އެސްފީނާއަށް ފެންއަޅާއިރު ކިޔަވަންވީ ތަކެތި: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެސްފީނާއަށް ފެންއަޅާއިރު ކިޔަވަންވީ ތަކެތި: ޑރ. އިޔާޟް

ސުވާލު: އެސްފީނާ ޖެހިފައި ހުންނަ މީހހަކަށް އެސްފީނާއަށް ފެންއަޅާއިރު ކިޔާ ތަކެތި ކުޑަކޮށް ކިޔާ ދެއްވަ ފާނުތޯ؟  

ޖަވާބު: އެސްފީނާއަށް ފެން އެޅުމަށްޓަކައި އެކި ރާޤީން ނުވަތަ އެކި ރުޤްޔާ ކުރައްވާ ބޭފުޅުން އެކި ތަންތަން ކިޔަވާ ހައްދަވާ، ދެން މުޅި ޤުރުއާނަކީވެސް އެއީ ހަމަ ޝިފާއެއް ބަލިތަކަށް އޮތް ޝިފާއެއް، ދެން އެހެންވީމާ ޤުރުއާނުގެ ކޮންމެ ތަނެއް ކިތަންމެ ކުޑަ މިންވަރަކަށް ކިޔެވިކަމުގައި ވީނަމަވެސް މައްސަލައެއްނޫން!

ދެން ޢިލްމުވެރިން ބޮޑަށް ފާހަގަކުރައްވާފައިހުރި އާޔަތްތަކެއްވޭ، އޭގެ ތެރޭގައި ސޫރަތުލް ފާތިޙާ ކިޔެވުން،  އަދި އިޚްލާޞް ފަލަޤި ނާސި ތިންސޫރަތް ކިޔެވުން އަދި ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތް ކިޔެވުން އަދި އަޔަތުލް ކުރުސީ ކިޔެވުން އަދި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން މިހުންނަނީ ޢިލްމުވެރިން ފާހަގަކުރަށްވާފައިހުރި އާޔަތް ތަކެއް.  

އެހެންވީމާ، މި އާޔަތްތައް ތަކުރާރުކޮށް ކިޔެވިކަމުގައި ވީނަމަވެސް ހަމަ މައްސަލައެއްނޫން. އެއީ ކޮންމެހެން ވަކި ޢަދަދަކަށް އާޔަތްތައް ކިޔަވާކަށް ލާޒިމެއްނޫން.  ޙަޤީޤަތުގައި އޭގައި ބޭނުންވަނީ ވީހާވެސް އިޚްލާޞްތެރި ކަމާއެކީގައި އެބަލިން އެބަލި މީހާ ފަސޭހަކޮށްދެއްވުން އެދި އެކަމަށް އިޚްލާޞްތެރިކަމާއެކީގައި ކިޔަވާ ކިޔެވުމަކަށް ވީމާ ﷲ ގެ ރަޙްމަތާއެކުގައި އެބައްޔަށް ޝިފާ ލިބޭނެ إنشَاء الله تَعَالَى. 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން