އިސްލާމްވެވަޑައިގަތުން:
ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ބައިފުޅަށް السّيّدة ريحانة ނަންގަވައި އެކަމަނާއަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވިއެވެ. އެކަމަނާ އިސްލާމްވެވަޑައިގެންފިނަމަ އިތުރު އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގަންނަވާނެ ކަމުގައި ޙަދީޘް ކުރެއްވިއެވެ. السّيّدة ريحانة އެކަމަނާގެ ޤަތުލުވެދިޔަ ފިރިކަލުންދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. އެހެންކަމުން އެންމެ ފުރަތަމަ އެކަމަނާ އިސްލާމްވެވަޑައިގެންނެވުމަށާއި އިތުރު އެކަލޭގެފާނުގެ ހުށައެޅުއްވުމަށް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަމަނާގެ ޚިޔާލުފުޅު ބަދަލުވެ އިސްލާމްވެވަޑައިގެންނެވިއެވެ. އެ ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ފޮނުއްވިއެވެ.
السّيّدة ريحانة رضى اللّـه عنــها އިސްލާމްވެވަޑައިގެންނެވި ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނު އިންނެވީ ޞަޙާބީންގެ މަޖްލިސެއްގައެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނު މިންނެތްފަށުން އުފާފުޅު ކުރެއްވިއެވެ. ކުފުރުގެ އަނދިރިކަމުގެ ތެރެއިން، އީމާންކަމުގެ އަލިކަމުގެ ތެރެއަށް އެކަމަނާއަށް ނުކުމެވަޑައިގެންނެވުނު ކަމަށްޓަކައެވެ.
މާތް ރަސޫލާ ﷺ ގެ އަރިހުގައި :
السّيّدة ريحانة رضى اللّـه عنــها އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްތޯ ނުވަތަ ملك اليمين އެއްތޯ މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ކަމެކެވެ. ابن القيم އޭނާގެ زاد المعاد ގައި ލިޔުއްވައިފައިވެއެވެ.
أبو عبيدة ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ ގެ ހަތަރު ސުއްރިއްޔާއިން ތިއްބެވިއެވެ. އެއީ مارية القبطيَّة އާއި ريحانة އާއި އެކަލޭގެފާނަށް ކޮންމެވެސް ހަނގުރާމައެއްގައި ލިބިވަޑައިގެންނެވި جميلة އޭ ކިޔުނު ބޭކަނބަލަކާއި، زينب بنت جحش އެކަލޭގެފާނަށް ދެއްވި ޖާރިޔާއެކެވެ. { زاد المعاد}
ابن القيم ގެ އަރިހުގައި އެންމެ ޞައްޙަ އެންމެ ރާޖިޙު ބަހަކީ السّيّدة ريحانة رضى اللّـه عنــها އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއް ނޫންކަމެވެ. ނަމަވެސް އެކަމަނާ ހިމެނިވަޑައިގަންނަވަނީ އެކަލޭގެފާނަށް މިލްކުވެފައިވާ އަޅުންގެ ތެރެއިން ކަމުގައެވެ.
އިބްނު ސަޢުދު ތަބަޤާތުގައި ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ފުރަތަމަ السّيّدة ريحانة رضى اللّـه عنــها ބޭންދެވީ أم المنذر بنت قيس ގެ ގެކޮޅުގައެވެ. އެކަމަނާ އެގެކޮޅުގައި އިންނަވައި ޢިއްދަ ހަމަވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެން އެކަމަނާއަށް ވިދާޅުވިއެވެ. [ކަމަނާ ބޭނުންފުޅުނަމަ ތިމަންކަލޭގެފާނު ކަމަނާ މިނިވަންކުރައްވައި ކާވެނިބައްލަވައިގަންނަވާނަމެވެ. ކަމަނާ ބޭނުންފުޅުނަމަ ތިމަންކަލޭގެފާނުގެ ملك اليمين އެއްގެ ގޮތުގައި އިނދެވިދާނެއެވެ.]
السّيّدة ريحانة رضى اللّـه عنــها ޖަވާބުދެއްވިއެވެ. [ތިމަންކަމަނާ ބޮޑަށް ބޭނުންފުޅުވަނީ ކަލޭގެފާނުގެ ملك اليمين އެއްގެ ގޮތުގައި އިނުމަށެވެ. އެގޮތަކީ ކަލޭގެފާނާއި ތިމަންކަމަނާއަށް އެންމެ ފަސޭހަވާނެ ގޮތެވެ.]
السّيّدة مارية القبطيَّة رضى اللّـه عنــها އެކޭ އެއްފަދައިން السّيّدة ريحانة رضى اللّـه عنــها އަށްވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ކަމޭހިއްތަވައި އޯގާތެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޤަދަރުކުރައްވައި ލޯބިފުޅުވެވަޑައިގަންނަވައެވެ. އިބްނު ކަޘީރު އައްސިޔަރަތުއް ނަބަވިއްޔާގައި ލިޔުއްވައިފައިވެއެވެ. [ މާތް ރަސޫލާ صلّى اللّـه عليه وسلّم، السّيّدة ريحانة رضى اللّـه عنــها ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާ އެދިވަޑައިގެންނެވި ކޮންމެ އެއްޗެއް އެކަމަނާއަށް ދެއްވައެވެ. މީސްތަކުން އެކަމަނާއަށް ބުނެފުމަށް ދާންދެނެވެ. [ قُرَيْظَة ވަންހައިގެ މީސްތަކުން މިނިވަންކޮށްދެއްވުމަށް ކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަ އެކަލޭގެފާނު އެކަންވެސް ކޮށްދެއްވީހެވެ.] {އިބްނު ކަޘީރު، އައްސިޔަތުއް ނަބަވިއްޔާ}
އެޒަމާނަކީ އަޅުން ވަރަށް ގިނައިން ގެންގުޅުނު ޒަމާނެކެވެ. ނަމަވެސް އެޒަމާނުގައި އަޅުންނަށް އަނިޔާކުރުންވެސް އޮތީ ހައްދު ފަހަނަ އަޅައިފައެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ދުވަހަކުވެސް އަޅެއްގެ ގައިގައި ނުޖައްސަވައެވެ. އަޅުންނަށް އިހާނެތިކޮށެއް ނުހިއްތަވައެވެ. مارية القبطيَّة އާއި ريحانة އާމެދު އެކަލޭގެފާނު ގެންގުޅުއްވި ސުލޫކުންވެސް އެކަން ހާމެވެގެންދެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަޔާތްޕުޅުގެ އެންމެ ފަހު ވަގުތު އިސްލާމީ އުއްމަތަށް ދެއްވި ނަސޭހަތްޕުޅުގައިވެސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށާއި، ތިމާގެ މިލްކުގައިވާ އަޅުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރެއްވިއެވެ.
އަވަހާރަވުން:
السّيّدة ريحانة رضى اللّـه عنــها، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގެކޮޅުގައި، އެކަލޭގެފާނުގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައި ހައެއްކަ އަހަރު ހޭދަކުރެއްވިއެވެ. އެއަށްފަހު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް އެކަމަނާ ދަތުރުފުޅު ކުރެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަތުލް ވަދާޢުން ނިމިވަޑައިގެން އެނބުރިވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ހިޖުރައިން 10 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާގެ ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
އިމާމު ވާޤިދީ ބަޔާން ކުރައްވާ ގޮތުގައި، السّيّدة ريحانة رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ عمر الفاروق رضى اللّـه عنه އެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ދެބޭކަނބަލު އަވަހާރަވިއެވެ. އެއީ އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ އާއި އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. ދެން، އަވަހާރަވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޖާރިޔާއެއް ކަމުގައިވާ السّيّدة ريحانة رضى اللّـه عنــها އެވެ.
السّيّدة ريحانة رضى اللّـه عنــها އަށް އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުންވެސް އަދި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުންވެސް ދަރިކަލަކު ދަރިކަނބަލަކު ލިބިވަޑައެއް ނުގަންނަވައެވެ.
އަރަހުށި މާތް ﷲ، السّيّدة ريحانة رضى اللّـه عنــها އަށް ރުއްސުން ލައްވާށިއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް
އައްސައްޔިދާ ރައިޙާނާ 4: ރަސޫލާގެ އަނބިކަނބަލަކަށް ވެވަޑައިގެންނެވުމުގެ ބަދަލުގައި އެކަމަނާ ޚިޔާރުކުރެއްވީ އެކަލޭގެފާނުގެ މުލްކުލްޔަމީނެއްގެ ގޮތުގައި އިންނެވުމަށް
އިސްލާމްވެވަޑައިގަތުން
ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ބައިފުޅަށް السّيّدة ريحانة ނަންގަވައި އެކަމަނާއަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވިއެވެ. އެކަމަނާ އިސްލާމްވެވަޑައިގެންފިނަމަ އިތުރު އެކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަންނަވާނެ ކަމުގައި ޙަދީޘް ކުރެއްވިއެވެ. السّيّدة ريحانة އެކަމަނާގެ ޤަތުލުވެދިޔަ ފިރިކަލުންދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. އެހެންކަމުން އެންމެ ފުރަތަމަ އެކަމަނާ އިސްލާމްވެވަޑައިގެންނެވުމަށާއި އިތުރު އެކަލޭގެފާނުގެ ހުށައެޅުއްވުމަށް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އެކަމަނާގެ ޚިޔާލުފުޅު ބަދަލުވެ އިސްލާމްވެވަޑައިގެންނެވިއެވެ. އެ ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ފޮނުއްވިއެވެ.
السّيّدة ريحانة رضى اللّـه عنــها އިސްލާމްވެވަޑައިގެންނެވި ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވިއިރު އެކަލޭގެފާނު އިންނެވީ ޞަޙާބީންގެ މަޖްލިސެއްގައެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނު މިންނެތްފަށުން އުފާފުޅު ކުރެއްވިއެވެ. ކުފުރުގެ އަނދިރިކަމުގެ ތެރެއިން، އީމާންކަމުގެ އަލިކަމުގެ ތެރެއަށް އެކަމަނާއަށް ނުކުމެވަޑައިގެންނެވުނު ކަމަށްޓަކައެވެ.
މާތް ރަސޫލާ ގެ އަރިހުގައި
السّيّدة ريحانة رضى اللّـه عنــها އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްތޯ ނުވަތަ ملك اليمين އެއްތޯ މިއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ކަމެކެވެ. ابن القيم އޭނާގެ زاد المعاد ގައި ލިޔުއްވައިފައިވެއެވެ.
أبو عبيدة ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ ގެ ހަތަރު ސުއްރިއްޔާއިން ތިއްބެވިއެވެ. އެއީ مارية القبطيَّة އާއި ريحانة އާއި އެކަލޭގެފާނަށް ކޮންމެވެސް ހަނގުރާމައެއްގައި ލިބިވަޑައިގެންނެވި جميلة އޭ ކިޔުނު ބޭކަނބަލަކާއި، زينب بنت جحش އެކަލޭގެފާނަށް ދެއްވި ޖާރިޔާއެކެވެ. { زاد المعاد}
ابن القيم ގެ އަރިހުގައި އެންމެ ޞައްޙަ އެންމެ ރާޖިޙު ބަހަކީ السّيّدة ريحانة رضى اللّـه عنــها އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއް ނޫންކަމެވެ. ނަމަވެސް އެކަމަނާ ހިމެނިވަޑައިގަންނަވަނީ އެކަލޭގެފާނަށް މިލްކުވެފައިވާ އަޅުންގެ ތެރެއިން ކަމުގައެވެ.
އިބްނު ސަޢުދު ތަބަޤާތުގައި ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ފުރަތަމަ السّيّدة ريحانة رضى اللّـه عنــها ބޭންދެވީ أم المنذر بنت قيس ގެ ގެކޮޅުގައެވެ. އެކަމަނާ އެގެކޮޅުގައި އިންނަވައި ޢިއްދަ ހަމަވުމުން މާތް ރަސޫލާ ވަޑައިގެން އެކަމަނާއަށް ވިދާޅުވިއެވެ. [ކަމަނާ ބޭނުންފުޅުނަމަ ތިމަންކަލޭގެފާނު ކަމަނާ މިނިވަންކުރައްވައި ކާވެނިބައްލަވައިގަންނަވާނަމެވެ. ކަމަނާ ބޭނުންފުޅުނަމަ ތިމަންކަލޭގެފާނުގެ ملك اليمين އެއްގެ ގޮތުގައި އިނދެވިދާނެއެވެ.]
السّيّدة ريحانة رضى اللّـه عنــها ޖަވާބުދެއްވިއެވެ. [ތިމަންކަމަނާ ބޮޑަށް ބޭނުންފުޅުވަނީ ކަލޭގެފާނުގެ ملك اليمين އެއްގެ ގޮތުގައި އިނުމަށެވެ. އެގޮތަކީ ކަލޭގެފާނާއި ތިމަންކަމަނާއަށް އެންމެ ފަސޭހަވާނެ ގޮތެވެ.]
السّيّدة مارية القبطيَّة رضى اللّـه عنــها އެކޭ އެއްފަދައިން السّيّدة ريحانة رضى اللّـه عنــها އަށްވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ކަމޭހިއްތަވައި އޯގާތެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޤަދަރުކުރައްވައި ލޯބިފުޅުވެވަޑައިގަންނަވައެވެ. އިބްނު ކަޘީރު އައްސިޔަރަތުއް ނަބަވިއްޔާގައި ލިޔުއްވައިފައިވެއެވެ. [ މާތް ރަސޫލާ صلّى اللّـه عليه وسلّم، السّيّدة ريحانة رضى اللّـه عنــها ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަމަނާ އެދިވަޑައިގެންނެވި ކޮންމެ އެއްޗެއް އެކަމަނާއަށް ދެއްވައެވެ. މީސްތަކުން އެކަމަނާއަށް ބުނެފުމަށް ދާންދެނެވެ. [ قُرَيْظَة ވަންހައިގެ މީސްތަކުން މިނިވަންކޮށްދެއްވުމަށް ކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަ އެކަލޭގެފާނު އެކަންވެސް ކޮށްދެއްވީހެވެ.] {އިބްނު ކަޘީރު، އައްސިޔަތުއް ނަބަވިއްޔާ}
އެޒަމާނަކީ އަޅުން ވަރަށް ގިނައިން ގެންގުޅުނު ޒަމާނެކެވެ. ނަމަވެސް އެޒަމާނުގައި އަޅުންނަށް އަނިޔާކުރުންވެސް އޮތީ ހައްދު ފަހަނަ އަޅައިފައެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ދުވަހަކުވެސް އަޅެއްގެ ގައިގައި ނުޖައްސަވައެވެ. އަޅުންނަށް އިހާނެތިކޮށެއް ނުހިއްތަވައެވެ. مارية القبطيَّة އާއި ريحانة އާމެދު އެކަލޭގެފާނު ގެންގުޅުއްވި ސުލޫކުންވެސް އެކަން ހާމެވެގެންދެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަޔާތްޕުޅުގެ އެންމެ ފަހު ވަގުތު އިސްލާމީ އުއްމަތަށް ދެއްވި ނަސޭހަތްޕުޅުގައިވެސް ނަމާދަށް ފަރުވާކުޑަ ނުކުރުމަށާއި، ތިމާގެ މިލްކުގައިވާ އަޅުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރެއްވިއެވެ.
އަވަހާރަވުން