ރަސޫލް ﷺ ގެ ހަށިކޮޅަށް ގެއްލުންދޭން ޤުރައިޝުން ކުރާ ކަންކަން ހުއްޓުވަން ޢަލީގެފާނު މަސަކަތްޕުޅުކުރެއްވެވިކަން ބަޔާންކުރަމުން ގޮސް ޝިޢީ އިމާމަކު ބުނެފައެވެ.
Whenever a kid tried to attack the Prophet (s) he would strike them on their faces, and noses and ears and send them home crying. Source: Tafsir Al-Qummi, v. 1, p. 114
މިއީ ޤަބޫލުކުރަން ހެޔޮވާނެ ވާހަކަތަކެއް ނޫނެވެ. ޢަލީގެފާނަކީ ކުޑަކުދިންގެ މޫނާއި ނޭފަތާއި ކަންފަތަށް އަނިޔާ ކުރައްvaވާނެ ބޭކަލެއް ނޫންކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ.
އެއްބައި ތެދެވެ. ޤުރައިޝުން ކުޑަކުދިން ލައްވައި ރަސޫލް ﷺ އަށް އެކި ގޮތް ގޮތުން ގޯނާކުރުވިއެވެ. ގައުއުކުން ފަދަ ކަންކަން ކުރުވައި ހަށިކޮޅަށް އަނިޔާވެސް ކުރުވިއެވެ. އެކަންކަމުން ރަސޫލް ﷺ ގެ ހަށިކޮޅު ސަލާމަތްކުރައްވަން ޞަޙާބީން މަސައްކަތްޕުޅު ކުރެއްވެވިއެވެ. ނަމަވެސް އެއްވެސް ޞަޙާބީއަކު މިފަދަ ގޮތަކަށް ކުޑަކުދިންނަށް އަނިޔާކުރައްވަވާނެކަމަށް ޤަބޫލުކުރަން ހެޔޮނުވާނެއެވެ.
ޔަޤީންވާކަމަކީ ކުޑަކުދިންނަށް އެފަދަ އަނިޔާއެއް ކުރައްވަން ރަސޫލް ﷺ ރުހިވޮޑިނުގަންނަވާނެ ކަމެވެ. ވީއިރު އެއީ ބުއްދި އަށް ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫނެވެ!