ޙަޤީޤީ ޙާދިސާ: ޢާއިލާގެ އެންމެން މަރުވުމުން އެކަމުގަ ހިތާމައިގަ އަބަދު ރޮމުން ދިއަ މަންމަ އެޙާލަތުން ސަލާމަތްކުރަން ޒުވާނަކު ހެދި "މޮޅު ފަންޑިތަ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ޙަޤީޤީ ޙާދިސާ: ޢާއިލާގެ އެންމެން މަރުވުމުން އެކަމުގަ ހިތާމައިގަ އަބަދު ރޮމުން ދިއަ މަންމަ އެޙާލަތުން ސަލާމަތްކުރަން ޒުވާނަކު ހެދި "މޮޅު ފަންޑިތަ."

އެއީ އަޅުގަނޑުގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެންމެ ގާތުގައި ދިރިއުޅޭ އަވަށްޓެރިއަކީ މުސްކުޅި ހުވަފަތް އަންހެކެވެ. އޭނާގެ ފިރިމީހާވެސް، ދެމަފިރިންނަށް ލިބުނު ދަރިންވެސް ވަނީ މަރުވެފައެވެ. އެހެންވެ އޭނާ ދިރިއުޅެމުން އަންނަނި ވަރަށް ބޮޑަށް އެކަނިވެރިކަމާއިއެކުގައެވެ. އަބަދުވެސް ހުންނާނީ ދެރަވެ ހިތާމަކުރާށެވެ. ބައެއް ފަހަރު ރޯން ހުއްޓައިވެސް ފެންނާނެއެވެ. 

އެހެންވެ އެކަން ޙައްލުކޮށް އެދައިތައަށް ހިތްހަމަޖެހުމެއް ހޯދައިދެވޭނެ ގޮތަކަށް ވިސްނަމުންދަނިކޮށް މޮޅު އައިޑިއާއެއް ލިބިއްޖެއެވެ. ރަނގަޅަށް ވިސްނުމަށްފަހު އެއްރޭ އޭނާ ނިދަން އުޅެނިކޮށް ގޮސް ދޮރުގައި ޓަކިޖެހީމެވެ. ދޮރުހުޅުވީމައި ބުނީމެވެ. 

"ދައްތާއެވެ. ކޮންމެވެސް ކޮންމެވެސް އެއްވެސް މީހަކު ގާތު ނުބުނާށެވެ! އެއީ މިބާވަތުގެ ކަންކަން ކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވާން ބޭނުން ނެތީމައެވެ. ދައްތަ ގާތަށް މިއައީ ދައްތަ ދިރިއުޅޭލެއް އެކަނިވެރިކަން ބޮޑުކަމުން އެންމެ ފަހަރަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދެވޭތޯ ބަލަންވެގެންނެވެ. ދައްތަ ބޭނުންނަމަ ދައްތަގެ ޢާއިލާއިން މަރުވެފައިވާ އެކަކާއި ވާހަކަދެއްކޭނެ ގޮތް ހަދައިފާނަމެވެ. ދައްތަ އެންމެ ބޮޑަށް ބޭނުންވާ ދެ ސުވާލެއްގެ ޖަވާބު ހޯދައިދީފާނަމެވެ." އެދައްތަ އުފަލުން ވަރެއް ނެތެވެ. ދެން މާދަމާރޭ 9 ޖަހާއިރަށް ތައްޔާރުވާން ބުނެފައި ދިއައީއެވެ.

އަނެއް ރޭ ދިއައިރު އެ ދައްތަ ހުރީ ތައްޔާރަށެވެ. އިންތިޒާރުގައެވެ. އޭނާ ވާހަކަދައްކަން ބޭނުންވީ މަރުވެފައިވާ އަންހެން ދަރިފުޅާއެވެ.

ކުރަން ބޭނުންވި ފުރަތަމަ ސުވާލަކަށްވީ ހުރިހާ ކުދިންނާ އެކުދިންގެ ބައްޕައާ ބައްދަލުވޭތޯ އާއި އެންމެންގެ ޙާލަކީ ކޮބައިތޯއެވެ؟ ދައްތަގެ ކުރިމަތީގައި އެ ސުވާލު ކުރުމަށްފަހު ޖަވާބުވެސް ދިނީމެވެ. "ﷲ ގެ ހެޔޮ ރަޙްމަތްފުޅުގައެވެ." (އެހެނީ ﷲ ތަޢާލާ ކޮންމެ އަޅަކަށްވެސް މިންވަރުކުރައްވަވާނީ ހެޔޮ ރަޙްމަތްފުޅެވެ. އެމީހަކު ކުރާ ފާފަތަކަށް ޖަޒާ ދެއްވެވުމަކީ މުޅިން ތަފާތު ކަމެކެވެ. ވީމާ އެއްވެސް ނުބައި ރަޙްމަތްފުޅެއް މިންވަރެއް ނުކުރައްވަވާނެއެވެ. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.) 

