ކެއުމުގެ ސުންނަތްތަކުގެ ތެރެއިން ދިހަ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކެއުމުގެ ސުންނަތްތަކުގެ ތެރެއިން ދިހަ ކަމެއް-

އަހަރެމެންނަށް ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ އެ ރިޒްޤް ކޢަިރު ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ދެއްވެވި ރިޒުޤަށް ޝުކުރުވެރިވުމަކީވެސް އެއީއެވެ.

1 ކެއުމުގެ ކުރިން ބިސްމިﷲ ކިޔާށެވެ.

2 ތަނެއްގައި އިށީނދެ އިނދެގެން ކާށެވެ.

3 ކެއުމުގެ ޖަމާޢަތް ބޮޑުކުރެވޭތޯ ބަލާށެވެ! ވީހައި ގިނަ ބައަކު އެކުގައި ކާށެވެ.

4 ތަށީގެ ތިމާ އާއި ކައިރިން ކާށެވެ.

5 ރަހައަށް ފާޑުކިޔައި މީރު ނޫން ކަމަށް ނުބުނާށެވެ.

6 އިސްރާފް ނުކުރާށެވެ! ތަށި ރަނގަޅަށް ސާފުކުރާށެވެ.

7 ގޮހޮރުގެ ތިންބައިކުޅަ އެއްބައަށްވުރެ ގިނައިން ކާތަކެތިން ނުފުރާށެވެ!

8 އިނގިލިތަކުގައި ލޮއި ސާފުކުރާށެވެ.

9 ކަނައަތުން ކާށެވެ.

10 ކައިނިމުމުން ﷲ ތަޢާލާއަށް ޝުކުރުކޮށް ޙަމްދުކުރާށެވެ!

މިކަންކަމަށް އަމަލުކުރަންވީ ހަމައެކަނި ބޮޑެތި މީހުންނެއް ނޫނެވެ. އެންމެ ކުޑައިރުންސުރެ ކުދިންނަށްވެސް މިކަންކަން ދަސްކޮށްދޭށެވެ. މިއީ ސުންނަތް ކަމާއި ދެއްވަވާ ރިޒްޤް އިތުރުވެ ކޭތަކެތީގައި ބަރަކާތް ލައްވަވާނީ އެއިރުންކަން ވެސް ބުނެދޭށެވެ.

 

މިއަދު އޮންލައިން