އޮފީހުގެ މެޑަމް މުސްކުޅިޔަސް އޭނާދެކެ ލޯބިވެވި އޭނާއާއި ކައިވެނިކުރަން ބޭނުންވެގެން އުޅެނިކޮށް އެއީ މަންމަކަން އެނގުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އޮފީހުގެ މެޑަމް މުސްކުޅިޔަސް އޭނާދެކެ ލޯބިވެވި އޭނާއާއި ކައިވެނިކުރަން ބޭނުންވެގެން އުޅެނިކޮށް އެއީ މަންމަކަން އެނގުނު ގޮތުގެ ވާހަކަ-

އޮފީހުގެ މެޑަމަކީ ވަރަށް ރީތި އަންހެނެކެވެ. ހަރުކަށި އުޞޫލުތަކެއްވެސް ގެންގުޅޭ އަންހެނެކެވެ. އެހެންކަމާއިއެކުވެސް އެޒުވާނާއަށް މެޑަމް ދެކެ ލޯބިވެވެން ފެށުނެވެ. އޭނާ އާއި ގުޅި ކައިވެނިކުރެވޭނެ ގޮތަކާއިމެދު ވިސްނަމުންދިއައެވެ. ތަފާތު އުކުޅުތައް ބޭނުންކުރަމުން ދިއައެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. 

ދުވަސްކޮޅެއް ފަހުން މެޑަމާއިއެކު އެހެން ރަށަކަށް ދަތުރެއްކުރަން ޖެހުނެވެ. ބައްޕަގާތުގައި އެވާހަކަބުނުމުން ދަރިފުޅަށް ސިއްރުން ބައްޕަވެސް ހަމަ އެދުވަހު އެރަށަށް ގޮސް ދަރިފުޅު ހުންނަން ހަމަޖެހިފައިވާ ހޮޓަލުން ކޮޓަރިއެއް ކުއްޔަށް ހިފިއެވެ. އެއީ ދަރިފުޅު އެކަނި އެގޮތަށް ކުރާ ދަތުރުކަމަށްވުމުން ދަރިފުޅުގެ ޢަމަލުތައް ހުންނަގޮތް ލޮލުން ދެކިލުމަށެވެ. ތަރުބިއްޔަތުކޮށްފައިވާ ގޮތަށް ދަރިފުޅު އުޅޭތޯ ބެލުމަށެވެ. 

އެދުވަހުގެ މަސައްކަތް ނިމި އެރޭ ކައި ހަދައިގެން މެޑަމް ކޮޓަރިއަށް ދިއަތާ ކުޑައިރުކޮޅެއްފަހުން މެޑަމްގެ ކޮޓަރިއަށް ދިއައިރު މެޑަމް އާއި ބައްޕަ ތިބީ ވަރަށް ލޯބިން ވާހަކަދައްކާށެވެ. އައިރުޅީގައި އަތްއިސްކުރެވެން އުޅެވުނެވެ. ހީކުރެވުނީ ބައްޕަ މެޑަމް ޖަހައިގަންނަން އުޅެނީ ކަމަށެވެ. މެޑަމް އޭނާ ހުއްޓުވައި ގޮނޑީގައި ބެއިންދުމަށްފަހު ކިޔައިދޭން ފެށިއެވެ. 

"ދަރިފުޅާއެވެ. މަންމަ ޢާއި ބައްޕަ ވަކިވީ ދަރިފުޅުގެ އުމުރުން އެންމެ 5 އަހަރުގައެވެ. ވީމާ މަންމަ މިހާ މުސްކުޅިވެފައި ހުއްޓައި ފެނުމުން ވަކިކުރަން ދަރިފުޅަށް ނުއެނގުނީއެވެ. މަންމައަށްވެސް ތިއައީ ދަރިފުޅުކަން އެނގުނީ ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުންނެވެ. އެއިރު ކުރިމަތިވި މައްސަލަތަކާއި ގުޅިގެންނެވެ. ދެމީހުން ލޮލަށް ނުފެނި 30 އަހަރުވީފަހުން މިރޭ ބައްދަލުވީއެވެ. 

ދަރިފުޅަށް ވަޒީފާ ދީފައި ތިއައީ ދަރިފުޅު ކަމަށް ނުބުނެ ހެޔޮކޮށް ހިތައިގެން މިގެންގުޅުނީ ތަރުބިއްޔަތުކުރަން ބޭނުންވެގެންނެވެ. ބައްޕަ އާއި މަންމަގެ ހުރި ހަމައެކަނި ދަރިއަކީ ތިއައީއެވެ. މަންމަ އާއި ބައްޕަގެ މުދަލުގެ މިލްކްވެރިއަކީވެސް ތިއައީއެވެ. 

އެކަމުގެ ވަގުތު ޖެހުމުން މިރޭ ދެމީހުން މިހޮޓަލުން ބައްދަލުވީއެވެ. މިހާރު ވަނީ ދެމީހުން އަލުން ކައިވެނިކޮށްގެން އެކުގައި އުޅެންވެސް އެއްބަސްވެވިފައެވެ." 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ދަރިން ލިބުމުން އެދަރިންގެ ލޮލަށް ނުފެނި އުޅުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. ބައްޕަ ނަމަވެސް މަންމަ ނަމަވެސް މެއެވެ. މި މައްސަލައަކީ ހަމަ މިރާއްޖޭގައިވެސް އޮތް މައްސަލައެކެވެ. ދެމަފިރިން ވަރިވުމަށްފަހު ދަރިންގެ ލޮލަށް ނުފެނި ދިރިއުޅޭ އެތައް ބައިވަރު ބައަކު އެބަ އުޅެއެވެ. ވީމާ މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލްކުރަމާތޯއެވެ! 

- ސިއްތި / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން