ސުވަރުގެ އިން ގިނަ ގަނޑުވަރުތަކެއް ފަސޭހައިން ހޯދުމުގެ ފުރުޞަތު އޮތް ޢަމަލެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސުވަރުގެ އިން ގިނަ ގަނޑުވަރުތަކެއް ފަސޭހައިން ހޯދުމުގެ ފުރުޞަތު އޮތް ޢަމަލެއް-

ދެބަސްވުމާއި ޒުވާބުކުރުމަކީ ވަރަށް ޢާންމުކަމެކެވެ. އެކި މީހުން އެކަން ކުރަނީ އެކި ގޮތަށެވެ. އެއްބައަކު އަޑުގަދަކުރާއިރު އަނެއް ބައަކު މަޑުމަޑުވެސް ކުރެއެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ ބައެއް ފަހަރު ޒުވާބު ހޫނުވެ ނުބައިބަސްތައްވެސް ބުނެވެއެވެ. ބައެއްފަހަރު ގައިގަ އަތްލައިވެސް ހަދައެވެ. ތަލާފޮޅުމަކަށްވެސް ބަދަލުވެއެވެ.

ތިމާ ހުރީ ޙައްޤު ގޮތުގައިކަން ނުވަތަ ތިމާ ކަންކަން ކުރީ އިންޞާފުންކަން އަންގައިދޭން ވެސް ޒުވާބު ނުކޮށް ދޫކޮށްލައިފިނަމަ އެމީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެކަން ރަސޫލް (ﷺ) ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

Prophet Muhammad ﷺ said:

I guarantee a house in jannah for someone who gives up arguing, even if he is right.

Mu'jum al kabeer - 7488

މި ޙަދީޘްފުޅުން އެނގިގެންދަނީ ދެބަސްވެ ޒުވާބުކުރުމާ އަރައިރުންވުމުގެ ހުރި ނުބައި ކަމެވެ. އަދި އެކަންކަން ނުކޮށް ދޫކޮށްލުމުން ދެއްވަވާނެ މަތިވެރި ނިޢްމަތެވެ. ހިތާމައަކީ އެންމެ ކުޑަވެގެން ޢާއިލާ ތެރޭގައިވެސް ކުދިކުދި ކަންކަމަށް ދެބަސްވެ ބޮޑެތި ޒުވާބުތައް ކުރެވޭ ކަމެވެ. އެކަމުގެ ސަބަބުން ބޮޑެތި ފިތުނަތައް އުފެދިގެންދާ ކަމެވެ.

ވިސްނައިލާށެވެ! މުހިންމީ ޒުވާބުކޮށް، އަރައިރުންވެގެން ކުރި ހޯދުމުން ލިބޭނެ ހިތްހަމަޖެހުން ހެއްޔެވެ؟ ނޫނީ ސުވަރުގެއިން ގަނޑުވަރެއް ދެއްވެވުމުން ލިބޭނެ މަތިވެރި ނިޢްމަތާއި އުފާވެރިކަން ހެއްޔެވެ؟ މިކަންކަމަށް ވިސްނާ މީހަކުވެސް އެއްވެސް މީހަކާ ޒުވާބެއް ނުކުރާނެއެވެ. ޙައްޤު ބަސް ބުނެފައި ހަނުހުންނާނީއެވެ.

ޒުވާބުކޮށްގެން މީސްތަކުންގެ ކުރިމަތީގައި ތިމާއަށް ކުރިއެރުމެއް ލިބުނު ނަމަވެސް އެކަމުގެ ސަބަބުން ލިބެން އޮތް ކަމަކަށްވުރެ ސުވަރުގެއިން ގަނޑުވަރެއް ލިބުމުން ކުރާން ފައިދާ މާބޮޑުވާނެކަން ހިތްމަތީގައި އަބަދުވެސް ބާއްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން