ޙަޤީޤީ ޙާދިސާ: އަނބިމީހާ އެހެން މީހަކާ ލޯބީގެ ގުޅުން ހިންގުމުން ފިރިމީހާ ޢަމަލުކުރިގޮތަށް ހުރިހާ ފިރިންވެސް ޢަމަލުކުރާނެނަމަ ވަރީގެ ވާހަކަ ދައްކަންވެސް ނުޖެހޭނެ--!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 35ސ
ޙަޤީޤީ ޙާދިސާ: އަނބިމީހާ އެހެން މީހަކާ ލޯބީގެ ގުޅުން ހިންގުމުން ފިރިމީހާ ޢަމަލުކުރިގޮތަށް ހުރިހާ ފިރިންވެސް ޢަމަލުކުރާނެނަމަ ވަރީގެ ވާހަކަ ދައްކަންވެސް ނުޖެހޭނެ--!

(މިއީ އިއްޔެ "ޙަޤީޤީ ޙާދިސާ: ތަނަވަސްމީހާގެ ފަޤީރު އެކުވެރިޔާއަށް ނޭނގިހުރެ އެކުވެރިޔާގެ އަނބިމީހާއާ ލޯބީގެ ގުޅުން ހިންގުމުން ވީގޮތް- ކިޔުންތެރިންގެ ޚިޔާލަށް ބޭނުންވެފަ!" ސުރުޚީގެދަށުން ޝާއިޢުކުރި ވާހަކައިގެ ދެވަނަ ބައެވެ. އެންމެ މުހިންމު ބައެވެ.)

އަދިވެސް އެކުވެރިޔާ ބުނެފައިވެއެވެ. "އަނބިމީހާގެ ޕާރސްގަ އިންނަ އޭނާގެ އައިޑީކާޑުގެދަށް ބަލައިލާށެވެ. އެއިރުންވެސް ޔަޤީންކުރެވޭނެއެވެ." އެހެންވެ ޑްރެސިންގ ޓޭބަލް މަތީގައި އަނބިމީހާގެ ދަބަސް ބާއްވާފައި އޮއްވާ ނަގައި ހުޅުވައި އައިޑީކާޑުގެދަށް ބަލައިލިއިރު އޮތީ އެކުވެރިޔާ އާ ދެމީހުންގެ ކުޑަކުޑަ ފޮޓޯއެކެވެ.

2 ހެކި ލިބުނީއެވެ. އެވަގުތު ލޭކެކެން ފެށިއެވެ. އެނދުގައި އިށީނދެލިއެވެ. އެއަށްފަހު އޮށޯތެވެ. އެއިރު ނިތްކުރިން އޮއްދައުހިއްލައެވެ. އޭސީ 16އަށްލިވެ. ހަމަޖެހިލައިގެން އޮވެ ވިސްނައިލިއެވެ. މިވާހަކަ އަނބިމީހާ ގާތު ދައްކައިފިނަމަ ބުނާނެ ބަސް ވިސްނުނެވެ. އަނބިމީހާ ވަނީ އެތައް ފަހަރަކު ވިސްނައިދީފައެވެ. ޚަރަދުކުރުމަކީ ތަފާތުކަމެއްކަމާއި ޚަރަދަށްވުރެ މުހިންމީ އަޅައިލުމާއި ލޯބިދިނުން ކަމެވެ.

އެދެކަންތަކުގައި ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާދެއެވެ. ނަމަވެސް އަޅައެއް ނުލެވެއެވެ. ލޯތްބެއް ނުދެވެއެވެ. ހެނދުނު ގެއިން ނުކުންނަ ގޮތަށް ފެންވަރާލަން ފިޔަވައި ގެއަކަށް ނުދެވެއެވެ. ދުވަސް ނިމިގެންދާއިރު އެކުގައި ކައިބޮއިވެސް ނުހެދެއެވެ. ގެއަށް ދެވެނީ އަނބިމީހާ ނިދާފަހުންނެވެ.

ވީމާ އޭނާ އޭނާގެ ކުށްތައް ވަރަށް ބޮޑުކަން ޤަބޫލުކުރިއެވެ. ދެމަފިރިން ވަރިވެއްޖެނަމަ 2 ދަރިންގެ މުސްތަޤްބަލަށް ކުރާނެ އަސަރުވެސް ވިސްނުނެވެ. އެހެންވެ ޤަޞްދުކުރީ އަނބިމީހާ އާއި އެއްވެސް ސުވާލެއް ނުކުރާށެވެ. ކެތްތެރިވެލައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާށެވެ.

ފުރަތަމަ ކަމަކަށްވެސް ޢުމުރާ ގްރޫޕެއް ހިންގާ އެކުވެރިއަކާއި ގުޅައިގެން ކުއްލި ދަތުރެއް ހަމަޖައްސައި އަނބިމީހާ އާއި 2 ދަރިން ގޮވައިގެން ޢުމުރާއަށް ދިއައީއެވެ. ޢުމުރާ ދަތުރު ނިންމާފައި އައިސްވެސް ހިނގައިދިއަ އެއްވެސް ކަމެއްގެ ވާހަކަވެސް ނުދައްކައެވެ. ނަމަވެސް އުޅުން ބަދަލުކުރިއެވެ. ގޭގައި ހޭދަކުރާ ވަގުތު ގިނަކުރިއެވެ. ރޭގަނޑު އޮފީހުގައި ގިނައިރުވާނަމަ ކުދިން ނިންދެވީމާ އަނބިމީހާ އޮފީހަށް ގެންދަން ފެށިއެވެ.

އަނބިމީހާގެ ލޯބިވެރިޔާގެ ފޯނު އެކުގައި ނިއްވައިލުމާއި ޢުމުރާ ދަތުރާއި ދަތުރަށްފަހު ފިރިމީހާގެ ޢަމަލުތައް ބަހައްޓަންފެށިގޮތުން ހިނގައިދިއަ ކަންކަން ފިރިމީހާއަށް އެނގިއްޖެކަން އަނބިމީހާއަށް ވިސްނުނެވެ. ޢުމުރާ ދަތުރަށްފެށީވެސް ތައުބާވެގެންނެވެ. ދަތުރުގައި އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރިއެވެ. ދަތުރަށްފަހުވެސް ދުޢާކުރެއެވެ.

އެކުވެރިޔާއަށްވެސް އޭނާ މާފުކުރިއެވެ. އެއީ އެކަންކުރެވުނީ އޭނާގެ އަނބިމީހާކަން ނުއެނގިހުރެކަމަށްވުމުންނެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ކަންކަން ކިޔައިދީ އެކަމުން ސަލާމަތްވެވޭނެ މަގު ދައްކައިދިނީތީއެވެ. ޙަޤީޤަތުގައި ކައިވެނި ސަލާމަތްކުރެވުނީ އެކުވެރިޔާ ޢަމަލުކުރިގޮތުންކަން އޭނާ ޤަބޫލުކުރިއެވެ. އަނބިމީހާއަކީވެސް ފުދޭވަރެއްގެ ތަނަވަސް ޢާއިލާއެއްގެ ދަރިއެއްކަމުން އަނބިމީހާ އާއި ގުޅެން އެކުވެރިޔާ ނިންމިނަމަ ކަންކަންވެގެންދާނެ ގޮތްވެސް ވިސްނުނެވެ. އަދި އަނބިމީހާ ގުޅުންބޭއްވީ އެކުވެރިޔާ ނޫން މީހަކާއިނަމަ ކަންކަން ވާނެ ގޮތްވެސް ވިސްނުނެވެ.

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހެޅީ އެތަނަވަސްމީހާއަކީވެސް އަދި އޭނާގެ އެކުވެރިޔާއަކީވެސް އަޅުގަނޑުގެވެސް ވަރަށް ގާތް 2 އެކުވެރިންކަމުގައިވާތީ ކަންކަން ހިނގައިދިއަގޮތް ވަރަށް ގާތުން އެނގޭތީއެވެ. އަޅުގަނޑުގެ އުމުރަކީ 56 އަހަރެވެ. އަޅުގަނޑަކީ އެކުވެރިން ގިނަ މީހެކެވެ. އެކުވެރިންގެ ހަޔާތުގެ ވަރަށް ގިނަކަންކަން އަޅުގަނޑާއި ޙިއްޞާކުރެއެވެ. ނަމަވެސް އަންތބަކު މިފަދަ ޢަމަލެއް ކުރުމުން މިގޮތަށް ކަންކަންކުރި ފިރިއަކު، ޚާއްޞަކޮށް ތަނަވަސް މީހަކުގެ ވާހަކަ އަޑުވެސް އިވިފައެއް ނެތެވެ.

އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ކުށްކޮށްފިއްޔާ ފިޔަވަޅު ނުއަޅަން ބުނާކަށް ނެތީމެވެ. ނަމަވެސް ފިޔަވަޅު އަޅާއިރު އޭނާ އެވިސްނިވިސްނުމުން ވިސްނައިލާނެ ނަމަ ވަރިއާއި ހަމައަށް ދާކަށް ނުޖެހޭނެއެވެ. ޚިޔާނާތަކީ އެންމެ ބޮޑު ކުށެވެ. ނަމަވެސް އަޅާލުމާއި ލޯބިނުދިނުމަކީ އަޅުގަނޑުގެ ވިސްނުމުގައި ކުޑަކުށެއް ނޫނެވެ. އަދި އެއީ މައްސަލަތަކުގެ ފެށުމެވެ. މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބުވެސްމެއެވެ.

- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއީ ވަރަށް ޢިބްރަތްތެރި ވާހަކަ އަކަށްވުމުން ތިރީގައި މިގެނެސްދެނީ ވާހަކަ އެކުގައެވެ.

 

ޙަޤީޤީ ޙާދިސާ: ތަނަވަސްމީހާގެ ފަޤީރު އެކުވެރިޔާއަށް ނޭނގިހުރެ އެކުވެރިޔާގެ އަނބިމީހާއާ ލޯބީގެ ގުޅުން ހިންގުމުން ވީގޮތް-

ޢަބްދުއްލަޠީފް

އޭނާއަކީ ފަޤީރެކެވެ. އޭނާއަށް އެހީތެރިވެދޭ ތަނަވަސް މީހަކު ހުރެއެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއްވެސް އޮވެއެވެ. އެހެންކަމާއިއެކުވެސް ދުވަހަކުވެސް ތަނަވަސް މީހާ، އޭނާގެ ގެއަކަށް ފަޤީރު މީހާއެއް ނުގެންދެއެވެ. އަދި އަނބިދަރިންނެއްވެސް ނުދައްކައެވެ.

ދުވަސްތަކެއްވީފަހުން ތަނަވަސްމީހާއަށް ލިބެނީ ފަޤީރު މީހާގެ ނޯޓެކެވެ. "އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ވަރަށް ބޮޑެތި ކުށްތަކެއް ކުރެވިއްޖެއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ކުށްކުރެވުނުއިރު އެއީ އެކުވެރިޔާގެ އަނބިމީހާކަމެއް ނުދެނަހުރީމެވެ. އަދި އޭނާއަކީ ކައިވެނިކޮށްގެން ހުރި އަންހެނަކުކަންވެސް އެނގިފައެއް ނުވެއެވެ.

އަހުރެން ތިބާގެ އަނބިމީހާ އާއިއެކު ލޯބީގެ ގުޅުން ހިންގާތާ ކިތަންމެ ދުވަހެކެވެ. ޒިނޭކުރުން ފިޔަވައި ހުރިހާ ކަމެއްވެސް ވަނީ ކުރެވިފައެވެ. އެކަން އެނގުނީ ރޭގައެވެ. އެނގުމުން ވީދެރައާއި ގަތްލަދު ބަޔާންކުރަންވެސް އުނދަގުލެވެ. ފަހަރެއްގައި އެކުވެރިޔާގެ އަނބިމީހާ މިކަމަށް އެއްބަސްނުވެދާނެއެވެ.  ނަމަވެސް މިއީ ތެދެއްކަން އެކުވެރިޔާއަށް ސާބިތުކޮށްދިނުމުގެ ގޮތުން އެކުވެރިޔާގެ އެނދުދޮށުގައި އެއްޗެއް ބޭއްވީމެވެ. އެއީ އެކުވެރިޔާ އެންމެފަހުން ބެންކޮކަށް ކުރި ދަތުރުނިންމާފައި ދިން ހަދިޔާގެ ތެރޭގައި ހިމެނޭ ކުޑަރުމާލެވެ. 

ދެން ދުވަހަކުވެސް އޭނާއަށް ނުވެސް ފެންނާނަމެވެ. އެހެންކަމާއިއެކުވެސް އެކުވެރިޔާއަށް މިވާހަކަ މިކިޔައިދެނީ އެންމެ ބޭނުމަކު އެވެ. އެއީ އޭނާގެ އެއުޅުން ނުހުއްޓުވާނަމަ އެހެން މީހަކާއިއެކުގައިނަމަވެސް އޭނާ އެފަދަ ގުޅުންތައް ހިންގާނެތީ އެކަން ހުއްޓުވަން އެކުވެރިޔާ ހޭލުންތެރިކުރުވުމަށެވެ. ކުރެވުނު ކުށަށް ވަރަށް ބޮޑަށް މާފަށް އެދެމެވެ. ކަންހިނގައިދިއަގޮތް ކުރިން މިކިޔައިދިނީއެވެ. މިއީ މާފުކުރަން އުނދަގޫވާނެ ކަމެއްކަންވެސް އެނގެއެވެ. ނަމަވެސް ހާސަފަށުން މާފަށް އެދެމެވެ."

