ދަމުނަމާދުގެ ދެރަކްޢަތުން ސަލާމް ދެމުން ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟ އަދި އޭގެ ފަހުން ވިތްރީގެ ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ދަމުނަމާދުގެ ދެރަކްޢަތުން ސަލާމް ދެމުން ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟ އަދި އޭގެ ފަހުން ވިތްރީގެ ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. ދަމުނަމާދުގެ ދެރަކްޢަތުން ސަލާމް ދެމުން ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟ އަދި އޭގެ ފަހުން ވިތްރީގެ ހަތަރު ރަކްޢަތް ކުރެވިދާނެތޯ؟  

ޖަވާބު:. އާދެ! ދަމުނަމާދުގައި ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންގޮއްސަ ހަމަ ކިތަންމެ ބައިވަރު ރަކްޢަތެއްވެސް ކުރެވިދާނެ. ވަކި ޢަދަދެއް ކަނޑައެޅިފައެއް ނެތް. އެހެންވީމާ ކުރާނީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުން އެގޮތަށް ކުރަމުންގޮސް ހަމަ ބޭނުންވަރަކަށް ކުރަންވީ.  

ވިތުރީގެ އިންނާނީ އޮނަހިރި ޢަދަދެއް އެހެންވީމާ އެއީ އެކެއް، ތިނެއް، ފަހެއް، ހަތެއް، ނުވައެއް، އެގާރަ އެގޮތަށް ވިތުރީގައި ހަތަރު ރަކްޢަތެއް ނީންނާނެ. ވިތުރީގައި އިންނާނީ މިދެންނެވިހެން އޮނަހިރި ޢަދަދަކަށް ރަކްޢަތްތައް. 

- ޖަވާބު ދެއްވީ: ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން