ބައިތުލް މަޤްދިސްގެ އަހުލުވެރިންގެ ކެކުޅުންތަކަށާ ގިސްލުންތަކަށާ ރުއިންތަކަށް ކޮންމެ މުސްލިމަކުވެސް އިޖާބަދޭން ޖެހޭނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ބައިތުލް މަޤްދިސްގެ އަހުލުވެރިންގެ ކެކުޅުންތަކަށާ ގިސްލުންތަކަށާ ރުއިންތަކަށް ކޮންމެ މުސްލިމަކުވެސް އިޖާބަދޭން ޖެހޭނެ-

މުސްލިމް އަޚުންނޭވެ! މި ބަރަކާތްތެރި މުޤައްދަސް (ބައިތުލް މަޤްދިސްގެ) ބިމުގެ މައްސަލަ، އިސްލާމީ އުންމަތުގެ ޤަޟިއްޔާއަކަށް ނުވާނީ ކިހިނެއްތޯއެވެ؟ އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ އެންމެ ޙުރްމަތްތެރި ތިން މިސްކިތުގެ ތެރެއިން ، އެއް މިސްކިތެވެ. އެއީ ދަތުރުކޮށް ބުރަ އުފުއްލައިގެން ވިޔަސް އެމިސްކިތަށް ދިއުމަށް އަންގަވާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. މިފަދަ މުޤައްދަސް ބިމަކަށް ކާފިރުން އަރައި، އެބިން ފޭރިގެންފިނަމަ، އެ ބިމުގެ އަހުލުވެރިންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަދޭން ޖެހޭނެއެވެ. އަދި އެބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންޖެހޭނެއެވެ. 

- މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން