ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ސެކްޓްރީ ލައިގެން އޮފީހަށްދިއަ ޖީންސް ހިފައިގެން ސެކިޔުރިޓީ ދިއައިރުވެސް ރޭކާވެސް ނުލި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ސެކްޓްރީ ލައިގެން އޮފީހަށްދިއަ ޖީންސް ހިފައިގެން ސެކިޔުރިޓީ ދިއައިރުވެސް ރޭކާވެސް ނުލި ޙާދިސާއެއްގެ ވާހަކަ-

އަހަރެމެން ކައިވެނިކުރީ ވަރަށް ލޯބިން، ދެލޯބިވެރިންގެ ގޮތުގައި އެކުގައި ދެއަހަރެއްހައި ދުވަހު އުޅުމަށްފަހުގައެވެ. ކައިވެނީގެ ފުރަތަމަ 5 އަހަރު ވެސް އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް ކުއްލިއަކަށް ފިރިމީހާ ބަދަލުވީއެވެ. ނިދަން އެނދަށްއެރުމަށްފަހު އަނބިމީހާ ގާތުގައި އޮންނަކަމެއް އޭނާއަކަށް ނުއެނގެއެވެ. ފުރަގަހަށް އެނބުރިއޮވެ ނިދަނީއެވެ. 

އެގޮތަށް މަހެއްހައި ދުވަސް ފާއިތުވެގެން ދިއުމުން ވެގްނ އުޅޭ ގޮތަކާއިމެދު ސުވާލުކުރަން ފެށީމެވެ. ޖަވާބުގައި ބުނަނީ މަސައްކަތްބުރަކަމުން ވަރުބަލިވެފައި ހުންނަވަރުން ކުރެވޭ ކަމެއް ކަމަށެވެ. ދެން ބުނީ އިތުރު މަޝްރޫޢޫތައް ހިންގަން ނުލިބޭތީ ފައިސާގެ ތަނަވަސްކަން ކުޑަވާތީ އެކަމަށް ވިސްނެނީ ކަމަށެވެ. 

އެދުވަސްވަރު އަޅުގަނޑުގެ ވަރަށް އެކުވެރިއަކު 2 އިމާރާތެއް އަޅަންވެގެން ބިޑްހޯދަމުން ދަނިކޮށް އޭނާ އާއި ވާހަކަދައްކައިގެން 8 މިލިއަން ރުފިޔާގެ 2 މަޝްރޫޢު ހޯދައިދިނީމެވެ. އެގްރިމަންޓްތަކުގައި ސޮއިކުރާ ހިސާބަށް ގޮސް މާދަމާއަކީ ސޮއިކުރާ ދުވަސްކަމަށްވެސް ކަނޑައެޅިއެވެ. 

ފިރިމީހާ އެދުވަހު ގެއިން އޮފީހަށް ދިއައީ ވަރަށް އުފާވެފައި ހުރެގެންނެވެ. ސޮއިކުރަން ހަަމަޖެހިފައި އޮތީ ހެނދުނު 11 ޖަހާއިރުއެވެ. އެހެންވެ ފިރިމީހާ ގާތުގައި ނުވެސް ބުނެ ރަސްމިއްޔާތުގައި ބައިވެރިވާން އޮފީހަށް ދިއައިމެވެ. ދިއައިރު ފިރިމީހާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ފިރިމީހާ އެތެރޭގައި އުޅެއެވެ. 

އެވަގުތު ވިސްނުމަށް އައީ ސެކިޔުރިޓީ ރޫމަށް ގޮސް ފިރިމީހާގެ ކޮޓަރިއަށް ވަން މީހަކު ބަލައިލުމަށެވެ. އެމީހަކަށްވީ ފިރިމީހާގެ ސެކެޓްރީއެވެ. 