ދެވަނަ ސުވާލަކަށްވީ މިހާރު ސުވަރުގެ ފެނިއްޖެތޯއެވެ؟ އެސުވާލުކުރުމަށްފަހު ޖަވާބުގައި ބުނީމެވެ. "އާނއެކެވެ. މަރުވެގެން ވަޅުލެވުނު ވަގުތު ސުވަރުގެއިން އަޅުގަނޑަށް ޚާއްޞަ ކުރައްވަވާފައިވާ ޖާގައާއި ނަރަކައިން ޚާއްޞަކުރައްވަވާފައިވާ ޖާގަވެސް ދެއްކެވިއެވެ." (މިއީ ކޮންމެ މީހަކަށްވެސް މަރުވެ ވަޅުލެވުމުން ދައްކަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.) 

އެހިސާބުން ބުނީމެވެ. "ދައްތާއެވެ! މަރުވެފައިވާ ދައްތަގެ ގާތް އެންމެންގެ ފަރާތުން ދައްތަގެ ދަރިފުޅު ދައްތައަށް 3 ކަމެއް އެބަ ހުށަހަޅައެވެ. އެއީ 1 މަރުވެފައިވާ ހަމައެކަކާއިމެދުވެސް ނުވިސްނައި ވީހައި ގިނައިން އަޅުކަންކުރުމަށެވެ. 2 ދެން ބުނަނީ އަބަދުވެސް ފެންވަރައި ރީތިވެގެން ހިނިތުންވެގެން އުފަލުގައި ހުރުމަށެވެ. 3 ދެން ބުނަނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށްބަލައި ވީހާ ގިނައިން ޞަދަޤާތް ކުރުމަށެވެ." (ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރަން ޙަދީޘްފުޅުގައި އެބަ އޮތެވެ.) 

އެދަތައަށް ލިބުނު އުފާވެރިކަން ބޮޑުކަމުން ހެވިދިލިފައި ހުރެގެން ބުންޏެވެ. "ކޮންމެ ގޮތެއް ހަދައިގެންވެސް ތިއަބުނި ހުރިހާ ކަމެއް އެގޮތަށް ކުރާނަމެވެ. 

އެއިގެފަހުން އެދައްތަ ދެރަވެފައި ހުއްޓައެއް ނުދެކެމެވެ. އަބަދުހެން އުޅުނީ އަޅުކަމާއިގެންނެވެ. އޭނާއަކީ ކުރިންވެސް ދީލަތި އަންހެނެކެވެ. އެރެއަށްފަހު ދީލަތިކަން އިތުރުވެސްކުރިއެވެ. މަރުވަންދެންވެސް އެދައިތަ އުޅުނީ ހަމަ އެގޮތަށެވެ.

އަދި އެއިގެ ފަހުން ދޭތެރެ ދޭތެރެއިން އޭނާ ޢާއި ބައްދަލުކޮށް ހިތްވަރުދެމެވެ. އެކަނިވެރިކަން ފިލުވައިދޭން މަސައްކަތްކުރަމެވެ. އެދައްތަ މަރުވަން ވަރަށް ގާތްވެފައި ހުއްޓާ ބައްދަލުކުރީމެވެ. އަދި އަހަރެން އެރޭ ކުރި ކަންތަކުގެ ޙަޤީޤަތް ކިޔައިދިނީމެވެ. ބުނީމެވެ. "ދައްތާއެވެ! އެރޭ އަހަރެން ކުޅުނީ ޑްރާމާއެކެވެ. ނަމަވެސް ބުނެދިނީ ޙައްޤު ވާހަކަތަކެވެ. ބޭނުމަކަށްވީ ދައްތައަށް ހިތްހަމަޖެހުމެއް ހޯދައިދިނުމެވެ. އަބަދު ދެރަވެފައި ހުންނާތީ އެކަން ހުއްޓުވައި އަޅުކަންކުރާ މީހަކަށް ހެދޭތޯއެވެ!" 

އެދައްތަ ބުންޏެވެ. "އެކަން އަހަރެންނަށްވެސް އެނގުނެވެ. ކޮއްކޮ ދިން ނަޞޭޙަތްތަކުގެ ބޭނުން ހިފީ އެއީ ހަމަ ކަންއޮތްގޮތްކަމަށްވާތީއެވެ. ކޮއްކޮ އަހަރެންނަށް ވިސްނައިދިނީ ހަމަ ހަޤީޤަތެވެ. ކޮއްކޮގެ ނަޞޭޙަތްތަކާއި ފަހުން ބަހައްޓަމުން ތިއަ ގެންދާ އަޅައިލުމުގެ ސަބަބުން ތިއައީ ދަރިއެއް ކަމަށް ޤަބޫލުކޮށްފީމެވެ. އަހަރެން މަރުވުމުން މިގެ ކޮއްކޮއަށެވެ. މަރުވާއިރު ގޭގައި އެއްވެސް ފައިސާއެއް ހުރިނަމަ އެވެސް ދައްތައަށްޓަކައި ޞަދަޤާތްކޮށްލަދޭށެވެ. ގެއާއި ހަރުމުދައު ހަމަ ކޮއްކޮއަށެވެ."

 

މިއީ ޕާކިސްތާނުގެ ޑޯން ނޫހުގައި ޙަޤީޤީ ޙާދިސާއެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ. މިއަދުނޫހާއި ހިއްޞާކުރީ މިއަދުނޫހުގެ ކިޔުންތެރިއެކެވެ. 

މިއަދު އޮންލައިން