ކިތަންމެ މައްޗަށް ކިޔެވުނަސް ތިމާއަށް ހުރިހާ ކަމެއް އެނގިއްޖެ ކަމަށް ޤަބޫލުކުރާނަމަ އޭނާއަކީ ޖާހިލެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކިތަންމެ މައްޗަށް ކިޔެވުނަސް ތިމާއަށް ހުރިހާ ކަމެއް އެނގިއްޖެ ކަމަށް ޤަބޫލުކުރާނަމަ އޭނާއަކީ ޖާހިލެކެވެ!

ބައެއް މީހުންނަސް 2،3 ފޮތެއް ކިޔާލައި އޮންލައިން ޕޯސްޓައް ބަލައިލެވުނީމާ ޤަބޫލުކުރެވެނީ ތިމާއަށް ހަމަ ހުރިހާ ކަންކަން އެނގިއްޖެ ކަމަށެވެ. އެހެން މީހެއްގެ ގާތުން އެނގޭނެ އިތުރުި ކަމެއް ނެތް ކަމަށެވެ.

"އެއްވެސް މީހަކު ތިމާއަށް ހުރިހާ ކަމެއް އެނގޭކަމަށް (ދީން ނުކިޔެވި ނަމަވެސް) ދީން ވެސް އެނގޭ ކަމަށް ބުނެ، ދީން އުނގަންނައިދޭން ނުއުޅޭށޭ ބުނާނަމަ އެއީ ޖާހިލުކަމުގެ ޢަމަލެކެވެ.

އެފަދަ މީހުން ފުރަތަމަވެސް ވީ ތިމާއަށް ނުއެނގޭކަމަށް ޤަބޫލުކުރާށެވެ. އެއަށްފަހު އޮތީ ދަސްކުރުމެވެ. ނުއެނގޭ ނަމަ މުހިންމީ ފަސާދަނުކޮށް ހަނުހުރުމެވެ."

4 މަޛްހަބުގެ އިމާމުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އިސްލާމް ދީނުގެ އެންމެ ބޮޑެތި އިމާމުންނާއި އެންމެ ބޮޑެތި ޢިލްމުވެރިން ވެސް އަވަހާރަވުމަށް ދާންދެން ގެންދެވީ އުނގެނިވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. ދުވަހަކުވެސް މިހުންނެވީ ހުރިހާ ކަންކަން އުނގެނިވަޑައިގެން ކަމަށާއި އިތުރަށް އުނގަންނައިދޭން މަސައްކަތް ނުކުރުމަށް ވިދާޅުވެފައެއް ނުވެއެވެ.

ކޮނުނުވަރަކަށް ފަސްގިނަވާ ފަދައިން ޢިލްމަކީ ޙާޞިލްކުރަން މަސައްކަތްކުރި ވަރަކަށް އިތުރުވަމުންދާނެ އެއްޗެކެވެ. އިސްލާމީ ބޮޑެތި ޢިލްމުވެރިން އެބޭކަލުންގެ މުޅި ޙަޔާތްޕުޅު ހޭދަކޮށްލެއްވެވީ އުނގެނިވަޑައިގަތުމުގައެވެ. މިހާރުހެން ފްލައިޓުގެ އަރާމު ގޮނޑިތަކުގައި ތިއްބަވައިގެނެއް ނޫނެވެ. ޖަމަލުމަތީގައާއި ފައިމަގުގައި ހިންގަވާފައި، އަދި ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތުމުން ފެންފޮދެއް ބައްލަވަމުން ކިތައް ހާސް މޭލަށް އެބޭކަލުން ދަތުރުފުޅު ކުރެއްވެވި ހެއްޔެވެ؟

މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ރަނގަޅު ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން