އުނގަނޑުން ތިރިއާ ކަނައަތުގެ އުޅަނބޮށިންތިރި ބުރިކޮށްލަން ޖެހުމުންވެސް ލޯބެރިޔާ އެޒުވާނާ ދޫކޮށެއް ނުލި- ލޯބީގަ ބާރަށް ކުރިއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އުނގަނޑުން ތިރިއާ ކަނައަތުގެ އުޅަނބޮށިންތިރި ބުރިކޮށްލަން ޖެހުމުންވެސް ލޯބެރިޔާ އެޒުވާނާ ދޫކޮށެއް ނުލި- ލޯބީގަ ބާރަށް ކުރިއަށް!

އެއީ 2019 ވަނަ އަހަރު ހިނގާފައިވާ ހާދިސާއެކެވެ. 20 އަހަރުގެ ޒުވާނާ، ލޯރެން މަސައްކަތްކުރަމުން ދަނިކޮށް ފޯކްލިފްޓެއްގެ ދަށުވެ ޗިސްޗިސްވުމާއި ގުޅިގެން އުނަގަނޑުން ތިރި (ދިފައި) އަދި ކަނައަތުގެ އުޅަނބޮށިން ތިރި ޖެހުނީ ބުރިކޮށްލާށެވެ.

އެބޮޑު އޮޕަރޭޝަން ކުރަން ޑޮކްޓަރުން ފަސްޖެހުނެވެ. ގޮތެއް ނިންމަން ޢާއިލާއަށް ފުރުޞަތުދިނެވެ. ވެންޓިލޭތަރުގައި 2 ދުވަސްވަންދެން ބާއްވާފައި ހޭއެރުވުމުން ޒުވާނާވެސް ލޯބިވެރިޔާ ސާބިއާވެސް އެދުނީ ހަށިގަނޑުން ފޮތްޗެއްނަމަވެސް ސަލާމަތްކޮށް ދުނިޔޭގައި ބާއްވައިދިނުމަށެވެ.

ޑޮކްޓަރުން އޮޕަރޭޝަންކުރިއެވެ 2 ފަޔާއި އަތުގެ އެބައި ހަށިގަނޑާއި ވަކިކުރިއެވެ.  

އެޙާލުގައި 2 އަހަރުވެގެން ދިއައީއެވެ. ދެމީހުންގެ ލޯތްބަކަށް ބަދަލެއް ނައުދެއެވެ. އުޅެނީ އެކުގައެވެ. އަނބިމީހާގެ އުފަލަކީ ފިރިމީހާއަށް ޚިދުމަތްކުރުމެވެ.

ދެމީހުންގެ މެދުގައި ގުޅުންހިންގުމުގެ ކަންކަން ހިންގަނީ ކިހިނެއްތޯ ސުވާލުކުރުމުން ބުނެފައިވަނީ އެއީ ދެމީހުންގެ ސިއްރެއް ކަމަށާއި އެސިއްރު ހާމަނުކުރާނެ ކަމަށެވެ. 

އޭނާގެ އަޑުން އޭނާގެ ވާހަކައިގެ ވީޑިއޯ ބައްލަވާލައްވާ: 

 

މިއަދު އޮންލައިން