މިނޯޓް ކިޔާފައި ވަގުތުން އޭނާ ގެއަށް ދިއައެވެ. މިނޯޓް ކިޔާފައި ވަގުތުން އޭނާ ގެއަށް ދިއައެވެ. ބެލިއިރު އެރުމާ އެތަނުގައި އޮތެވެ. 

އަދިވެސް އެކުވެރިޔާ ބުނެފައިވެއެވެ. "އަނބިމީހާގެ ޕާރސްގަ އިންނަ އޭނާގެ އައިޑީކާޑުގެދަށް ބަލައިލާށެވެ. އެއިރުންވެސް ޔަޤީންކުރެވޭނެއެވެ." އެހެންވެ ޑްރެސިންގ ޓޭބަލް މަތީގައި އަނބިމީހާގެ ދަބަސް ބާއްވާފައި އޮއްވާ ނަގައި ހުޅުވައި އައިޑީކާޑުގެދަށް ބަލައިލިއިރު އޮތީ އެކުވެރިޔާ އާ ދެމީހުންގެ ކުޑަކުޑަ ފޮޓޯއެކެވެ.

2 ހެކި ލިބުނީއެވެ. އެވަގުތު ލޭކެކެން ފެށިއެވެ. އެނދުގައި އިށީނދެލިއެވެ. އެއަށްފަހު އޮށޯތެވެ. އެއިރު ނިތްކުރިން އޮއްދައުހިއްލައެވެ. އޭސީ 16އަށްލިވެ. ހަމަޖެހިލައިގެން އޮވެ ވިސްނައިލިއެވެ.  މިވާހަކަ އަނބިމީހާ ގާތު ދައްކައިފިނަމަ ބުނާނެ ބަސް ވިސްނުނެވެ. އަނބިމީހާ ވަނީ އެތައް ފަހަރަކު ވިސްނައިދީފައެވެ. ޚަރަދުކުރުމަކީ ތަފާތުކަމެއްކަމާއި ޚަރަދަށްވުރެ މުހިންމީ އަޅައިލުމާއި ލޯބިދިނުން ކަމެވެ.

އެދެކަންތަކުގައި ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާދެއެވެ. ނަމަވެސް އަޅައެއް ނުލެވެއެވެ. ލޯތްބެއް ނުދެވެއެވެ. ހެނދުނު ގެއިން ނުކުންނަ ގޮތަށް ފެންވަރާލަން ފިޔަވައި ގެއަކަށް ނުދެވެއެވެ. ދުވަސް ނިމިގެންދާއިރު އެކުގައި ކައިބޮއިވެސް ނުހެދެއެވެ. ގެއަށް ދެވެނީ އަނބިމީހާ ނިދާފަހުންނެވެ.

ވީމާ އޭނާ އޭނާގެ ކުށްތައް ވަރަށް ބޮޑުކަން ޤަބޫލުކުރިއެވެ. ދެމަފިރިން ވަރިވެއްޖެނަމަ 2 ދަރިންގެ މުސްތަޤްބަލަށް ކުރާނެ އަސަރުވެސް ވިސްނުނެވެ. އެހެންވެ ޤަޞްދުކުރީ އަނބިމީހާ އާއި އެއްވެސް ސުވާލެއް ނުކުރާށެވެ. ކެތްތެރިވެލައި ކަންކަން ރަނގަޅުކުރާށެވެ.

ފުރަތަމަ ކަމަކަށްވެސް ޢުމުރާ ގްރޫޕެއް ހިންގާ އެކުވެރިއަކާއި ގުޅައިގެން ކުއްލި ދަތުރެއް ހަމަޖައްސައި އަނބިމީހާ އާއި 2 ދަރިން ގޮވައިގެން ޢުމުރާއަށް ދިއައީއެވެ. ޢުމުރާ ދަތުރު ނިންމާފައި އައިސްވެސް ހިނގައިދިއަ އެއްވެސް ކަމެއްގެ ވާހަކަވެސް ނުދައްކައެވެ. ނަމަވެސް އުޅުން ބަދަލުކުރިއެވެ. ގޭގައި ހޭދަކުރާ ވަގުތު ގިނަކުރިއެވެ. ރޭގަނޑު އޮފީހުގައި ގިނައިރުވާނަމަ ކުދިން ނިންދެވީމާ އަނބިމީހާ އޮފީހަށް ގެންދަން ފެށިއެވެ.

