މުޅި ސަރަހައްދަށް އެންމެ ނުރައްކާބޮޑު ޗަރުނަބީލް ނިޔުކްލިއަރ ޕްލާންޓް ރަސިޔާއިން ހިފައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މުޅި ސަރަހައްދަށް އެންމެ ނުރައްކާބޮޑު ޗަރުނަބީލް ނިޔުކްލިއަރ ޕްލާންޓް ރަސިޔާއިން ހިފައިފި

ޔޫރަޕާއި މުޅި ސަރަހައްދަށް އެންމެ ނުރައްކާބޮޑު ޗަރުނަބީލް ނިޔުކްލިއަރ ޕްލާންޓް ރަސިޔާއިން ހިފައިފި އެވެ. ޚަބަރުލިބޭގޮތުން އެސަރަހައްދު ހިފީ ސަރަހައްދު ޙިމާޔަތްކުރަން ތިބި ޔޫކްރައިން ސިފައިންނާ ހަނގުރާމަކޮށް ބަލިކުރުމަށްފަހުގައެވެ. 

އެ ޕްލާންޓުން ލީކްވުމުގެ މައްސަލަ ކުރިމަތިވެފައިވާތާ 36 އަހަރުވެއްޖެއެވެ. އެތަނުގެ ޙާލަތާއި ގުޅޭގޮތުން މާބޮޑު ތަފްޞީލެއް އަދި ނުލިބެއެވެ. އެތަނަކީ މުޅި ޔޫރަޕަށްވެސް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ މާހިރުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. 

އީރާނުން ބުނަނީ ހަނގުރާމަ އާއި ދެކޮޅު ކަމަށެވެ. ނަމަވެސް މައްސަލައަށް ޙައްލު ހޯދޭނީ ސިޔާސީ ގޮތުން މަޝްވަރާކޮށްގެން ކަމަށެވެ. އަދި ޔޫކްރޭން މައްސަލަ ކުރިމަތިވީ އެމެރިކާ އަޑީގައި އޮވެގެން ހުޅަނގުގެ ބާރުގަދަކުރަން ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ކަމަށެވެ.

 

މިއަދު އޮންލައިން