ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މި އަހަރުގެ "އިންޓޭކް" އަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އޭލެވެލް ފުރިހަމަކޮށްފައިވާ ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ކުދިންނަށް ކަމަށެވެ.

މި ޕްރޮގްރާމުގައި ދިރާގުގައި އިންޓާނަލީ އެކި ދާއިރާތަކުން ތަމްރީން ވާން ފުރުސަތު ލިބިގެންދާއިރު ބައިވެރިވާ ކުދިންނަށް އެލަވަންސެއް ވެސް ދޭނެއެވެ. ތަމްރީންވާން ފުރުސަތު ދޭ ދާއިރާތަކަކީ، ކޯޕްރޭޓް ހިދުމަތް، ކްރެޑިޓް ކޮންޓްރޯލް އެންޑް ކަލެކްޝަން އަދި މާކެޓިން ކޮމިޔުނިކޭޝަންސް އެންޑް ޕީއާރެވެ.

ދިރާގުން ބުނެފައިވަނީ މިޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 9 ވަނަ ދުވަހުގެ މެންދުގެ 2:00 އިން 4:00 އާ ދެމެދު އިންޓަވިއު ކުރާނެ ކަމަށާއި އިންޓަވިއުއަށް އަންނައިރު ސީވީއަކާއި ތައުލީމީ ލިއުންތައް ގެންދަން ޖެހޭނެކަމަށެވެ.

 

މިއަދު އޮންލައިން