ކުންފުނި ހިންގަނީ ފިރިމީހާ ނަމަވެސް ކުންފުންޏަކީ އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް ދީފައިވާ ވިޔަފާރިއެކެވެ. ފިރިމީހާއަށް ނުއެނގުނު ނަމަވެސް އޮފީހުގެ ކެމެރާތަކުން ބެލުމުގެ ވަސީލަތް އަޅުގަނޑުގެ ފޯނުގައިވެސް އިނދެއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އެއިގެ ބޭނުން ހިފައި ކޮޓަރި ބަލައިލީމެވެ. 

ދެލޮލުން ދިއައީ ތަރިބުރައިގެންނެވެ. ކަންފަތަށް ހީވީ ގުގުރިޖަހާހެންނެވެ. އުނަގަނޑުން ތިރީގައި ފޭރާމެއް ނެތި އޭނާ އެއިނީ ފިރިމީހާއަށް ކުރިމަތިލައިގެން ފިރިމީހާގެ މޭޒުމަތީގައެވެ. ފިރިމީހާ އެބުނަނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ކުންފުނި އަމިއްލަކޮށްލާނެ ވާހަކައެވެ. އެކަމަށް ބޭނުންވާ ލިޔުންތަކުގައި މިހާރުވެސް އަޅުގަނޑު ލައްވައި ސޮއިކުރުވާފައިވާނެ ވާހަކައެވެ. އެއީ ތެދެކެވެ. އެއިގެ 2 ދުވަސްކުރިން ހުސްގަނޑުތަކެއްގައި އަޅުގަނޑު ލައްވައި ސޮއިކުރުވިއެވެ. 

ސެކިޔުރިޓީ އާއި އިތުރު 3 މުވައްޒިފުންނާއިއެކު ގޮސް އަޅުގަނޑުގެ ތަޅުދަނޑިން ދޮރުހުޅުވާފައިވަނީމެވެ. ވަދެ ފިރިމީހާ ގޮނޑިނަގުވާފައި ގޮނޑި ދުރަށްލާފައި އެހެން ގޮނޑިއެއް ގެނެސް ބަހައްޓާފައި އިށީނީމެވެ. އަނގައިންވެސް ނުބުނެ މަސައްކަތްކުރަން ފެށީމެވެ. އެއިރުވެސް އެ އަންހެނާ އުޅެނީ އޭނާގެ ޖީންސް ނުފެނިގެންނެވެ. ނުފެންނާނެތާއެވެ. ސެކިޔުރިޓީ މީހާ ވަނީ އަޅުގަނޑު ބުނެގެން އެގެންގޮސްފައެވެ. 

އޮފީހުގެ ހުރިހާ މުވައްޒިފުންނަށް މަންޒަރު ފެނުމުން ޖީންސް ގެނުވައި ލައިގެން ނުކުމެގެން ދިއުމަށް ބުނީމެވެ. ދެމީހުންނަށްވެސް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނީމެވެ.

އެއީ އަޅުގަނޑުގެ ހުރި ހަމަ އެންމެ ދަރިފުޅުގެ ބައްޕަ ނޫންނަމަ އެއީ ކާކުކަންވެސް ހާމަކުރީމުހެވެ. 

ކޮންމެއަކަސް އެހިސާބުން އަމިއްލައަށް މަސައްކަތްކުރަން ފެށީމެވެ. ފިރިމީހާ ގާތުން ވަރިވީމެވެ. ދެވަނަ ކައިވެނިވެސް ކުރީމެވެ. މިހާރުވެސް ދިރިއުޅެމުން މިދަނީ ދެވަނަ ކައިވެނީގައެވެ. އަދި މިއުޅެވެނީ ހަމަ ވަރަށް އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ މީގެ ދުވަސްކޮޅެއް ކުރީގެ ވާހަކައެކެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ފިރިމީހާއަށް ފުލް އިތުބާރުކުރީތީ އަޅުގަނޑަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ ކިޔައިދޭށެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. 

--ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން