މުސްލިމު އަޚުންނޭވެ! ޤުދުސްގެ މަސްއަލައަކީ، އިސްލާމްދީނާ ވަކިނުކުރެވޭނެ މަސްއަލައެކެވެ. ޤުދުސަކީ މުސްލިމުންގެ ބިމެކެވެ. މިއަދު މުސްލިމުންގެ ގިނަބަޔަކަށް، ޤުދުސުގެ ނަން މެނުވީ ނޭނގޭކަހަލައެވެ. އިސްރާއީލާއި، ޞަހްޔޫނީ ލޮބީގެ އަޑުގަދަ ދުންމާރިއާއި، މީޑިއާގެ ސަބަބުން، އެއީ ޔަހޫދީންގެ ބިމެއް ކަމުގައި ސާބިތުކޮށް ދެވޭތޯ މަސައްކަތް ކުރިޔަސް، އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ. މުސްލިމުން، ޔަހޫދީންނާ ހަނގުރާމަ ކޮށް، އެމީހުންގެ މައްޗަށް ނަޞްރު ލިބޭނެކަމުގެ ހެޔޮ ޚަބަރު ކީރިތި ރަސޫލާ ﷺ ދެއްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ( تُقَاتِلُوْنَ الْيَهُوْدَ حَتَّى يَخْتَبِيْئَ أَحَدُهُمْ وَرَاءَ الْحَجَرِ فَيَقُوْلُ يَا عَبْدَ اللهِ الْمُسْلِمَ، هَذَا يَهُوْدِيٌّ وَرَائِيْ فَاقْتُلُهُ) 4 މާނައީ: " ޔަހޫދީ މީހާ ހިލަގަނޑުގަނޑުގެ ފަހަތަށް ވަދެ، ފިލައި އޮންނަ ޙާލަތަށް ދާނދެން ތިޔަބައިމީހުން ޔަހޫދީންނާ ހަނގުރާމަ ކުރާނެތެވެ. އެ ހިލަގަނޑު ބުނާނެތެވެ. އޭ ﷲ ގެ މުސްލިމު އަޅާއެވެ! އަހުރެންގެ ފަހަތުގައި ފިލައި މިއޮތީ ޔަހޫދީއެކެވެ. ފަހެ އޭނާ ޤަތުލު ކުރާށެވެ!"
މުސްލިމް އަޚުންނޭވެ! ފަލަސްޠީނުގެ ކަންކޮޅުތަކުގައި ތިބި މުސްކުޅިންނާއި ހުވަފަތް ވެފައިވާ އަންހެނުންނާއި، ޔަތީމުވެފައިވާ ކުދިންނާއި، ކިރުބޯކުދީންގެ ކެކުޅުންތަކާއި ގިސްލުމުގެ އަޑު އަޅުގަނޑުމެން އަހަން އެބަޖެހެއެވެ. އެ އަޑުތައް މުޖުތަމަޢަށް އިއްވަން އެބަޖެހެއެވެ. އެބައިމީހުންގެ އުދާސްތައް ފިލުވައި، އެބިމުގެ އަހްލުވެރިންގެ ޝުޢޫރުތަކާއި ޖަޒްބާތުތަކަށް އިޙްތިރާމް ކުރަންޖެހެއެވެ. އެހެންކަމުން
ފަލަސްޠީނު މައްސަލާގައި ޙަޤީޤަތް ވީހާވެސް ގިނަ ބަޔަކަށް އަންގައިދީ އެ މައްސަލާގެ ސާފު މަޢުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. މިކަމުކަމުގައި މީޑިއާއިން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
- މިއަދުގެ ޚުޠުބާއިން