ޙަޤީޤީ ޙާދިސާ: ތަނަވަސްމީހާގެ ފަޤީރު އެކުވެރިޔާއަށް ނޭނގިހުރެ އެކުވެރިޔާގެ އަނބިމީހާއާ ލޯބީގެ ގުޅުން ހިންގުމުން ވީގޮތް- ކިޔުންތެރިންގެ ޚިޔާލަށް ބޭނުންވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޙަޤީޤީ ޙާދިސާ: ތަނަވަސްމީހާގެ ފަޤީރު އެކުވެރިޔާއަށް ނޭނގިހުރެ އެކުވެރިޔާގެ އަނބިމީހާއާ ލޯބީގެ ގުޅުން ހިންގުމުން ވީގޮތް- ކިޔުންތެރިންގެ ޚިޔާލަށް ބޭނުންވެފަ!

އޭނާއަކީ ފަޤީރެކެވެ. އޭނާއަށް އެހީތެރިވެދޭ ތަނަވަސް މީހަކު ހުރެއެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއްވެސް އޮވެއެވެ. އެހެންކަމާއިއެކުވެސް ދުވަހަކުވެސް ތަނަވަސް މީހާ، އޭނާގެ ގެއަކަށް ފަޤީރު މީހާއެއް ނުގެންދެއެވެ. އަދި އަނބިދަރިންނެއްވެސް ނުދައްކައެވެ. 

ދުވަސްތަކެއްވީފަހުން ތަނަވަސްމީހާއަށް ލިބެނީ ފަޤީރު މީހާގެ ނޯޓެކެވެ. "އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ވަރަށް ބޮޑެތި ކުށްތަކެއް ކުރެވިއްޖެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ކުށްކުރެވުނުއިރު އެއީ އެކުވެރިޔާގެ އަނބިމީހާކަމެއް ނުދެނަހުރީމެވެ. އަދި އޭނާއަކީ ކައިވެނިކޮށްގެން ހުރި އަންހެނަކުކަންވެސް އެނގިފައެއް ނުވެއެވެ. 

އަހުރެން ތިބާގެ އަނބިމީހާ އާއިއެކު ލޯބީގެ ގުޅުން ހިންގާތާ ކިތަންމެ ދުވަހެކެވެ. ޒިނޭކުރުން ފިޔަވައި ހުރިހާ ކަމެއްވެސް ވަނީ ކުރެވިފައެވެ. އެކަން އެނގުނީ ރޭގައެވެ. އެނގުމުން ވީދެރައާއި ގަތްލަދު ބަޔާންކުރަންވެސް އުނދަގުލެވެ. ފަހަރެއްގައި އެކުވެރިޔާގެ އަނބިމީހާ މިކަމަށް އެއްބަސްނުވެދާނެއެވެ. ނަމަވެސް މިއީ ތެދެއްކަން އެކުވެރިޔާއަށް ސާބިތުކޮށްދިނުމުގެ ގޮތުން އެކުވެރިޔާގެ އެނދުދޮށުގައި އެއްޗެއް ބޭއްވީމެވެ. އެއީ އެކުވެރިޔާ އެންމެފަހުން ބެންކޮކަށް ކުރި ދަތުރުނިންމާފައި ދިން ހަދިޔާގެ ތެރޭގައި ހިމެނޭ ކުޑަރުމާލެވެ. 

ދެން ދުވަހަކުވެސް އޭނާއަށް ނުވެސް ފެންނާނަމެވެ. އެހެންކަމާއިއެކުވެސް އެކުވެރިޔާއަށް މިވާހަކަ މިކިޔައިދެނީ އެންމެ ބޭނުމަކު އެވެ. އެއީ އޭނާގެ އެ އުޅުން ނުހުއްޓުވާނަމަ އެހެން މީހަކާއިއެކުގައިނަމަވެސް އޭނާ އެފަދަ ގުޅުންތައް ހިންގާނެތީ އެކަން ހުއްޓުވަން އެކުވެރިޔާ ހޭލުންތެރިކުރުވުމަށެވެ. ކުރެވުނު ކުށަށް ވަރަށް ބޮޑަށް މާފަށް އެދެމެވެ. ކަންހިނގައިދިއަގޮތް ކުރިން މިކިޔައިދިނީއެވެ. މިއީ މާފުކުރަން އުނދަގޫވާނެ ކަމެއްކަންވެސް އެނގެއެވެ. ނަމަވެސް ހާސަފަށުން މާފަށް އެދެމެވެ." 

މިނޯޓް ކިޔާފައި ވަގުތުން އޭނާ ގެއަށް ދިއައެވެ. ބެލިއިރު އެރުމާ އެތަނުގައި އޮތެވެ. 

(މިމައުލޫމާތު ޙިއްޞާ ކުރެއްވި ކިޔުންތެރިޔާ އެދިލައްވާފައިވަނީ ފުރަތަމަ ދުވަހު މިހާހިސާބަށް ޝާއިޢުކުރުމަށެވެ. އަދި މިޙާލަތުގައި އެ ތަނަވަސްމީހާ ޢަމަލުކުރާނެ ގޮތްކަމަށް ކިޔުންތެރިންނަށް ވިސްނޭގޮތް ކޮމެންޓްކޮށްދިނުމަށް އެދުމަށެވެ. ކޮމެންޓް ލިބުމުން ޢަމަލުކުރި ގޮތް ޝާއިޢުކުރުމަށެވެ. އެހެންކަމުން ކިޔުންތެރިންގެ ކޮމެންޓަށް ފުރުޞަތު ހުލުވާލަމެވެ.)

މިއަދު އޮންލައިން