އަނބިމީހާގެ ލޯބިވެރިޔާގެ ފޯނު އެކުގައި ނިއްވައިލުމާއި ޢުމުރާ ދަތުރާއި ދަތުރަށްފަހު ފިރިމީހާގެ ޢަމަލުތައް ބަހައްޓަންފެށިގޮތުން ހިނގައިދިއަ ކަންކަން ފިރިމީހާއަށް އެނގިއްޖެކަން އަނބިމީހާއަށް ވިސްނުނެވެ. ޢުމުރާ ދަތުރަށްފެށީވެސް ތައުބާވެގެންނެވެ. ދަތުރުގައި އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރިއެވެ. ދަތުރަށްފަހުވެސް ދުޢާކުރެއެވެ.

އެކުވެރިޔާއަށްވެސް އޭނާ މާފުކުރިއެވެ. އެއީ އެކަންކުރެވުނީ އޭނާގެ އަނބިމީހާކަން ނުއެނގިހުރެކަމަށްވުމުންނެވެ. އަދި އިޚްލާޞްތެރިކަމާއިއެކު ކަންކަން ކިޔައިދީ އެކަމުން ސަލާމަތްވެވޭނެ މަގު ދައްކައިދިނީތީއެވެ. ޙަޤީޤަތުގައި ކައިވެނި ސަލާމަތްކުރެވުނީ އެކުވެރިޔާ ޢަމަލުކުރިގޮތުންކަން އޭނާ ޤަބޫލުކުރިއެވެ. އަނބިމީހާއަކީވެސް ފުދޭވަރެއްގެ ތަނަވަސް ޢާއިލާއެއްގެ ދަރިއެއްކަމުން އަނބިމީހާ އާއި ގުޅެން އެކުވެރިޔާ ނިންމިނަމަ ކަންކަންވެގެންދާނެ ގޮތްވެސް ވިސްނުނެވެ. އަދި އަނބިމީހާ ގުޅުންބޭއްވީ އެކުވެރިޔާ ނޫން މީހަކާއިނަމަ ކަންކަން ވާނެ ގޮތްވެސް ވިސްނުނެވެ.

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިހުށަހެޅީ އެތަނަވަސްމީހާއަކީވެސް އަދި އޭނާގެ އެކުވެރިޔާއަކީވެސް އަޅުގަނޑުގެވެސް ވަރަށް ގާތް 2 އެކުވެރިންކަމުގައިވާތީ ކަންކަން ހިނގައިދިއަގޮތް ވަރަށް ގާތުން އެނގޭތީއެވެ. އަޅުގަނޑުގެ އުމުރަކީ 56 އަހަރެވެ. އަޅުގަނޑަކީ އެކުވެރިން ގިނަ މީހެކެވެ. އެކުވެރިންގެ ހަޔާތުގެ ވަރަށް ގިނަކަންކަން އަޅުގަނޑާއި ޙިއްޞާކުރެއެވެ. ނަމަވެސް އަންތބަކު މިފަދަ ޢަމަލެއް ކުރުމުން މިގޮތަށް ކަންކަންކުރި ފިރިއަކު، ޚާއްޞަކޮށް ތަނަވަސް މީހަކުގެ ވާހަކަ އަޑުވެސް އިވިފައެއް ނެތެވެ.

އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ކުށްކޮށްފިއްޔާ ފިޔަވަޅު ނުއަޅަން ބުނާކަށް ނެތީމެވެ. ނަމަވެސް ފިޔަވަޅު އަޅާއިރު އޭނާ އެވިސްނިވިސްނުމުން ވިސްނައިލާނެ ނަމަ ވަރިއާއި ހަމައަށް ދާކަށް ނުޖެހޭނެއެވެ. ޚިޔާނާތަކީ އެންމެ ބޮޑު ކުށެވެ. ނަމަވެސް އަޅާލުމާއި ލޯބިނުދިނުމަކީ އަޅުގަނޑުގެ ވިސްނުމުގައި ކުޑަކުށެއް ނޫނެވެ. އަދި އެއީ މައްސަލަތަކުގެ ފެށުމެވެ. މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބުވެސްކަމުގައިވާތީއެވެ.

- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން