ސ: ރޭގަނޑު ގަބުރުސްތާނު ފެނުމާ، ނިދަން އުނދަގޫވުމާ، ނޫނީ އަނދިރި ތަންތަން ފެނުންމީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ދެން ތިބުނުއްވާގޮތަށް ރޭގަނޑު ނިދަން އުނދަގޫވުމާ، ސަހަރާ ފެނުމާ އެކަހަލަ ކަންތައްތައް މެދުވެރިވާކަމުގައި ވަނީނަމަ އެންމެ ރަނގަޅުވާނީ ރުޤްޔާ ކުރައްވާ ބޭފުޅެއްގެ ލަފައެއް ހޯއްދެވިއްޔާ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ޙާލަތުގައި ޑޮކްޓަރުންގެ ލަފާ ހޯދާލުމަކީވެސް ކޮށްލަން އެންމެ ރަނގަޅު ކަމެކެވެ. އެއީ ޙަޖަމްގެ މައްސަލަ (ބޮޑުކަމު ނުދެވޭނަމަވެސް) ހަށިގަނޑުގައި ނުބައި ގޭސް އިތުރުވެ ސިކުނޑިއަށް އާދައާ ޚިލާފް ކަންކަން އިޙްޞާޞް ކުރެވެއެވެ. އަދި އެކަމުގެ އަސަރު އެކި ގޮތްގޮތުން ނިދީގައިވެސް ކުރެއެވެ.
ހަމަ އެއާއިއެކު ނިދުމުގެ ކުރިން ކަންކަން ކުރަން ސުންނަތުގައި އޮތް މަގުން ކަންކަން ކޮށްގެން ނިދުމަށް ވެސް ބާރުއަޅޫއްވައެވެ. މިމޭރުމުން ވިދާޅުވާ ޢިލްމުވެރިންގެތެރޭގައި މުފްތީ މެންކްވެސް ހިމެނިވަޑައިގަންނަވައެވެ.