މިއީ ކައިވެނީގެ 10 ވަނަ އަހަރީ ދުވަހު އަނބިމީހާ ފިރިމީހާއަށްދިން "ވަރަށް އަގުބޮޑު ހަދިޔާއެއް"ގެ ވާހަކައެވެ! އެހަދިޔާ ލިބުމުން ބޯވީ ދެކަކޫ ދޭތެރޭގަ ތށްޓެވެ! ބުނެވުނީ ދެން ދުނިޔޭގަ ހުރުމެއް ނެތެވެ! ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ!
ލޯބިވާ ފިރިމީހާއެވެ! ރަނގަޅަށް ހަމަޖެހިލައިގެން އިނދެ ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ! މިއަދަކީ އަހަރެމެންގެ ކައިވެންޏަށް 10 އަަހރުފުރޭ އުފާވެރި ދުވަހެވެ. ނަމަވެސް އަހަރެންނަކަށް މިދުވަސް އުފާވެރިއެއް ނޫނެވެ. އަދި ކަލެއާއިއެކު ހޭދަމިކުރި 10 އަހަރުގެ ތެރެއިން ފުރަތަމަ އަހަރުގެ މަދު ދުވަސްކޮޅެއް ފިޔަވައި އެއްވެސް ދުވަހަކީ އަހަރެންނަށް އުފާވެރި ދުވަހެއް ނޫނެވެ!
އަހަރެންނަށް ކަލެއަށް ކޮށްދެވުނު ޚިދުމަތެއް ނެތެވެ. ރަނގަޅަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. މީރުކޮށް ކައްކައިދެވުނު އެއްޗެއް ނެތެވެ. 3 ދަރިން ވިހެއީތީ އެއިން އެއްވެސް ދަރިއަކީ ކަލޭގެ އަޅައިލުމާއި ލޯބިދޭންޖެހޭ ދަރިއަކަށް ނުވިއެވެ. އެކަންވާނީވެސް އެހެންތާއެވެ. އެކުދިންގެ މައިމިހާއަކީ އެއްވެސް ގޮތަކުން ކަމުދާ މީހެއް ނޫންކަމަށްވީމާ ވާނީ އެހެންނެވެ.
ކަލޭގެ މަންމަ ބުނަނީ ކުރީގެ އަނބިމީހާ މާރަނގަޅު ކަމަށެވެ. އަދި އެކަން ކަލޭ ތިއަހުރީ ޤަބޫލުކޮށްގެންނެވެ. އެކަމަކަށްވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އަހަރެންނާއި ކައިވެނިކޮށްގެން ހުރެ 3 އަނހެނުންނާއި ހިތާވީމާވެސް މާފުކޮށްފައި އެކުގައި ދިރިއުޅެން މަސައްކަތްކުރީމެވެ. އުޅޭނެހައިތަނެއްގަ އުޅެފަ އައުމުންވެސް ޝަކުވާއެއް ނުކޮށްހުރީމެވެ. އަހަރެމެން 4 މައިންނަށް އެއްވެސް ޚަރަދެއް ނުކުރީމާ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ކުދިންނާ ކަލޭވެސް ބަލަހައްޓައިފީމެވެ.
މިއިން އެއްވެސް ކަމެއް ކަލެއަކަށް ނުވިސްނުނެއް ނޫން ހެއްޔެވެ؟ ވީމާ 4 ކުދިން ގޮވައިގެން މިދަނީއެވެ. 10 ވަނަ އަހަރީ ދުވަހުގެ ހަދިޔާއަކަށެވެ. އެއީ އަހަރެމެންނާއި ނުލާ ދިރިއުޅުމަކީ ކަލެއަސް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ކަމުގައިވާތީ އެފުރުޞަތު ދިނުމަށެވެ. ދޭނެ އެއަސްވުރެ އަގުބޮޑު ހަދިޔާއެއް އޮތްކަމަށް ޤަބޫލުނުކުރެވޭތީއެވެ. ދެން މިއަދުގެ މުނާސަބަތުގައި ކަލޭގެ ކިބައިން އެދެން އޮތް ހަމައެކަނި ހަދިޔާއަކީ އަވަހަށް ވަރިކޮށްލައި ދިނުމެވެ. ވީމާ 10 ވަަނ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަލެއަށް އަގުހުރި އަދި އުފާވާނެ ހަދިޔާއެއް ދެވިއްޖެ ކަމަސް އުންމީދުކުރަމެވެ.
އަހަރެން ހޯދަން މަސައްކަތް ނުކުރާށެވެ! އަހަރެން މިދަނީ އެހެން ސްޓޭޓަކަށެވެ. އަހަރެން ދެކެ ތިހާ ބޮޑަށް ލޯބިވާ މީހާ އާއި ވީހާ ދުރަށް ދިއުމަށެވެ. 10 އަހަރުތެރޭ ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ލިޔުން ކިޔައި ނިމުމުން ހީވީ ހަތަރު އުދަރެސް ފެނުގައި ޖެހުނުހެންނެވެ. ބުނާނެ އަދި ބުނެވޭނެ ބަހެއްނެތެވެ. އަނބިމީހާ ބުނެފައި އެވަނީ ހުސްތެދެވެ. ކަންކަންހިނގިގޮތެވެ. ދެދެފައި ގޮނޑިމައްޗަށް އުފުލާލައި ދެކަކޫ ކޮޅަށް ޖެހިއެވެ. ދެކަކޫ ދޭތެރެއަށް ބޯވައްދައި ފިއްތައިލިއެވެ. އެގޮތަށް އިނދެވުނީ ކިހައި އިރެއްވަންދެންކަމެއް ނުވެސް އެނގުނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު ފަދަ ވަރަށް ގިނަ އަނހެނުންނަށް ދުނިޔޭގައި އުޅެންޖެހިފައިވަނީ ހަމަ މިޙާލުގައެވެ. ހީވަނީ ހަމަ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެނގިގެން އަޅުގަނޑަށް އަމާޒުކޮށްގެން ލިޔެފައިވާ ވާހަކައެއްހެންނެވެ. އަޅުގަނޑުފަދައިން ޙަޔާތުގެ ކަންކަން ދިމާވެފައިވާ ހުރިހާ އަންހެނުންނަށްވެސް ހީވާނީ ހަމައެހެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ޙަޤީޤީ ޙާދިސާ ސިލްސިލާ އާއި އެހެންވެސް ދިރިއުޅުމާއި ގުޅުންހުރި ވާހަކަތައް ކިޔާ ކިޔުންތެރިންގެ ތެރެއިން ޚާއްޞަކޮށް ކަނބަލުންނަށް މިފަދަ ޙާލުގައި އުޅެމުން އަންނަ ބުނެލަން އޮތީ އަހަރެމެންވެސް މިފަދަ ސިޓީތައް ނުލިޔެ ތިބުމެއް ނެތެވެ. ހަމަގައިމުވެސް ކުރިއަށް މިފެށޭ ހަފްތާގައި އަޅުގަނޑު ލިޔާނަމެވެ. މާދިގުކޮށްވެސް ލިޔާނަމެވެ. އިން ޝާ ﷲ
- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް