1- ފަތިސްނަމާދަށް ފަހުން ހޭލެވޭ ރޭރޭ ޛިކުރުކުރުންމަތީގަ އިނދެފައި އިރު ލޮންސިއަކަށް އެރުމުން ޞުޙާ ނަމާދުކުރެވިދާނެތޯ؟
- ޖަވާބު: ކުރެވިދާނެއެވެ.
2- ފަތިސްނަމާދަށް ފަހުން ހޭލެވޭ ރޭރޭ ޛިކުރުކުރުންމަތީގަ އިނދެފައި އިރު ލޮންސިއަކަށް އެރުމުން ޞުޙާ ނަމާދުކޯށްފިނަމަ ޙައްޖާއި ޢުމްރާއެއްގެ ޘަވާބު ދެއްވަވާނެތޯ؟
- ޖަވާބު: (ޙަދިޘްފުޅާއި ޚިލާފްވާތީ) އޮތީ އުންމީދުކުރުމެވެ.
3- ގަތިސްނަމާދަށްފަހު ޛިކުރުކުރަން އިންނަ މީހާ ޛިކުރުންމަތީގަ އިރުއަރައި 7، 8 ޖަހަންދެން އިނދެފައި ޟުޙާ ނަމާދުކުރެވިދާނެތޯ؟
- ޖަވާބު: ކުރެވިދާނެއެވެ. (ކޮންމެހެން އިރު ލޮންސިއަކަށް އަރާއިރަށް ޟުޙާނަމާދުކުރާކަށް ނުޖެހެއެވެ. ބޭނުންމީހާއަށް ޛިކުރުކުރުމުގެ ވަގުތު ދަންމާލާފައިވެސް ޟުހާ ނަމާދުކުރެވޭނެއެވެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޙަދީޘްފުޅުގައި އޮތީ ޖަމާޢަތުގައި ފަތިސް ނަމާދުކޮށްގެން ޛިކުރުކުރުން މަތީގައި އިނދެ އިރު އެރުމުން ޟުޙާ ނަމާދުގެ ދެ ރަކްޢަތްކޮށްފި މީހަކަށް ޙައްޖާއި ޢުމްރާއެއްގެ ފުރިހަމަ ޘަވާބު ދެއްވަވާނެ ކަމަށެވެ.
Al-Tirmidhi narrated that Anas ibn Maalik (may Allaah be pleased with him) said: The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever prays Fajr in congregation then sits remembering Allaah until the sun rises, then prays two rak’ahs, will have a reward like that of Hajj and ‘Umrah.” He said: The Messenger of Allaah (peace and blessings of Allaah be upon him) said: “In full, in full, in full.”
This hadeeth was classed as hasan by al-Albaani in Saheeh al-Tirmidhi.
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/100009/the-virtue-of-staying-in-the-mosque-after-fajr-prayer