ޙަޤީޤީ ޙާދިސާ: ފިރިމީހާދެކެ ވާލޯބިން ސަންދޯކަށް ފޯނެއްލައި ޖަނާޒާ ނިމުމުން ފޯނަށް ގުޅި އަންހެނަކަށް ދިމާވި ބިރުވެރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާދެކެ ވާލޯބިން ސަންދޯކަށް ފޯނެއްލައި ޖަނާޒާ ނިމުމުން ފޯނަށް ގުޅި އަންހެނަކަށް ދިމާވި ބިރުވެރި ގޮތުގެ ވާހަކަ-

 

އަހަރެމެން ދެމީހުންނަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. ޚިޔާލުތަފާތުވާ ކަންކަމުގައި މަޗްވަރާކޮށް ޙައްލު ހޯދައިގެން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދުވަހަކުވެސް ޒުވާބުކުރުން ފަދަ ކަމެއް ނުކުރަމެވެ. 

ކައިވެންޏަށް 42 އަހަރުވީތަނާ ކުއްލިއަކަށް ފިރިމީހާ ނިޔާވި ދުވަހަކީ އަހަރެންނަށް ގޮތްހުސްވިދުވަހެކެވެ. އެހައި ދުވަސްވަންދެން އެހައިލޯބިން އެކުގައި އުޅެފައި ފިރިމީހާ ކުއްލިއަކަށް ވަކިވެދިއުންވީ ވަރަށް ހިތި އަސަރުތަކެއް ކުރަންޖެހުނު ކަމަށެވެ.   

ހަޤީޤަތުގައި އަހަރެންގެ ސިކުނޑި އެދުވަހު މަސައްކަތެއް ނުކުރެއެވެ. ތެޅިފޮޅެވުނީއެވެ. އެހެންވެ ކުރަންވިސްނުނު އެއްކަމަކީ ފިރިމީހާގެ ސަންދޯކުގެ ތެރެއަށް އޭނާގެ ފޯނުލުމެވެ. ވިސްނުމުގައި ހުރީ ޖަނާޒާގެ ކަންކަން ނިމުމުން ފޯނަށް ގުޅައިލުމަށެވެ. އެންމެ ފަހަރަކުވެސް އިތުރަށް ފިރިމީހާގެ އަޑެއް އިވިދާނެތޯ ބަލައިލުމަށެވެ. އެހެންވެ ފޯނު ރަނގަޅަށް ޗާޖްކޮށްފައި ޖަމާއަތްތެރިންގެ މީހަކަށް ފައިސާދީގެން އޭނާލައްވާ ވަރަށް ސިއްރުން އެކަންކުރުވީމެވެ. 

ޖަނާޒާގެ ކަންތައް ނިމިގެން ގެއަށް އައިސް ހަމަޖެހިލުމަށްފަހު ކޮޓަރިއަށްވަދެ ފޯނަށް ގުޅައިލީމެވެ. ކުއްލިއަކަށް ދިއައީ އަތްތުރުތުރުއަޅައިގެންނެވެ. އަތުގައި އޮތް ފޯނު ކުދިކުދިވެއްޖެއެވެ. ފޯނުގައި ހިފަހައްޓައިގެންހުރި އަތް (އަތްތިލަ) ދިއައީ ކަޅުވެގެންނެވެ. 

ތަފާތު އެތައްބައިވަރު ޑޮކްޓަރުންނަށް އަތްތިލަ ދެއްކިއްޖެއެވެ. އެހެން އެކަންވާންވީ އެއްވެސް ސަބަބެއް ނުހޯދުނެވެ. އަދި އެކަން އެހެންވީ ސަބަބެއްވެސް ނުހޯދުނެވެ. މިވާހަކަ ނޫހަކާއި ޙިއްޞާމިކުރީ ކޮންމެ ނިޔަތެއްގައި ނަމަވެސް މީހަކަށް މިފަދަ ކަމެއް ކުރެވިދާނެތީއެވެ. މިފަދަ އަނިޔާއެއް ލިބިދާނެތީއެވެ.

އަހަރެންނަށް އެކަންކުރެވުނު ސަބަބު މިބުނީއެވެ. އެންމެފަހަރަކުނަމަވެސް ފިރިމީހާގެ އަޑުއަހައިލުމަށް ބޭނުންވިވަރު ބޮޑުކަމުންނެވެ. އެހެން އެއްވެސް ބޭނުމެއްގައެއް ނޫނެވެ. އަދި އެކަން ކުރެވުނީ ހަމަބުއްދީގައިހުރެ ކަމަށް ބުނާކަށްވެސް ނެތީމެވެ. ކޮންމެއަކަސް މިއީ އެކަން ހިނގައިދިއަ ގޮތެވެ. 

- ރަހްމަތު / ކަރާޗީ ، ޕާކިސްތާން

(މިއީ ޙަޤީޤީ ޙާދިސާއެއް ކަމަށް ޑޯން ނޫހުގައި ލިޔެފައިވާ ވާހަކައެކެވެ.)

 

 

މިއަދު އޮންލައިން