އޭނާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އެއްވެސް މީހަކަށް ރަޙުމެއް ހުންނަ މީހެއް ނޫނެވެ. ރީތި އަނހެންކުދިންނަށް ދައުވަތުދީގެން ގެއަށް ގެންގޮސްފަ ކުއްލިއަކަށް އިންޖެކްޝަނެއް ޖަހާ ހޭނައްތާލައެވެ. ހޭނައްތާލުމަށްފަހު ބޭނުންކޮށްލައެވެ. ބޭނުންކުރުމަށްފަހު މަރާލައެވެ. މަރާލާފައި ވައްޓާލަނީ އެކަމަށް ގޭގައި ތައްޔާރުކޮށްފައި ހުންނަ ބިންގަރާހަކަށެވެ.
އެގޮތަށް ކަންތައް ކުރަމުން ދިއަމީހާގެ ކާރުން މީހެއްގެ ގައިގައިޖެހި އެމީހާ މަރުވުމުން ފުލުހަށް ގެންގޮސް ސުވާލުކުރިއެވެ. ސުވާލުކުރުމުން ކުރާ ސުވާލަށް ޖަވާބެއް ނުދެވެއެވެ. ދެއްކެނީ ގޭގައި ހުންނަ ބިންގަރާހެއްގެ ވާހަކައެވެ. ބުނެވުނީ ސުވާލުކުރާނަމަ އިންޖެކްޝަންޖަހާ މަރާލާފައި އެބިންގަރާހަށް ވައްޓާލައިފާނެ ކަމަށެވެ.
ފުލުހުން އެހިސާބުން ސީރިއަސްވެ ޑަބަލްބިޑި އަޅުވައިގެން ގެއަށް ގެންގޮސް ގެބަލައި ފާސްކުރުމުގެ ތެރޭގައި އޭނާއަށް އެބުނެވުނު އިންޖެކްޝަންތައް ފެނުނެވެ. ބިންގަރާސްވެސް ފެނުނެވެ. 27 އަންހެންކުދިންގެ ކަށިތައް ފެނުނެވެ.
ކޯޓުން އޭނާގެ މިލްކިއްޔާތު ސަރުކާރަށް ނަގައި ޑީއެންއޭ އިން ކާކުކަން ދެނެގަނެވުނު ކުދިންގެ ޢާއިލާތަކަށް ބަދަލުދީފައި އިތުރުވީބައި ސަރުކާރަށް ނަގައި އޭނާ ދަންޖައްސައި މަރައިލީއެވެ.
މިއީ އެފްރިކާގެ ޤައުމެއްގައި 2011 ވަނަ އަހަރު ހިނގާފައިވާ ކަމެއްކަމަށް ބުނާ ވާހަކައެކެވެ. ޙާޞިލުކުރަންޖެހޭ ކަމަކީ އަނިޔާވެރިން ކިތަންމެ ވަރަކަށް ފޮރުވިގެން ތިބި ނަމަވެސް ފަޟީޙަތްވާނެ ދުވަހެއް އަންނާނެކަމެވެ. ބޭޒާރުވެ ޙަޤީޤަތް ހާމަވާނެކަމެވެ.