ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެ!: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ﷲ އަށް ކުރާ އެންމެ ސަޖިދައަކުންވެސް މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެ!: ޑރ.ޝަހީމް

ޙަޔާތުގެ މަރުޙަލާތަކުގައި ދިމާވާ އެކިއެކި ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރެވުން އަންނަނީ މަދުވަމުންނެވެ. މިހެން ބުނަން މިޖެހެނީ ސަޖިދަކުރުން އިތުރުކުރަން މަސައްކަތްކުރެވޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް މަދުވަމުން އަންނާތީއެވެ. 

ޑރ. ޝަހީމްހެ މިބަސްފުޅަށް ނިކަން ވިސްނައިލަބަލާށެވެ! 

އެއްގޮތަކަށްވެސް މާޔޫސްވުމެއް ނެތެވެ. މާޔޫސްވާކަށް ނުވެސް ޖެހެއެވެ. ކޮންމެ މީހަކަށްވެސް އެމާޔޫސްވުމުގެ ތެރެއިން ނިކުމެވިދާނެއެވެ. ތިމާ ކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިދާނެކަމަށް ހީކޮށް މާޔޫސް ނުވާށެވެ! ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި ތިބާ ކުރާ އެންމެ ސަޖިދައަކުންވެސް ތިބާގެ މުޅި ހަޔާތް އުޖާލާވެގެން ހިނގައިދާނެއެވެ. 

ތައުލީމީ ހަޔާތުގައިވެސް ވަޒީފާގެ ހަޔާތުގައިވެސް ނާކާމިޔާބުގެ ތެރެއިން ކާމިޔާބަށް ވާސިލްވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައެޅުމެވެ. ތިމާގެ އަމިއްލަ ނަފްސުން އެކަމަށް އަޒުމް ކަނޑައަޅައިފިނަމަ ތިމާއަށް ކާމިޔާބީއާއި ހަމައަށް ވާސިލްކޮށްދިނުމުގައި މާދުރު ރާސްތާއެއްނެތެވެ.  

ތިމާއަށް ކާމިޔާބީއާ ހަމައަށް ވާސިލްކޮށްދިނުމުގައި އެންމެ މުހިއްމު ކަމަކީ ތިމާގެ އަމިއްލަ ނަފްސުން އެކަން ކަނޑައެޅުމެވެ. އެހެން މީހަކަށް ތިމާއަކަށް ކާމިޔާބީއެއް ހޯދައެއް ނުދެވޭނެއެވެ. ތިމާގެ ކާމިޔާބީގެ މަގާއިމެދު ގޮތް ނިންމަންޖެހޭނީ ތިމާއެވެ.  ތިމާ ދަތުރުކުރަން ބޭނުންވާ މިސްރާބު ކަނޑައެޅުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. 

"ނަޒަރިއްޔާތު" ޕްރޮގްރާމްގަ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައްކަވާފައިވާ ވާހަކަފުޅަކުން

މިއަދު އޮންލައިން