އެކަކު އަނެކަކަށް ދީނުގެ ކަންކަން ހަނދާންކޮށްދިނުމަކީ ﷲ ގެ އަމުރުފުޅެކެވެ! ޘަވާބު ދެއްވަވާ އަޅުކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެކަކު އަނެކަކަށް ދީނުގެ ކަންކަން ހަނދާންކޮށްދިނުމަކީ ﷲ ގެ އަމުރުފުޅެކެވެ! ޘަވާބު ދެއްވަވާ އަޅުކަމެކެވެ!

ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވާފައި ނަމަވެސް، ދީނުގައި އައިސްފައިވާ ކަންތައްތައް އެކަކު އަނެކަކަށް ހަނދާންކޮށްދިނުމަކީ އެކަމުން މުއުމިނުންނަށް ލާބައާއި މަންފާ ކުރާނެ ކަމަކަށްވާތީ ﷲ ތައާލާ ވަނީ ހަނދުމަކޮށްދިނުމަށް އަމުރުފުޅުކުރައްވަވައިފައެވެ. ވީމާ ބައަކު ކިތަންމެ ރުޅި އައިނަމަވެސް އެކަން ހުއްޓުވައެއް ނުލެވޭނެއެވެ. އިން ޝާ ﷲ! އަދި ހުއްޓާލައިގެންވެސް ނުވާނެއެވެ.

އައްޛާރިޔާތުގެ 55 ވަނަ އާޔަތެވެ!

" ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." (އައްޛާރިޔާތު: 55)

ﷲ ތައާލާގެ މިފަދަ އަމުރުފުޅުތަކަކީ ޢަބްދުﷲގެފާނުގެ ދަރިކަލުން މުޙައްމަދު ރަސޫލް (ﷺ) ގެ މައްޗަށް އެކަނި ކުރައްވަވާފައިވާ އަމުރުފުޅުތަކަށް ނުހެދޭނެއެވެ. މިއީ އެންމެހައި މުއުމިނުންގެ މައްޗަށް ކުރައްވަވާފައިވާ އަމުރުފުޅުތަކެކެވެ. ތަންފީޒު ކުރެއްވެވުމަކީ ދީނީ ޢިލްމުވެރިންގެ މައްޗަށް ބޮޑުވެގެންވާ ވާޖިބެކެވެ. އަދި އެންމެހައި މުސްލިމުންގެ މައްޗަށްވެސްމެއެވެ.

އެކުވެރިންގެ ތެރެއިންވެސް އެންމެ ހެޔޮކަންބޮޑު މީހަކީ ގިނަގިނައިން ހެޔޮ ޢަމަލުކުރަން ހަނޑާންކޮށްދޭ މީހާއެވެ! އެފަދަ މީހުންނާއި އެކުވެރިކަން ބަދަހިކުރާށެވެ! ނުބައި ވަސްވާސްދޭ ޝައިޠޯނުންނާއި ދުރުހެލިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން