އަޅުގަނޑުމެންނަށް ޢާންމުކޮށް ފެންނަ މަންޒަރު ވަރަށް ރީއްޗެވެ! ދަރިން ގޮވައިގެން ސްޫލްދޮށަށް ދެކޮޅަށް ހިނގައެވެ. ސްކޫލުގެ އެކި ކަންކަމަށް ގެންގޮސްދެއެވެ. ވަރަށް އުފާވެރި މަންޒަރެކެވެ! އެހެނަސް ހިތާމައަކީ ބާލިޣްވުމުން އިމެއް ނެތި މިނިވަންކަން ދެވޭކަމެވެ. އެކުވެރިންނާއިއެކު ބޭނުންތަނަކަށް ގޮސް ބޭނުން އިރެއްވަން ދެން އުލުމުގެ މިނިވަންކަން ދެވޭކަމެވެ.
އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވަވާފައިވަނީ އެއްވެސް ބައަކަށް ނުދެއްވަވާފަދަ ރައްކައުތެރިކަމެކެވެ. ނަމަވެސް އެކުދިން މި ރައްކައުތެރިކަމުން މަޙްރޫމް ކުރުވުމުގެ އަސްލަކީ ދީނުގެ އުސޫލުތަކާއި ބީރައްޓެހިކުރުވުމެވެ. ވީމާ ކޮންމެ ފަރުދަކުވެސް ދަރިން އިސްލާމީ ތަރުބިއްޔަތުގެމަތީގައި ތަރުބިއްޔަތުކުރައްވާށެވެ!
ޢިލްމުވެރިއަކު ވިދާޅުވެފައިވާ މި ބަސްފުޅުގެ ދަލީލަކީ ޤާނޫނުގައި ބުނާ އުމުރުގެ ކުޑަކުދިން ހިލޭ ފިރިހެނުންނާއިއެކު މަގުމަތީގައި ހާމައަށް އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ކުރަމުން ގެންދާ ކަމެވެ. ގިނަފަހަރު ގެއިން ނުކުންނަނީ އެކުވެރި އަނހެން ކުއްޖަކާއިއެކުގައެވެ. ވަކި ހިސާބަކުން ނުވަތަ ވަކިތަނަކަށް ދެވުމުން ފެންނަނީ ފިރިހެނުންނާއިއެކުގައެވެ.
މިފަދަ ކަންކަން ކުރަނީ މިނިވަން ފިކުރުގެ ކުދިންކަމަށްވުމުން އެކަންކަމާއިމެދު ކަންބޮޑުވެގެން އެއްވެސް މުއައްސަސާއަކުން ވާހަކަ ދައްކާ އަޑެއް ނުއިވެއެވެ. އަދި އެފަދަ ކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތެއްވެސް ނުފެނެއެވެ. އެފަދަ ކަންކަން ކުރާ ކުދިން ވެފައި އޮންނަނީ ގަޓުހުރި ކުދިންނަށެވެ. ނަމަވެސް ބަލިވެ އިނދެއްޖެ ނަމަ އެކަން ވެފައި އޮންނަނީ ކޮންމެވެސް މީހަކު ކުރި އަނިޔާއަކަށެވެ. ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި އެކަނި އުޅޭ ކުދިން ފެނުމުން އެކުދިންނަކީ މައިން ބަފައިން ނެތް ކުދިން ކަމާއިމެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.
ގެސްތް ހައުސްތަކަށް ކުޑަ އަންހެން ކުދިން ފިރިހެނުންނާއިއެކު ގޮސް އެމީހުންގެ ކޮޓަރިއަށް ވަދެއުޅުމުގެ މައްސަލަތައް ޖެހޭކަން ފުލުހުން ދަނީ ހާމަކުރަމުންނެވެ. އެ ފިރިހެނުންނަކީ މިނިވަން، އޯގާތެރި ފިކުރުގެ މީހުން ކަމަށްވުމުން އެކަމުގެ ވާހަކަ އެއްވެސް މުއައްސަސާއަކުން ދެއްކިކަން އެނގޭކަށް ނެތެވެ.
އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވަވާފައިވަނީ އެއްވެސް ބައަކަށް ނުދެއްވަވާފަދަ ރައްކައުތެރިކަމެކެވެ. އެ ރައްކައުތެރިކަން ހުރިހާ މާނައެއްގައި ހޯދައި ދެވިގެން މެނުވީ މިހާރު ކުރިމަތިވެފައި މިވާ ޙާލަތުން މުޖުތަމައު ސަލާމަތްކުރެވިދާނެބާވައެވެ!
ލޮބުވެތި މައިންބަފައިންނޭވެ! އަނހެން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމުން އެކަން ﷲ ތަޢާލާ ލައްވަވަނީ ތިބާ ނަރަކައިން ސަލާމަތްކޮށްދޭ އައްދަނައެއްގެ ގޮތުގައިކަން ނުއެނގޭ ބެލެނިވެރިއަކު ނުހުންނާނެއެވެ! ކޮންމެ ގޮތަކުން ނަމަވެސް އެއައްޑަނަ ލިބިގަންނާށެވެ!