ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާރކެޓް ޗެއިން؛ "ރެޑްވޭވް" ގެ 12 ފިހާރައިގައި 1 ޖެނުއަރީ އިން ރޯދަމަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2022" ޕްރޮމޯޝަން ނިމި، ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ. މި ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލް ގައެވެ. އަދި ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓުވަނީ ވަގުތުން ދައްކާފައިވެއެވެ.
މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500 ރުފިޔާއިން އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. އެގޮތުން އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން 5 އިނާމް ހައްޤުވާ 5 ފަރާތެއްވަނީ ހޮވާފައެވެ. މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމް ހައްޤުވާ 10 ފަރާތެއްވަނީ ހޮވާފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހޮވާފައެވެ. އެގޮތުން މި އިނާމްގެ ހައްޤުވެރިފަރާތަކަށް ވެގެންދިޔައީ އިސްމާއިލް މުހައްމަދު (ކޫޕަން ނަމްބަރ: 0188697) އެވެ.
މި އިނާމްތަކުގެ އިތުރުން، ރެޑްވޭވް ރޯދަ ސޭލްގެ ތެރޭގައި ރެޑްވޭވްގެ ފޭސްބުކްގެ ޕޯސްޓްތަކަށް ލައިކް އަދި ޝެއަރކޮށް – ޓޮޕްފޭން ބެޖް ހޯދިފަރާތްތަކުން 3 ނަސީބުވެރި ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން 1 ވަނައަށް 50 އިންޗި ހައިސެންސް ޓީވީއެއް ވަނީ ލިބިފައެވެ. އެގޮތުން މި އިނާމް ލިބިގެންގޮސްފައިވަނީ "މަރީ މަ ލާ" އަށެވެ. ހުރިހާ އިނާމެއްގެވެސް އިތުރު ތަފްސީލް ރެޑްވޭވް ގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިއަދު ލިބިގެންދާނެކަމުގައި ރެޑްވޭވްއިން މައުލޫމާތުދެއެވެ.
ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ.
ރެޑްވޭވް ރޯދަސޭލް 2022ގެ ނަސީބުވެރިން
|
އިނާމް |
ނަން |
ކޫޕަން ނަމްބަރ |
# |
|
100،000ރ ފައިސާގެ އިނާމް |
އިސްމާއިލް މުހައްމަދު |
0188697 |
1 |
|
10،000ރ ފައިސާގެ އިނާމް |
މުހައްމަދު އަބްދުﷲ |
0085394 |
2 |
|
10،000ރ ފައިސާގެ އިނާމް |
އަލީ އަޒާން |
0114582 |
3 |
|
10،000ރ ފައިސާގެ އިނާމް |
އައިޝަތު ޔޫސުފް |
0129257 |
4 |
|
10،000ރ ފައިސާގެ އިނާމް |
ނަތާޝާ އަބްދުލް ރަހްމާން |
0033532 |
5 |
|
10،000ރ ފައިސާގެ އިނާމް |
ނާއިލް |
0116357 |
6 |
|
10،000ރ ފައިސާގެ އިނާމް |
އައިޝަތު ޔޫލީ ފަހުދު |
0121350 |
7 |
|
10،000ރ ފައިސާގެ އިނާމް |
އިހުސާން ނައީމް |
0085451 |
8 |
|
10،000ރ ފައިސާގެ އިނާމް |
އައިޝަތު ފަޒްނާ |
0072860 |
9 |
|
10،000ރ ފައިސާގެ އިނާމް |
މަރީމް |
0174048 |
10 |
|
10،000ރ ފައިސާގެ އިނާމް |
ސޯބިރާ އިސްމާއިލް |
0115928 |
11 |
|
ޝާރޕް އައިސް އަލަމާރި |
އިހުސާނާ އަހްމަދު |
0133793 |
12 |
|
ޝާރޕް ނުވަ ހާސް ބީޓީޔޫ އޭސީ |
މުހައްމަދު އީމާން |
0040909 |
13 |
|
މޮޑާރން ސޯފާ |
މުސްތަފާ ރަޝީދު |
0025569 |
14 |
|
ހައިސެންސް އިލެކްޓްރިކް ހޮބް |
އައިމިނަތު ރީމް |
0050441 |
15 |
|
މަލްޓިފަންކްޝަން ސްޕިން ބައިކް |
މުހައްމަދު ރިފާއު |
0178768 |
16 |
|
ހައިސެންސް "50 ޓީވީ |
Maree Ma Laa |
ޓޮޕް ފޭން 1 |
17 |
|
ގްލެން އެއަރ ޕިއުރިފަޔަރ 1 |
Ixmail Ahmed |
ޓޮޕް ފޭން 2 |
18 |
|
ގްލެން އެއަރ ޕިއުރިފަޔަރ 2 |
Mariyam Inasha |
ޓޮޕް ފޭން 3 |
19 |