ސުވާލު:. ބައެއްމީހުން ސުންނަތާ އެއްގޮތަށް ތުނބުޅި ބަހައްޓާފައި ތިބޭ މީހުންނަށް ވައްހާބީއޭ ކިޔާ މަލާމާތްކޮށް ފުރައްސާރަ ކުރާތަން އެބަފެނޭ! މީ رسول الله ﷺ އަށް ފުރައްސާރަ ކުރުންކަމަށް ބެލެވިދާނެތޯ؟
ޖަވާބު:. އާދެ! رسول الله ﷺ ގެ ސުންނަތެއް ދިރުވުމަށް މީހަކު މަސައްކަތް ކުރަމުން ދާއިރު އެމީހަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ އެއީ رسول الله ﷺ އަށް ކުރެވޭ ފުރައްސާރައަކަށް ވެގެން ދާނެ އެހެންވީމާ ވަރަށްނުރައްކާތެރި ކަމެއް ޙަޤީޤަތުގައި އެ މީހުންނަށް އެކުރެވެނީ! އެމީހުންނަށް އެކަމުގެ ނުރައްކާތެރިކަން ނޭންގި އެއީބޮޑުކަމެއްކަމަށް ނޭންގި އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކިގެން އެކަންތައްތައް ކުރެވޭ ކަންތައް އެއީ ޙަޤީޤަތުގައި ވަރަށް ނުރައްކާތެރި ކަމެއް! އެކަމުން އަޅުގަނޑުމެން ދުރުހެލިވެ ރައްކާތެރިވެ ސަލާމަތްވާން ޖެހޭނެ ކަމެއް އެކަމަކީ.
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް