وَعَلَاآلِه وَصَحْبِهِ وَمَنْ وَعَلَى وَبَعْدَه ،
ތަޙައްޖުދު ނަމާދު ނުވަތަ ދަމުނަމާދުމީ ސުންނަތްވެގެންވާނަމާދެއް، ސުންނަތް ނަމާދުގައިކަމަށް ވަނީނަމަ އަޅުގަނޑުމެންނަށް ފޯން ބަލައިގެން ނުވަތަ ޚަތިމް ބަލައިގެން ކިޔެވުމުގެ ހުއްދަ އެބައޮތް! ފަރުޟު ނަމާދުތަކާ ތަފާތުކޮށް! އެހެންވީމާ ސުންނަތް ނަމާދަކަށް ވީތީވެ ބަލައިގެން ކިޔެވިދާނެ!
ދެން ޙަޤީޤަތުގައި ދަމުނަމާދުގެ އެންމެ ބޮޑު އެއްބޭނުމަކަށް ވާނީ ދުޢާކުރުން، ދެން ޤުރުއާން ކިޔެވުންވެސް ހަމަ ވަރަށް ރަނގަޅު ކަމެއް އެއީ ނަމާދުތެރޭގައި ޚަތިމް ބަލައިގެން ނުވަތަ ފޯން ބަލައިގެން ކިޔެވިކަމުގައި ވީނަމަވެސް ނުވަތަ ނަމާދު ކޮށް ނިމިގެން ޤުރުއާން ކިޔެވިކަމުގައިވީ ނަމަވެސް އެއީ ހަމަ ވަރަށް ރަނގަޅުކަމެއް. އެއީ ނަމާދު ތެރޭގައި ކިޔެވިއަސް އަދި ނަމާދުން ބޭރުގައި ކިޔެވިއަސް ވެސް އެއަކުން ވަކި ތަފާތެއް އަންނަ ކަމެއްނޫން އެކަމަކީއެއް.
ދެން އެއަށްފަހުގައި އެންމެ މުހިންމު ކަމަކަށްވާނީ ހަމަ ވީހައިވެސް ގިނައިން އެމީހަކު ބޭނުންކަމަކަށް އެދި الله ގެ حَضْرة ގައި ދުޢާ ކުރުން. ސަބަބަކީ އެ ވަޤުތަކީ އެއީ الله سُبْحَانه وَتَعَالَى ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން ކާކުތޯ ތިމަން اللهގެحضرة އަށް ފާފަފުއްސެވުން އެދި ދަންނަވަނީ އެމީހަކަށް އެމީހެއްގެ ފާފަފުއްސަވާ ދެއްވާނަމޭ، ކަމަކަށް އެދި ދަންނަވާނީ ކާކުހޭ އެމީހަކަށް އެކަމެއް ދެއްވާނަމޭ، އަދި ދުޢާ ކުރަނީ ކާކުހޭ، އެމީހެއްގެ ދުޢާ އިޖާބަކުރަށްވާނަމޭ، މިގޮތަށް ވަޙީ ކުރައްވާ ވަޤުތު އެވަޤުތަކީ އެއީ، އެހެންވީމާ އެވަޤުތުގަ ހަ މަވީހާވެސް ބޮޑަށް އެމީހަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްތައް ހަމަ الله ގެ حضرة ގައި ދަންނަވަމުން ގެންދާނީ،
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް