މައިންބަފައިން ދަރިންނަށް ބަދުދުބަސްބުނެ ބަދުދުޢާކޮށްފައިވާނަމަ އެކަމުން ސަލާމަތްވާން ކުރަން އޮތީ ކޮންކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
މައިންބަފައިން ދަރިންނަށް ބަދުދުބަސްބުނެ ބަދުދުޢާކޮށްފައިވާނަމަ އެކަމުން ސަލާމަތްވާން ކުރަން އޮތީ ކޮންކަމެއްތޯ؟

ސުވާލު: އަޅުގަނޑުމެން ކުރީގައި ކުޑައިރުގައި މައިންބަފައިން މިސާލަކަށް އަޅުގަނޑުމެން ގޯސްކޮށް އުޅޭއިރުގައި އެބަހުރި ބުނެފަ މިކުއްޖާ ނުވާނޭ ދުވަހަކުވެސް ރަނގަޅެއް، މިމޭރުމުން ވާހަކަ ދައްކާފައި އޭގެ އަސަރު ކުރާނެތޯއޭ ކުއްޖާއަށް؟ އެކަމުން ސަލާމަތްވާން ކުރަން އޮތީ ކޮންކަމެއްތޯ؟

ޖަވާބު: އާދެ! މައިން ބަފައިންގެ ބަދު ދުޢާ އެއީ ހަމަކުއްޖާއަށް ޖެހުން އެކަށީގެންވާ ކަމެއް އިނގޭތޯ. ދެން މިސާލަކަށް މައިން ބަފައިން އަދި ކޮންމެ ނިޔަތެއްގައި ކަމުގައިވީނަމަވެސް މީނާ ދުވަހަކުވެސް ރަނގަޅެއް ނުވާނޭ އެހެން ބުނެފައި އޮތްކަމުގައި ވަނީނަމަ އެބުނުމަކީ އެއީ ރަނގަޅު ބުނުމެއްނޫން. 

ދެން އެހެން ނަމަވެސް މިސާލަކަށް  އަދި މައިން ބަފައިން އެގޮތަށް ބުނެފައި އޮތިއްޔޭ ކިޔާފައި އެމީހުންނަށް އެއްޗެހި ގޮވާ އެކަހަލަ ކަންތައްކޮށްގެން އެކަމުގެ ޙައްލެއް ނުވެއްލިބޭނެ. އެކަމުގައި ޙައްލު ލިބޭނޭގޮތަކީ މައިން ބަފައިންނަށް ވީހާވެސް ހެޔޮކޮށް ކަންތައް ކޮށްދީ އަދި އެފަދަ ކަމެއް ޖެހިފައިވާކަމުގައި ވާނަމަ އެކަންތައް ތަކުން ޝިފާ ދެއްވުން އެދި ﷲ ގެ حضرة ގައި ދުޢާ ދެންނެވުން އެއީ ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަކަން. ﷲ ކުޅަދުންވަންތަވެ ވޮޑިގެން ނުވާ އެއްވެސް ކަމެއް ނުވޭ. 

އެހެންވީމާ، ﷲ ގެ حضرة ގައި އަޅުގަނޑުމެން ދަންނަވަންވީ، އަޅުގަނޑުމެންނަށް ދިމާވެފައިވާ އެފަދަކަމެއް އޮތްކަމަށްވަނީނަމަ އެކަންތައްތައް ފިއްލަވާ ދެއްވުމަށް އެދި ގިނަގިނައިން ﷲ ގެ حضرة ގައި ދުޢާ ދަންނަވަންވީ. އޭރުން އެކަން ރަނގަޅުވާނެ إنْشَاء الله. 

އެކަމަކު މިސާލަކަށް އޭގެ ބަދަލުގައި މައިން ބަފައިންނާ ދިމާލަށް މަންމަ ނުވަތަ ބައްޕަ ތިމަންނަ ކުޑައިރު މިހެން ބުނެފަ ހުރީމަ އެހެންވެގެންނޭ ތިމަންނައަށް މިހެންވެގެން މިއުޅެނީ ތިމަންނަ ދެން ރަނގަޅެއް ނުވާނޭ ކިޔާފައި އެގޮތަށް ކަންތައް ކުރީމާ އެކުރެވޭ ކަމަކީ އެއީ ﷲ ރުހިވޮޑިގެންނުވާ ކަމެއް އަނެއްކާ އެކުރެވެނީ. 

ސަބަބަކީ ﷲ سُبْحَانَه وَتَعَالَى ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއް  މައިން ބަފައިންނަށް އިޙްސާން ތެރިވުން މައިން ބަފައިންނަށް ކަމޭހިތުން މައިން ބަފައިންނަށް އިޙްތިރާމް ކުރުން އެހެންވީމާ އެކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރުމަކީ އެއީ ކޮށްގެން ވާނެކަމެއް ނޫން. އެފަދަ ކަމަކުންކަމެއް ކޮށްފިކަމުގައިވާނަމަ އޭނަ ﷲ ގެ حضرة ގައިކުރާ ދުޢާ އިޖާބަ ކުރެއްވުން އެއީ ލަސްވުން އެއީ އެކަށީގެންވާ ކަމެއް.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން