ގެއަށް އަންނައިރު އަނބިމީހާ ހުރިގޮތުން ފޫހިވުމުގެ ބަދަލުގަ ގޮސް ފެންވަރައިގެން ތާޒާވެލައިގެން އަންނާށޭ ދެންހުރި ކަންތައް ތިމަންނަ ކޮށްލަފާނަމޭ ބުނަން އެނގިބަލަ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ގެއަށް އަންނައިރު އަނބިމީހާ ހުރިގޮތުން ފޫހިވުމުގެ ބަދަލުގަ ގޮސް ފެންވަރައިގެން ތާޒާވެލައިގެން އަންނާށޭ ދެންހުރި ކަންތައް ތިމަންނަ ކޮށްލަފާނަމޭ ބުނަން އެނގިބަލަ!

އަންހެނުންގޭގައި ލައިގެން އުޅޭ ހެދުންގަޑު ކައިވެނީގައި މައްސަލަ ޖެހޭ ސަބަބެއްތަ؟

ކައިވެނީގެ ކުރިން އޮފުކަމާއި ނަލަކޮން ހުރި އަހަރެންގެ އަނބިމީހާ ކައިވެންޏަށްފަހު އަހަރެން ގެއަށް ވަންނަ ކޮންމެ ފަހަރަކުވެސް ފެންނަނީ ފާޓުފުޅާ ހަރުވާޅަކާއި ގޮތަކުން ގޮތަކަށްނުވާ ހެދުންގަޑާ ތަތްކުރި ބުރުގާއެއް ނުވަތަ ހޭވިފައިވާ އިސްތަށިގަޑާއި އެކުގައެވެ.

މޫނުމަތީގެ ތާޒާކަމެއް ރީތިކަމެއްނެތެވެ. މަގުމަތިންނާއި އޮފީހުން ފެންނަ ފަދަ ނަލަ ނަލަ ކުދިން ހިތުގައި ސޫރަކޮށްގެން އަންނައިރު އަނބިމީހާ މިފެންނަނީ މިލާ މޯޅިވެފައި އެއްލާލަން ކަމުދާ މަލެއްފަދައިންނެވެ.

ފޫހިނުވާންވީ ސަބަބެއް ނެތެވެ. ޓިކްޓޮކާއި އިންސްޓަރގުރާމާއި ފޭސްބުކުން ފެންނަ ޗާލު މަންޖެތައް އަހަރެންގެ ހިތް ކުދި ކުދި ކުރުވައެވެ. ގެއިންއެފެންނަ ދައިތަގަޑަކަށް ނުބެލޭނެތާއެވެ. ފޫހިވެސްވާނެތާއެވެ.

ނަމަވެސް ހަނދާންނެތުނީ އެއީ އަހަރެންގެ ކުދިންބަލާ ގޭތެރެ މަސައްކަތްކށް އޮފީހަށްދާނަމަ އޮފީހުން އައިސްވެސް ގޭގެ ހުރިހާ މަސައްކަތެއް ކުރާ އަނބިމީހާކަމެވެ. އަހަރެންވެސް ރައްޓެހިންނާއެކު މަސްދަތުރުގޮސް ޕިކުނިކުގޮސް ކުޅެފަ އަންނައިރު ހުންނަނީ އެއްޓީސާރޓު ގަޑާއި އެކު އަޅިބުރުއްސިއެއް ފަދައިންނެވެ. ގެއަށްވަނުމާއެކު ފންވަރަން ތާޒާވެލަން ހަންނަށްފުރުސަތު ލިބޭކަމާއި ނަމަވެސް އަހަރެންވެސްލަނީ އެއްކަލަ ޓީސާރޓާއި ސޯޓުގަޑުކަމެވެ.

މިއިން ޒަމާނެއްގައި ގޭތެރޭގައި ލާން ރީތި ހެދުމެއް ނުހޯދާދެވޭއިރު ގެއަށްވަދެ ގޮސްފެންވަރައިގެން ތާޒާވެލައިގެން އަންނާށޭ ދެންހުރި ކަންތައް ތިމަންނަ ކޮށްލަފާނަމޭ ބުނަން އަހަރެންނަށް ނޭގޭ ކަމެވެ.

 

މޭކަޕީ އަންހެން ކުދިން ގޮވައިގެން ބުރުޖަހަންދާ އުސޫލުން ހަމަ އަހަރެންގެ އަނބިމީހާވެސް ރީތިވެލީމައި ގޮވައިގެން ދެވިދާނެކަން އަހަންނަކަށް ނުވިސްނެއެވެ. ކައިވެނީގެ ކުރިން ނަލަކޮށް ފުށްނުފިލާ އެމޫނު ހުންނަނީ ނިކަން ލޯބިންދެމަފިރިއަކު ބޮޑުކުރި މުތަކަށް ވީމަކަމެއް އަހަންނަކަށް ނުވިސްނެއެވެ.

ފިރިންނޭވެ! ހުއްޖަތެއް ދެއްކުމުގެ ކުރިން ވިސްނާލާށެވެ. ކަޓްރީނާ ކެއިފް ވެސް ދިޕިކާ ޕަދުކޯންވެސް ނަލަކޮށް ފެންނަނީ އެވަގުތު ލިބިގެންނެވެ. މަގުމަތިން ތިފެންނަ ޖާނުކޮޅުތައްވެސް އެހެންތިބެނީ ނަލަވެ މޭކަޕު ކުރަން ފުރުސަތު ލިބޭތީއެވެ.

ކައިވެނީގެ ކުރިން ތިބާއަށް އޮފްކޮށްފެނުނު ޖަވާހިރު ގޮޑުކޮށްފެންނަ ސަބަބަކީ ހަމަ ތިބާ ނޫންތޯއެވެ.؟ އެކަމަކު ކަންނެތް އުޅުމެއް ނެތް އަންހެނުންވެސް ނެތެކޭ ނޫނެވެ. އެއީވެސް ހަމަ ތިބާގެ ހޮވުމެވެ. ހަރުވާޅާއި ހެދުންގަޑުން މިސާލުޖަހައި އެއްލާލުމުގެ ކުރިން ތިމާއަކީވެސް ހުދު އޭގެ މިސާލެއްކަން ދަންނާށެވެ.

(މިއީ އަޅުގަނޑަށް ވަރަށް ބަލައިގަނެވޭ ބައެއް ލިޔުންތައް ލިޔުއްވާ ކަނބަލަކު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ލިޔުމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަސްވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.)

 

 

މިއަދު އޮންލައިން