ބައިނަލްއަޤްވާމީ ޤުދުސް ހަފްތާ: އެއީ މުސްލިމުންގެ ބިމެއްކަން ޤުރްއާނުން

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ބައިނަލްއަޤްވާމީ ޤުދުސް ހަފްތާ: އެއީ މުސްލިމުންގެ ބިމެއްކަން ޤުރްއާނުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ތަޢާލާވަނީ ބައިތުލް މަޤްދިސްއަކީ ބަރަކާތްލެއްވިގެންވާ ތަނެއްކަމުގައި ލައްވާފައެވެ. 

އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ﴾ [سورة الإسراء ١]

މާނައީ: "އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތަނުގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ." 

އަލްޤުދުސްއަކީ މަސްޖިދުލްއަޤްޞާގެ ވަށައިގެންވާ ސަރަހައްދެވެ. އެހެންކަމުން އެތަނަކީވެސް ބަރަކާތްލެއްވިގެންވާ ތަނެކެވެ. 

ތަޢާލާވަނީ ބައިތުލް މަޤްދިސްއަކީ މުޤައްދަސް ތަނެއްކަމަށް، މޫސާ عليه السلام ގެ ދޫފުޅުމަތިން ސިފަކުރައްވާފައެވެ. 

﴿يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّـهُ لَكُمْ﴾ [سورة المائدة ٢١]

މާނައީ: "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މުޤައްދަސްވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ބިމެވެ." 

އަލް އުޚްތު އުންމު ޢަބްދިﷲ 

(މިލިޔުމަކީ މާދަމާ (މިމަހުގެ 25) އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)

 

 

 

މިއަދު އޮންލައިން