ސުވާލު:. އިސްލާމީ ޤައުމެއްގައި އިސްލާމީނިޒާމާ އަދި އެދީނުގެ ޝަރީޢަތް ޤާއިމް ކުރުމަކީ ލާޒިމް ކަމެއްތޯ އަދި ވެރިންނާ ރައްޔިތުން ފާފަވެރި ވާނެތޯ؟
ޖަވާބު:. އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް އިނގޭތޯ ރައްޔިތުން ވެރިންނަށް ތިއްބަވާ ބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން އެކަމަށް ބާރުއަޅާ އެކަން ހަނދާންކޮށްލަދީ ކަންތައް ކުރުމަކީ ހަމަ ކުރަންޖެހޭނެ ކަމެއް ދެން އެ ޙުކުމް ތަންފީޒް ނުކުރުމުގެ ސަބަބުން އެއީކީ ރައްޔިތުން ފާފަވެރި ވާނެކަމެއް ނޫން. އެކަމުގެ ސަބަބުން ފާފަވެރި ވަންޏާ ވާނީ އެ ޤައުމު ހިންގުމާ ޙަވާލުވެތިއްބަވާ ބޭފުޅުން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް