ބައިތުލް މަދިސްގެ ތާރީޚުން އެނގެނީ އެއީ މުސްލިމުންގެ ތަރިކައެއްކަން- އެކަން އޮޅުވައެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބައިތުލް މަދިސްގެ ތާރީޚުން އެނގެނީ އެއީ މުސްލިމުންގެ ތަރިކައެއްކަން- އެކަން އޮޅުވައެއް ނުލެވޭނެ!

މުސްލިމް އަޚުންނޭވެ! ޤުދުސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީންނެވެ. ޢީސާ (عَلَيْهِ السَّلامُ) ދުނިޔެއަށް ވަޑައިގަތުމުގެ 3500 އަހަރު ކުރިން ފެށިގެން، ޢަރަބިން މިބިމުގައި އުޅެމުން ދަނިކޮށް، ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި، ޔަހޫޛާ ދަރިކޮޅުގެ މީހުން، މިބިމަށް އައިސް ބަނޑަހަޖެހިއެވެ. އަދި މިބިގައި، ދާވޫދުގެފާނާއި، ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި، މިއަދު އިސްރާއީލުން އަލްމަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުންދާ ދިޔުމަކީ، މިމާތް ޙަރަމްފުޅު ނެތިކޮށްލުމުގެ ނުބައި ނިޔަތުގައި، ބައިނަލްއަޤުވާމީ ހުރިހާ ޤަރާރުތަކަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 

މުސްލިމް އަޚުންނޭވެ! މީލާދީން 1099 ވަނައަހަރު، ޞަލީބީން ޤުދުސަށް އަރައި، އަމާންދީފައިވާ މުސްލިމުންގެ ތެރެއިން 70 ހާސް ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން ކަތިލިއެވެ. މި ޤަތުލުޢާއްމުގެ ސަބަބުން، ޤުދުސުގެ ސަރަޙައްދުގައިވަނީ ލޭގެ ކޯރު ހެދިފައެވެ. އަދި ޞަލީބީންގެ ސިފައިންގެ ވެރިޔާ ރީމޯންޑް، އަލްމަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނީ، ކަތިލާފައިވާ މުސްލިމުންގެ ހަށިތައް މަތީގައި ހިނގައިފައެވެ. އެމީހުން ޤުދުސްގެ މިސްކިތްތަކުގައި ބަންގި ގޮވުން މަނާކުރިއެވެ. ނަމަވެސް މުސްލިމުންގެ ހިތްވަރުގަދަ ބަޠަލު ޞަލާޙުއްދީނުލް އައްޔޫބީ 1187  ވަނަ އަހަރު، ޤުދުސް ފަތަޙަ ކުރެއްވުމަށްފަހު، ޢަމަލު ކުރެއްވީ އިސްލާމް ދީނުގެ އުޞޫލުތަކާ އެއްގޮތަށެވެ. އިންސާނީ ޙައްޤުތަކާ އެއްގޮތަށެވެ. އޯގާވެރި ވެރިއަކު ޢަމަލު ކުރާނެ ގޮތަށެވެ.

- މިއަދުގެ ޚުޠުބާއިން

މިއަދު އޮންލައިން