ބޮޑާކަމާ ލިބޭކަން ދައްކަން ފޭރާންލާ މީހުން ޤިޔާމަތް ދުވަހު ނިކަމެތި ކުރެއްވެވުމުގެ ފޭރާމަކުން ފޭރާން ލައްވަވާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބޮޑާކަމާ ލިބޭކަން ދައްކަން ފޭރާންލާ މީހުން ޤިޔާމަތް ދުވަހު ނިކަމެތި ކުރެއްވެވުމުގެ ފޭރާމަކުން ފޭރާން ލައްވަވާނެ!: ޙަދީޘް

ރިވެތި ފޭރާންލައި ޒީނަތްތެރިވެގެން ތިބުމަށް ﷲ ލޯބިވެވޮޑިގެންވެއެވެ. ވީމާ ތަނަވަސްކަން ހުރިނަމަ ޒީނަތްތެރިވެގެން ތިބުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޮޑާކަމާއި ލިބޭކަން ދައްކަން

ފޭރާން ނުލާށެވެ! އެފަދަ މީހުން ޤިޔާމަތް ދުވަހު ނިކަމެތި ކުރެއްވެވުމުގެ ފޭރާމަކުން ފޭރާން ލައްވަވާނެ ކަމަށް ބިރުވެތިވާށެވެ!

 

Prophet Muhammad (ﷺ)

said,

‘Whoever wears a garment of pride and vanity,

Allah will clothe him, on the Day of Resurrection, in a garment of humiliation.’ Sunan Ibn Majah Book 32, Hadith 3737

 

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ތަނަކަށް ދާނަމަ ހެދުން ލާން ޖެހޭނީ އެމީހާގެ ތަނަވަސްކަން މީސްތަކުންނަށް ހާމަވާނެ ގޮތަށް ކަމަށެވެ. އެހެން އެންމެންނަށްވުރެ އަގުބޮޑު ފޭރާމެއް ކަމަށެވެ. މިކަމުގައި ހުރި ނުރައްކައުތެރިކަމުގެ ބޮޑުކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.

ވިސްނަންވީ ހަމައެކަނި ފޭރާމަކަށްވެސް ނޫނެވެ. ބޭނުންކުރާ ގަހަނާ އާއި ޖަހާ ސެންޓާއިމެދުގައިވެސް ވިސްނާށެވެ. މަތިވެރިކަން ލިބިގަންނަންވީ ލާ ފޭރާމުންނާއި ޒީނަތްތެރިވުމާއި ޖަހާ ސެންޓަކުން ނޫނެވެ. މަތިވެރިކަން ލިބިގަންނަންވީ ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމުންނެވެ. ޙަޤީޤީ މުއްސަނދި ކަމަކީ އެއީއެވެ.

ޙަޤީޤީ މުއްސަނދި ކަމަކީ ލާ ފޭރާމާއި ބޭރުފުށުގެ ޒީނަތްތެރިކަމެއް ނޫނެވެ. ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމުން ލިބޭ ޒީނަތްތެރިކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން