ބައިނަލްއަޤްވާމީ ޤުދުސް ހަފްތާ: ޢީސާގެފާނު ދައްޖާލު ޤަތުލުކުރައްވަވާނީ ބައިތުލް މަޤްދިސް ކައިންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ބައިނަލްއަޤްވާމީ ޤުދުސް ހަފްތާ: ޢީސާގެފާނު ދައްޖާލު ޤަތުލުކުރައްވަވާނީ ބައިތުލް މަޤްދިސް ކައިންނެވެ!

ޢީސާ ބުން މަރްޔަމް عليه السلام ގެ އަތްޕުޅުން ދައްޖާލު ޤަތުލުވާނީ ބައިތުލް މަޤްދިސްގެ ކައިރީގައިއެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

«يَقتُلُ ابنُ مَرْيَمَ الدَّجَّالَ بِبِابِ لُدٍّ» [رواه مسلم 2937]

މާނައީ: "މަރްޔަމްގެފާނުގެ ދަރިކަލުން، ދައްޖާލު ޤަތުލު ކުރައްވާނީ "ލުއްދު"އަށް ވަންނަ ދޮރޯށި ކައިރިންނެވެ." 

"ލުއްދު"އަކީ ބައިތުލް މަޤްދިސްގެ ކައިރީގައިވާ ތަނެކެވެ. 

- އަލް އުޚްތު އުންމު ޢަބްދިﷲ

(މިލިޔުމަކީ މިމަހުގެ 25 އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)

 

 

މިއަދު އޮންލައިން