ސުއްނަތް ނަމާދާއި ސުންނަތް ރޯދަ ނުހިފާ ދޫކޮށްލައިފިނަމަ ސުންނަތާ ޚިލާފުވިކަމަށް ނުވަތަ ސުންނަތަށް ޢަމަލު ނުކުރާ މީހެއްކަމަށް ބެލެވިދާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސުއްނަތް ނަމާދާއި ސުންނަތް ރޯދަ ނުހިފާ ދޫކޮށްލައިފިނަމަ ސުންނަތާ ޚިލާފުވިކަމަށް ނުވަތަ ސުންނަތަށް ޢަމަލު ނުކުރާ މީހެއްކަމަށް ބެލެވިދާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސ. ސުއްނަތް ނަމާދު ނުވަތަ ސުންނަތް ރޯދަ ނުހިފާ ދޫކޮށްލައިފިނަމަ ސުންނަތާ ޚިލާފުވިކަމަށް ނުވަތަ ސުންނަތަށް ޢަމަލު ނުކުރާ މީހެއްކަމަށް ބެލެވިދާނެތޯ؟ 

ޖ. ނޫން އެއްގޮތަކަށްވެސް ސުންނަތް ރޯދަ ނުހިފުމަކީ އެއީ ސުންނަތާ ޚިލާފުވުންކަމަކަށް ނުބެލެވޭނެ، ސަބަބަކީ ސުންނަތް ރޯދަ ހިފުމަކީ އެއީ ސުންނަތެއް، ވާޖިބެއް ނޫން، އެހެންވީމާ އެކަން ކޮންމެހެން ނުކުރުމަކުން އެމީހާ ފާސިދުވާފަދަ ކަމެއްނޫން އެކަމަކީއެއް. 

- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ފަރުޟޫ ކަންކަމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެކެވެ. ސުންނަތް އަޅުކަން ކުރުމުން އަންގައިދެނީ އެމީހަކު ﷲ ތަޢާލާ ގެ ރުހިވޮޑިގަތުން ހޯދަން ދަހިވެތިވެފައިވާ މިންވަރެވެ. ﷲ ތަޢާލާގެ ރުއްސެވުން ލިބުމަށް ބޭނުންވެފައިހުރި މިންވަރެވެ.  

ފަރުޟު ނަމާދުތައް ކުރިނަމަވެސް އެއިގެ ތެރެއިން ޤަބޫލުފުޅު ކުރައްވަވާނީ ކިތައް ނަމާދުކަމެއް ނުއެނގޭނެއެވެ. އެކަން އެނގޭނީ ޙިސާބު ބައްލަވާ ވަގުތުގައެވެ. ސުންނަތް ނަމާދުތައް ކޮށްފައި ހުރުމަކީ ފަރުޟު ނަމާދުތަކުން އުނިވާބައި ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެ ކަމެކެވެ.  

ހަމަ އެއާއިއެކު ސުންނަތް ރޯދަތައް ހިފުމާއި ސުންނަތް ނަމާދުތައް ކުރުމަކީ އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވާނެ ކަމެކެވެ. އިން ޝާ ﷲ އަދި އެމީހާއަށް ހެޔޮގޮތްތައް މިންވަރު ކުރައްވަވާނެ ކަމެއްވެސް މެއެވެ. އަދި ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމާއި ސުންނަތް ރޯދަ ހިފުން ގިނަކުރުމަށް ރަސޫލް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ. 

މިއަދު އޮންލައިން