އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ.
ބަރާއު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
«أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى إِلَى بَيْتِ المَقْدِسِ سِتَّةَ عَشَرَ شَهْرًا، أَوْ سَبْعَةَ عَشَرَ شَهْرًا» [رواه البخاري 4486 – واللفظ له – ومسلم 525]
މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم 16 ނުވަތަ 17 މަހު، ބައިތުލް މަޤްދިސްއަށް ކުރިމަތިލައްވާ ނަމާދުކުރެއްވިއެވެ."
ބައިތުލް މަޤްދިސްއަކީ ވަޙީ ބާވައިލެއްވުނު ބިމެކެވެ. އެއީ އެތައް ނަބީބޭކަލުންނެއް އުޅުއްވި ރަށެވެ.
- އަލް އުޚްތު އުންމު ޢަބްދިﷲ
(މިލިޔުމަކީ މިމަހުގެ 25 އިން މާރިޗް މަހުގެ 4 އަށް މުޅި ދުނިޔޭގައި ބައިނަލްއަޤްވާމީ އަލް ޤުދުސް ހަފްތާގައި މިއަދުނޫހުން ބައިވެރިވުމުގެ ގޮތުން ޝާއިޢުކުރާނެ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.)
